
(ފޮޓޯ ކްރެދިޓްސް: އެމެރިކާގެ ބައިގެ ސިފައިން)
ވިލާތާއި މެދުއިރުމައްޗަށް އެމެރިކާއިން އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ޖަމާ ކުރަން ފަށާފައިވާ ކަން ހާމަވެއްޖެއެވެ. މި ގޮތުން އެމެރިކާގެ އަސްކަރިއްޔާގެ ތެޔޮ އަޅާ މަތިންދާބޯޓުތައް ވަނީ ވިލާތުގެ ޤައުމުތަކަށް ފޮނުވަން ފަށާފައެވެ. އަދި، އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ނިމިޓްޒް މި ވަގުތު ދަނީ މެދުއިރުމައްޗާ ދިމާލަށް ދަތުރު ކުރަމުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، މިއީ އީރާނާ ދެކޮޅަށް ޔަހޫދީން ފަށާފައިވާ ނިރުބަވެރި ހަނގުރާމައިގައި ބައިވެރިވުމަށް އެމެރިކާއިން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެކެވެ.
ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ މަޞްދަރުތަކުން ބުނީ، ވިލާތުގެ ޤައުމުތަކަށް ތެޔޮ އަޅާ މަތިންދާބޯޓުތައް ފޮނުވަން ފަށާފައި ވަނީ، އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ މެދު އެމެރިކާއިން އަމަލު ކުރާނެ ގޮތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުގެ ކުރިން، އޭނާއަށް އިތުރު ފުރުޞަތުތައް ނުވަތަ ގޮތްތައް ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމުގައެވެ. އީރާނާ ދެކޮޅަށް ޔަހޫދީ ފަށާފައިވާ ނިރުބަވެރި ޢުދުވާނުގައި އެމެރިކާއިން ބައިވެރިވުމަށް ޓްރަމްޕް ނިންމެވުމަކީ ގާތް ކަމެއް ކަން އެ އޮފިޝަލުގެ ބަސްތަކުންނާއި، އެމެރިކާގެ އަމަލުތަކުން ސާފުވެގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ނިމިޓްޒް މެދުއިރުމައްޗަށް ދަތުރު ކުރަމުން ދަނީ ކުރިން ވެސް ރާވާފައިވާ އޮޕަރޭޝަނެއްގެ ދަށުން ކަމުގައެވެ. އެއީ، 6,000އެއްހާ ސިފައިންނާއި، 60އެއްހާ އަސްކަރީ މަތިންދާބޯޓު އުފުލުމުގެ ޤާބިލު ކަން ލިބިފައިވާ އުޅަނދެކެވެ. އެ އުޅަނދާ އެކު، އިތުރު އަސްކަރީ މަނަވަރުތަކާއި ސަބްމެރިންތައް ވެސް ދަނީ މެދުއިރުމައްޗަށް ދަތުރު ކުރަމުންނެވެ.
މިއީ، އެމެރިކާއިން ދިގު ހަނގުރާމައަކަށް ތައްޔާރުވަމުންދާ ކަމުގެ ނިޝާނެކެވެ. ތެޔޮ އަޅާ މަތިންދާބޯޓުތަކާއި އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރެއް މެދުއިރުމައްޗަށް ފޮނުވުމުގެ މައިގަނޑު ބޭނުމަކީ، އެ ސަރަޙައްދުގައި އެމެރިކާގެ އަސްކަރިއްޔާގެ ބާރުވެރިކަން އިތުރު ކުރުމެވެ. މިއީ، އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތައް އިތުރަށް ފުޅާ ކުރުމަށް ޔަހޫދީންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ނިންމުމެއް ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
“އެމެރިކާގެ ވައިގެ ސިފައިންގެ ގިނަ އަދަދެއްގެ ތެޔޮ އަޅާ މަތިންދާބޯޓުތައް އިރުމައްޗަށް ދަތުރު ކުރަން ފެށުމަކީ އާދައިގެ ކަމެއް ނޫން. އެއީ، [ހަނގުރާމައަކަށް] ތައްޔާރުވުމުގެ އިޝާރާތެއް ކަން ވަރަށް ސާފު،” ޑިޔާމީ ސެކިޔުރިޓީ އިންޓެލިޖެންސްގައި ދިފާޢީ ދާއިރާގެ މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ އެރިކް ޝްކައުޓޫން ވިދާޅުވިއެވެ.
“އިސްރާއީލަށް ވާގިވެރިވުން، ނުވަތަ ދުރު-ރާސްތާ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވުން ނަމަވެސް، ލޮޖިސްޓިކްސަކީ އެންމެ މުހިންމު ކަންތައް، އެ ކަމުން [ވިލާތާއި މެދުއިރުމައްޗަށް ހަތިޔާރު ޖަމާކުރުމުން] ދޭހަވަނީ އެމެރިކާއިން ބޮޑު ހަނގުރާމައަކަށް ތައްޔާރުވަމުންދާ ކަން،” އޭނާ ވިދާޅުވިއެވެ.
