
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޒަޔަނިސްޓު ޔަހޫދީ ފައުޖުން އީރާނަށް ޙަމަލާ ދިނުމަށް ބޭނުން ކުރަމުންދާ ޑްރޯންތައް އުފައްދަމުންދާ މަރުކަޒުތަކާއި އެ ކަމުގެ ފަހަތުގައި ތިބި ޖާސޫސުން ހޯދައި، ހައްޔަރު ކޮށްފައިވާ ކަން އީރާނުގެ ޖާސޫސީ އިދާރާއިން ހާމަކޮށްފިއެވެ. ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ޙަމަަލާތައް ދިނުމުގައި ބޭނުން ކޮށްފައި ވަނީ ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތަކެކެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރާ މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި، އަސްކަރީ އަދި ދިފާޢީ މަރުކަޒުތަކަށެވެ. އެ ޙަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ޕުރޮގުރާމުގައި މަސައްކަތް ކުރާ ސައިންޓިސްޓުންތަކެއް ޝަހީދު ކޮށްލިއެވެ.
އީރާންގެ ޖާސޫސީ އިދާރާއިން ބުނީ، ޔަހޫދީންގެ ޙަމަލާތަކުގައި ބޭނުން ކޮށްފައިވާ ޑްރޯންތައް އުފައްދާފައި ވަނީ އީރާންގައި ކަމުގައެވެ. އަދި، އެ ކަމުގެ ފަހަތުގައި ތިބީ ޔަހޫދީންގެ ޖާސޫސީ އިދާރާ (މޮސާދު)ގެ ޖާސޫސުން ކަމުގައެވެ. އީރާނުން ބުނީ، އެ ޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކާއި އަސްކަރީ އަދި ދިފާޢީ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް ބޭނުން ކުރަމުން ދިޔަ ޑްރޯންތައް އުފައްދަމުން ދިޔަ މަރުކަޒުތައް ހޯދައި، އެ ކަން ހުއްޓުވާފައިވާނެ ކަމުގައެވެ. އަދި، އެ ކަމުގެ ފަހަތުގައި ތިބި މީހުން ދެނެގަނެ، ހައްޔަރު ކޮށްފައިވާ ކަމުގައެވެ. ނަމަވެސް، ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު ސާފެއް ނޫނެވެ.
އީރާންގެ ޖާސޫސީ އިދާރާއިން ރޭޑު ޖަހާފައިވާ އެއް އިމާރާތަކީ ވެރިރަށް ޠަހްރާންގެ ރަށް ބޭރުގައި ހުރި ތިން ފަންގިފިލައަށް ބިނާކޮށްފައިވާ އިމާރާތެކެވެ. އެ ތަނަށް ރޭޑު ޖަހާފައި ވަނީ ޖޫން 15ވަނަ ދުވަހުއެވެ. އީރާންގެ ޖާސޫސީ އިދާރާއިން ބުނީ، އެ އިމާރާތުގައި ޑްރޯން އުފައްދައި، ގޮވާތަކެތި ހަރު ކުރުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގެ ކުރިއަށް ގެންގޮސްފައިވާ ކަމުގައެވެ. އަދި، ގިނަ އަދަދެއްގެ ގޮވާތަކެތި އެ ތަނުން ހޯދާފައިވާނެ ކަމުގައެވެ. އެ މަރުކަޒުގައި އުފައްދަމުން ދިޔަ ޑްރޯންތަކާއި ގޮވާތަކެތީގެ މަންޒަރުތައް ފެންނަަ ވީޑިޔޯތަކެއް އީރާންގެ ފުލުހުން ވަނީ ޢާންމު ކޮށްފައެވެ. އަދި، ޔަހޫދީންނަށް ޖާސޫސްކޮށްދީ، ޑްރޯން އުފެއްދުމުގައި ހަރަކާތްތެރިވި މީހުން ފިލަން އުޅުނު މަންޒަރާއި، އެ މީހުން ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަންގެ މަންޒަރުތައް ފެންނަ ވީޑިޔޯތައް ވެސް އީރާންގެ ފުލުހުން ވަނީ ޢާންމު ކޮށްފައެވެ. އީރާންގެ އިދާރާތަކުން ހުއްޓުވާފައިވާ އެއް އުޅަނދުގެ ތެރެއިން ގިނަ އަދަދެއްގެ ޑްރޯންތަކެއް ފެނިފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ރިޕޯޓު ކުރިއެވެ.
200 ކިލޯގެ ގޮވާތަކެއްޗާއި 23 ޑްރޯން ހޯދުން
“ޝަހްރު އަލް-ރެޔި ކައުންޓީގެ ޚާއްޞަ ފުލުހުންގެ ކޮމާންޑުން ވަނީ ފަޝާފޫޔާގައި ޚާއްޞަ ދެ އޮޕަރޭޝަނެއް ހިންގައި، ޑްރޯން އުފެއްދުމުގައި ހަރަކާތްތެރިވަމުން ދިޔަ މޮސާދުގެ ޖާސޫސޫން ދެނެގަނެ، އެ މީހުން ހައްޔަރު ކޮށްފައި،” އީރާންގެ ފުލުހުންގެ ތަރުޖަމާނު ބްރިގޭޑިޔަރ ޖެނެރަލް މުންތަޟިރް އަލް-މަހްދީ ވިދާޅުވިއެވެ. “އެ މީހުންގެ އަތުން 200 ކިލޯގެ ގޮވާތަކެއްޗާއި، 23 ޑްރޯނާއި، ޑްރޯން ލޯންޗުކޮށް، ކޮންޓުރޯލުކޮށް، ގައިޑް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި، ނިސާން މަރުކާގެ ކާރެއް ހޯދައި، އެ ތަކެތި އަތުލައިގަނެވުނު.”
