
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ. ތެލުގެ ބާވަތްތަކުގެ ތެރެއިން ސާފުނުކުރާ ބްރެންޓް ތެލުގެ އަގު ވަނީ 2.03 އިންސައްތައިން އުފުލިފައެވެ. އެއާއެކު އެ ތެޔޮ މިހާރު ލިބެން ހުރީ ފީފާއެއް 74.72 އެމެރިކާ ޑޮލަރަށެވެ. އޭގެ އިތުރުން ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވެސް ވަނީ 1.78 އިންސައްތައިގެ އިތުރުވުމަކާއެކު 73.05 އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ.
ޙަމަލާތަކުގެ ސަބަބުންތެޔޮ ލިބުމުގައި ދަތިކަމެއް ހުރި ކަމަށް މިހާތަނަށް ފާހަގަވެފައެއް ނުވެއެވެ. ނަމަވެސް ޖޫން މަހުގެ 14ވަނަ ދުވަހު ޔަހޫދީން ދިން ޙަމަލާއެއްގައި އީރާނާއި ޤަޠަރުނުން ޙިއްޞާ ކުރާ ސައުތު ޕަރސް ގޭސް ފީލްޑުގައި ރޯވުމުން އެ މަރުކަޒުގައި ގޭސް އުފެއްދުމުގެ މަސައްކަތް ވަނީ ކޮންމެ ވެސް ވަރަކަށް މަޑުޖައްސާލައިފައެވެ. ޔަހޫދީން ވަނީ އިރާނުގެ ޝަހްރާމް ތެޔޮ މަރުކަޒަށް ވެސް ޙަމަލާ ދީފައެވެ.
ބާޒާރުގެ ކަންބޮޑުވުން އޮތީ ތެޔޮ ފޯރު ކޮށްދިނުމަށް ބޭނުން ކުރާ މައި ވިޔަފާރި މަގު ކަމުގައިވާ ސްޓްރެއިޓް އޮފް ހޯރމޫޒުގައި ދަތުރުފަތުރު ކުރުމަށް ބުރޫއެރުމެވެ. ނަމަވެސް މަޝްރަހު ދިރާސާ ކުރާ ތަޖުރިބާކާރުން ޤަބޫލު ކުރާ ގޮތުގައި މިއީ ވުން ނާދިރު ކަމެކެވެ. އެ މަގު ބަންދުވެއްޖެނަމަ ނުވަތަ އެ މަގު ބޭނުން ކުރުމަށް ބުރޫ އަރާނަމަ އީރާނަށް ލިބޭ އާމްދަނީއަށް ވެސް އަސަރު ކުރާނެެއެވެ. އެމެރިކާއިން ވެސް ބޭނުން ވަނީ ތެލުގެ އަގުތައް ތިރިކޮށް، ތަކެތީގެ އަގުތައް އުފުލުނަ ނުދީ ބެހެއްޓުމަށެވެ.
ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކުގައި މިހާތަނަށް އެއްވެސް މައި ތެޔޮ އަދި ގޭސް މަރުކަޒަކަށް ގެއްލުން ލިބިފައި ނުވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