މެދުއިރުމައްޗަށް ހަތިޔާރު ޖަމާ ކުރަމުންދާ ކަން ހެގްސެތު ކަށަވަރު ކޮށްދެއްވުން
މެދުއިރުމައްޗަށް ހަތިޔާރާއި، އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ޖަމާ ކުރަމުންދާ ކަން އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެކްސްގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ހެގްސެތު ވިދާޅުވީ، މެދުއިރުމަތީގައި އެމެރިކާގެ އަސްކަރިއްޔާގެ ދިފާޢީ ބާރުވެރިކަން އިތުރު ކުރުމަށް އަމުރު ކުރައްވާފައިވާނެ ކަމުގައެވެ. ނަމަވެސް، އެ ކަމުގެ އިތުރު ތަފުސީލު އޭނާ ހާމަކުރައްވާފައެއް ނެތެވެ.
“އެމެރިކާގެ ސިފައިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އަޅުގަނޑުމެންގެ އެންމެ މަތީ މަސްލަޙަތު، އިތުރު ސިފައިންނާއި ހަތިޔާރު [މެދުއިރުމައްޗަށް] ފޮނުވުމަށް އަމުރު ކޮށްފައި ވަނީ އެ ބޭނުމުގައި، އަދި ދިފާޢީ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ މަޤުޞަދުގައި،” އޭނާ ވިދާޅުވިއެވެ.
އިސްވެ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ ޔަހޫދީންނެވެ. ޖޫން 13ވަނަ ދުވަހު ފެށި ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރަމުންދާ މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި، ނިއުކްލިޔަރ ޕުރޮގުރާމުގެ އިސް ސައިންޓިސްޓުންނަށެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 220އަށް އުފުލިފައިވާއިރު، އެތަކެއް ސަތޭކަ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި އީރާނުގެ އިދާރާތަކުން ބުންޏެވެ.
މަތިންދާބޯޓުތަކުގެ ހަރަކާތްތައް މޮނިޓަރު ކުރާ ކުންފުނި، އެއަރނެވް ސިސްޓަމްސުން ބުނީ، އެމެރިކާގެ އަސްކަރިއްޔާގެ 31 ތެޔޮ އަޅާ މަތިންދާބޯޓު އެމެރިކާއިން ފުރާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޭސީ-113 އަދި ކޭސީ-46 މަރުކާގެ މަތިންދާބޯޓުތަކެވެ. އެއީ، އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ މަގުން ތެޔޮ އަޅައިދިނުމަށް ބޭނުން ކުރާ މަތިންދާބޯޓުތަކެވެ.
ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ އެމެރިކާގެ އެހީތެރިކަމާ އެކުގައި ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ދަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ. އީރާނުން ޒަޔަނިސްޓުންގެ ރަށްތަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރަމުންދާ މިސައިލްތައް ދިފާޢު ކުރުމުގައި އެމެރިކާއިން މިހާރު ވެސް ދަނީ ވާގިވެރިވަމުންނެވެ.
އެމެރިކާގެ އޮފިޝަލުން ބުނީ، އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދު ކޮށްލުމަށް ޔަހޫދީން ރާވާފައިވާ ރޭވުމަށް ހުރަސް އަޅުއްވާފައި ވަނީ ޓްރަމްޕް ކަމުގައެވެ. އަދި، އީރާނުގެ ސިޔާސީ ވެރިން ޝަހީދު ކުރުމަކީ އެމެރިކާގެ ސިޔާސަތު ނޫން ކަމުގައި ވެސް ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ އޮފިޝަލަކު ދާދިފަހުން ބުންޏެވެ. ނަމަވެސް، އީރާންގެ ޙަމަލާތައް ފުޅާ ކުރުމާ ދެކޮޅަށް ޓްރަމްޕް ގެންދަވަނީ އެ ޤައުމަށް އިންޒާރު ދެއްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ތަފާތު 3 ވޯޓެއް، ކޮންމެ ވޯޓެއްގައިވެސް ރައްޔިތުންގެ އަޑު އިއްވުން މުހިންމު!
(ފޮޓޯ ކްރެޑިޓްސް: އިލެކްޝަންސް ކޮމިޝަން) ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އަދި ލޯކަލް ކައުންސިލް އިންތިޚާބަކީ ރައްޔިތުންގެ މަންދޫބުން ހޮވުމަށް ބާއްވާ...
“އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވަން ޚާއްސަ މަޖިލީހުގައި މަޝްވަރާކޮށްފައިވޭ”
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ކުރިން މަޝްވަރާކޮށްފައި ނުވާ ކަމަށް ދެކެވޭ ވާހަކަތައް މަޖިލީހުގެ ނައިބު ރައީސް އަޙްމަދު...
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ ތާޢީދު
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތަޢީދުކުރާކަން، މިދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ ޕާޓީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭއިން ހާމަކޮށްފިއެވެ....
ގަލްފު ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ) އީސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާއި، ގަލްފް ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ހާރިޖީ...
އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ؛ އީދު ހަވީރު 3 ދުވަހަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ ކަމަށާއި އަދި އީދު ހަވީރުގެ ހަރަކާތްތައް ތިން ދުވަހަށް ކުރިޔަށް ގެންދަން...
ޝައްވާލުމަހުގެ ހަނދު ސާބިތުކުރުން މި މަހުގެ 18ގައި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ) މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން މި މަހުގެ 18 ވާ ހޯމަ ދުވަހުގެ ރޭ...
