
ފުދުންތެރި ވަރުގަދަ އިޤްތިޞާދެއް އޮތް ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލް ކުރުމަށް މި 5 އަހަރުގެ ތެރޭގައި ވަޒީފާގެ މާހައުލުގައި ހުނަރުވެރި ދިވެހިން އުފެއްދުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ އިންސާނީ ވަސީލަތް ބޭނުންވާ މިންވަރު ދެނެގަތުމުގެ ޤައުމީ ސަރވޭ އިފްތިތާޙުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއާމެދު ގެންގުޅުއްވާ އެންމެ މުހިންމު ތަސައްވުރަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން ކަމަށެވެ. އެކަން ހަގީގަތަކަށް ހެދުމަށް ބޭނުންވަނީ ކިޔަވައިގެންތިބި ހުނަރުވެރި މަސައްކަތްތެރި ދިވެހިން ގައުމުގައި އުފައްދަން ކަމަށާއި އާމްދަނީ ލިބޭ މަސައްކަތްތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުވާންޖެހޭ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ވަޒީފާނެތް ދިވެއްސަކު ނެތް މިންވަރަށް މި 5 އަހަރު ތެރޭގައި ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވި ކަމަށާއި އެ އަމާޒަށް ވާސިލްވުމަށް މި ފާއިތުވި މުއްދަތުގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން، ދިވެހިންނަށް ނޫނީ އަދާނުކުރެވޭނެ ވަޒީފާތައް ކަނޑައަޅުއްވާފައިވާ ކަމަށާއި މިފަސް އަހަރު ދުވަހުގެ ތެރޭގައި ވަޒީފާގެ މާހައުލުގައި ހުނަރުވެރި ދިވެހިން އުފެއްދުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
“ޓުއަރިޒަމް އިމާރާތް ކުރުންފަދަ މި ޤައުމުގައި ހުރި މުހިންމު ބޮޑެތި ސިނާޢަތްތައް، ޑޮކްޓަރުންނާއި ޓީޗަރުންފަދަ އިންސާނީ ވަސީލަތް ގިނައިން ބޭނުންވާ ދާއިރާތަކުގެ ވަޒީފާގެ ހާލަތާމެދުވެސް އަލިއަޅުވާލާފައިވޭ. އިރާދަ ކުރެއްވިއްޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ޒަޢާމަތުގައި މި ނޫންވެސް އިތުރު ސިނާޢަތްތައް ތަޢާރަފު ކުރެވިގެންދާނެ. އަދި މި ސިނާއަތްތަކަށް މަސައްކަތްތެރި އަތްތަކާއި ރޭވުންތެރި ސިކުނޑިތަކެއް ބޭނުންވާނެ،” ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ރާާއްޖޭގައި ސްޕެޝަލް އިކޮނޮކިމް ޒޯނާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަކާއި ބަންކަރިން ޚިދުމަތް އަދި ސީޓުއެއާ ކާގޯގެ ޚިދުމަތް ފަށާފައިވާކަމަށާއި އެކަންކަމަށް ގިނަ ބަޔަކު ޝައުގުވެރިވާކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއަހަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ ޚިދުމަތް ފެށުމާއެކު ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމު ކުރިއަރައިގެންދާނީ ވަޒީފާތަކަށް ނުކުންނަ ހީވާގި، އަދި ހުނަރުވެރި ދިވެހީން ގިނަވެގެންކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ ރާއްޖެއަކީ އިގްތިސާދީގޮތުން ވަރުގަދަ ފުދުންތެރި ދައުލަތެއް ބިނާކޮށް އާރާސްތުކުރުމަކީ އެންމެންގެ ޒިންމާއެއްކަމުގައި ދެކިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެއީ މި ޤައުމުގެ މާދަމާގެ ދަރިންގެ ޙައްގުގައި އުފުލަންޖެހޭ ވާޖީބެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
