
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ނުރައްކާތެރި ޙަމަލާތަކާ ގުޅިގެން ޔަހޫދީންގެ ކުންފުންޏަކުން ހިންގާ ތެޔޮ ސާފުކުރާ ކާރުޚާނާތަކެއް ބަންދު ކުރަން ޖެހިފައިވާ ކަން ހާމަވެއްޖެއެވެ. އެ ކަން ހާމަ ކޮށްފައި ވަނީ ބަޒާން ގުރޫޕު ކިޔާ ކުންފުންޏަކުންނެވެ. އެއީ، ޔަހޫދީންގެ ބަނދަރުމަތީ ރަށް، ޚައިފާގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެކެވެ. އީރާނާއި އިސްރާއީލާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އިސްވެ އީރާނަށް ޙަމަލާ ދީފައި ވަނީ ޔަހޫދީ ފައުޖުންނެވެ. ޙަމަލާތައް އަމާޒު ކުރަމުން ދަނީ ވެރިރަށް ޠަހްރާންގެ އިތުރުން އެހެން ސަރަޙައްދުތަކުގައި ޤާއިމު ކޮށްފައިވާ ނިއުކްލިޔަރ މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ޕުރޮގުރާމުގައި މަސައްކަތް ކުރާ ސައިންޓިސްޓުންނަށެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 220އަށް އުފުލިފައެވެ. އޭގެ ތެރޭގައި 70އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.
ޒަޔަނިސްޓުންގެ ރަށްތަކަށް އީރާނުން ޙަމަލާ ދޭން ފަށާފައި ވަނީ އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމަލާތަކުގައި އީރާނުން ދަނީ ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯންތައް ބޭނުން ކުރަމުންނެވެ. ބަޒާން ގުރޫޕުން ބުނީ، އީރާންގެ ޙަމަލާތަކެއްގައި އެ ކުންފުނިން ހިންގާ ތެޔޮ ސާފުކުރާ ކާރުޚާނާތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. ގެއްލުންވެފައި ވަނީ، އެ ކާރުޚާނާތަކަށް ކަރަންޓުގެ ޚިދުމަތާއި ސްޓީމް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށެވެ. އެ ކަމާ ގުޅިގެން އެ ކުންފުނިން އޮޕަރޭޓު ކުރާ ގިނަ ކާރުޚާނާތަކެއް ބަންދު ކުރަން މަޖުބޫރުވެފައިވާ ކަމުގައި އެ ކުންފުނިން ހާމަކުރިއެވެ. އަދި، އީރާންގެ ޙަމަލާތަކުގައި އެ ކުންފުނީގެ ތިން މުވައްޒަފުން މަރުވެފައިވާ ކަން ވެސް އެ ކުންފުނިން ހާމަކުރިއެވެ. އެ ކުންފުނިން އޮޕަރޭޓް ކުރާ ތެޔޮ ސާފު ކުރާ ކާރުޚާނާތައް ހުންނަނީ ޚައިފާގެ އައްސޭރިފަށުގައެވެ.
އީރާނުން މި ވަގުތު ވެސް ދަނީ ޒަޔަނިސްޓު އިސްރާއީލުގެ އަމާޒުތަކަށް ނުރައްކާތެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތަކުގެ ތެރެއިން ވެރިރަށް ތެލް އަވީވްގައި ހުންނަ ޔަހޫދީންގެ ޖާސޫސީ އިދާރާގެ މައި މަރުކަޒަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އީރާންގެ ޙަމަލާތަކުގައި ޔަހޫދީންގެ 20އަށްވުރެ ގިނަ މީހުން ވަނީ މަރައިލާފައެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާއިރު، އުމްރާނީ ވަސީލަތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އީރާންގެ ޙަމަލާތަކާ ގުޅިގެން ތެލް އަވީވާގެ ޚައިފާގެ ގިނަ ރައްޔިތުން ގިނަ ވަގުތު ހޭދަ ކުރަން މަޖުބޫރުވެފައި ވަނީ ބިންގަރާސްތަކުގައި ޤާއިމު ކޮށްފައިވާ ބޮން ޝެލްޓަރ ނުވަތަ ހިޔާތަކުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