އީރާންގެ މަޞްދަރުތަކުން ބުނީ، މޮސާދުގެ އޭޖެންޓުން ޝަހްރު އަލް-ރެޔިގައި ޑްރޯން އުފައްދަމުން ދިޔަ މަރުކަޒެއް އީރާންގެ އިދާރާތަކުން ހޯދާފައި ވަނީ އެ ރަށުގައި ހުރި ތެޔޮ ރައްކާކުރާ ގުދަނަކަށް ޑްރޯންތަކެއް ބޭނުން ކޮށްގެން ނުރައްކާތެރި ޙަމަލާތަކެއް ދިން ފަހުން ކަމުގައެވެ. އަދި، ޔަހޫދީންގެ ގިނަ ޙަމަލާތައް ދިނުމަށް ބޭނުން ކޮށްފައިވާ ޑްރޯންތަކަކީ މޮސާދުގެ އޭޖެންޓުން އީރާނުގެ ތެރޭގައި އުފައްދައި، އުދުއްސާފައިވާ ޑްރޯންތަކެއް ކަން ހާމަވެފައިވާ ކަމުގައެވެ. “އިސްރާއީލުގެ އޭޖެންޓުން ދެނެގަތުމާއި، އެ މީހުން ބޭނުން ކުރަމުންދާ ހަތިޔާރުތައް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގައި އީރާންގެ ރައްޔިތުންގެ އިސް ދައުރެއް އޮވޭ. ބައެއް ސަރަޙައްދުތަކުގައި ޢާންމުން ވަނީ ޗެކްޕޮއިންޓުތައް ޖަހައި، ޝައްކު ކުރެވޭ ފަދަ އުޅަނދުފަހަރު ހުއްޓުވައި، ބަލައިފާސްކުރަން ފަށާފައި. ފާއިތުވި ދެ ދުވަހުގެ ތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި އެ ފަދަ ތަކެތި [ގޮވާތަކެއްޗާއި ޑްރޯން] އުފުލަމުން ދިޔަ އުޅަނދުފަހަރު ހިފަހައްޓައި، ޙަމަލާތައް ރޫޅައިލާފައިވޭ،” އީރާންގެ ނޫސްވެރިއަކު ބުންޏެވެ.
އީރާނަށް ޔަހޫދީ ފައުޖުން މިހާރު ދެމުންދާ ނިރުބަވެރި ޙަމަލާތައް ރާވަން ފަށާފައި ވަނީ މީގެ އަށެއްކަ މަސް ކުރިންނެވެ. އެމެރިކާގެ ނޫހެއް ކަމުގައިވާ އެކްސިޔޮސަށް މަޢުލޫމާތު ދެމުން ޔަހޫދީ އިސްރާއީލުގެ އޮފިޝަލަކު ވަނީ އެ ކަން ކަށަވަރު ކޮށްދީފައެވެ. ޔަހޫދީންގެ މީޑިޔާތަކުން ބުނީ، އީރާންގެ ރަށްތަކުގައި ޑްރޯން އުފައްދައި، ލޯންޗު ކުރުމަށް ޔަހޫދީ ފައުޖުގެ ޖާސޫސީ އިދާރާއިން މަރުކަޒެއް ޤާއިމު ކޮށްފައިވާ ކަމުގައެވެ. އަދި، އެ އޮޕަރޭޝަންގެ ދަށުން އީރާނަށް ގޮވާތަކެއްޗާއި، ހަތިޔާރު އެތެރެކޮށް، އީރާންގެ ވައިގެ ދިފާޢީ ނިޒާމަށް ގެއްލުންތަކެއް ދީފައިވާ ކަމުގައި ވެސް ޔަހޫދީ މީޑިޔާތަކުން ބުންޏެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމުގައިވާ ދި ގާޑިޔަނުން ވެސް ބުނީ، އީރާންގެ ވައިގެ ދިފާޢީ ނިޒާމުތައް ޤާއިމު ކޮށްފައިވާ މަރުކަޒުތަކުގައި މޮސާދުގެ ޖާސޫސޫން ސިއްރިޔާތުގައި ހަރަކާތްތެރިވަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމުގައެވެ. ޔަހޫދީންގެ އެންމެ ފަރަތަމަ ޙަމަލާތަކަށް ފަހު އީރާނުން ވަނީ އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމު އޮޕަރޭޝަނަށް ގެންގޮސްފައެވެ. އަދި، ޙަމަލާތަކުގައި ޔަހޫދީން ބޭނުން ކުރަމުންދާ ހަތިޔާރުތައް ދިފާޢުކޮށް، ވައްޓައިލަން ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
