
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ދައްކަންޖެހޭ ދަރަނިތައް ދައްކަމުން ތަރައްޤީގެ މަޝްރޫއުތައް ވިސްނުންތެރިކަމާއެކު މިސަރުކާރުން ހިންގަވަމުން ގެންދަވާކަމަށް ސިއްޙީ ވަޒިރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ވެރިކަން ކުރާ ޕާޓީ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ރާއްޖެ އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެ ހާސްކަމެއްގެ ތެރޭގައިކަމަށެވެ. އެގޮތުން ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު 120 ބިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ދަރަނި ދައްކަން ޖެހިފައި އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަނަމަވެސް ޤައުމު އޭރު އޮތް ހާލަތުން އަރައިގަނެ އަލުން ޤައުމު ކޮޅަށް ޖެހުމުގެ މަސައްކަތް އެމަނިކުފާނު ފެއްޓެވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ދައްކަންޖެހޭ ދަރަނިތައް ދައްކަމުން ތަރައްޤީގެ މަޝްރޫއުތައް ވިސްނުންތެރިކަމާއެކު މިސަރުކާރުން ހިންގަވަމުން ގެންދަވާކަމަށެވެ.
ޤައުމުގެ ޙަޤީޤީ ތަރައްޤީ ގުޅިފައިވަނީ ޢުމްރާނީ ތަރައްޤީއަކާ ނޫންކަމަށާއި ނިޒާމަށް ގެންނަން ޖެހޭ އެތައް ބަދަލުތަކެއް ހުރިކަން ތަކުރާރުކޮށް ރައީސް ވިސްނަވައިދެއްވަމުން ގެންދެވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ސިއްޙީ ނިޒާމްގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ނުވަތަ އެކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންފްރާސްޓްރަކްޗަރ ނެތުމާއި މެޝިނަރީ ނެތުމާއި ޑޮކްޓަރުން މަދުވުން ނޫންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސިއްހީ ނިޒާމްގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ސިއްޙީ ބޮޑެތި މައްސަލަތައްކަމަށެވެ. އަދި އެ މައްސަލަތަކަށް ހައްލު ނުހޯދާ ސިއްޙީ ނިޒާމް ހައްލުކުރެވޭނެކަމަށް ޤަބޫލު ނުކުރެވޭކަމަށާއި އެކަމަށް ސީދާ ގޮތުން ފިޔަވަޅު އަޅުއްވާ އެކަމާ ގުޅިގެން އެކުލަވަލަން ޖެހޭ ސިޔާސަތުތައް ރައީސް ޑރ. މުޢިއްޒު ގެންދަވަނީ އެކުލަވާލަމުންކަން ވަޒީރު ނާޒިމް ފާހަގަކުރެއްވިއެވެ.
“އެއީ ދުންފަތް ކޮންޓްރޯލް ކުރުންކަމުގައިވިޔަސް، މަސްތުވާތަކެތި ކޮންޓްރޯލް ކުރުން ކަމުގައިވިޔަސް، ގޭންގް މާރާމާރިތައް ހުއްޓުވުން ކަމުގައިވިޔަސް، ބޭރު މީހުންގެ މައްސަލަ ހައްލުކުރުން ކަމުގައިވިޔަސް ، މިދެންނެވި ކަންކަމަށް ހައްލުނުހޯދާ އަޅުގަނޑުމެން ޤައުމާގެން ކުރިއަށްދާން އުޅެފިނަމަ އެ ވާނީ ހަމަ ފޫނެތް ފަޔަށް ފެން ފުރުން ފަދަ ކަމަކަށް. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިދެންނެވި ޤައުމު ބިނާކުރުމުގެ ނިޒާމީ ކަންތައްތަކަށް ގެންނަވާ އިސްލާހުތަކަށް އަޅުގަނޑު އުފާ ކުރަން. މިކަންކަމަށް ހައްލު ލިބިގެން ނޫނީ އަޅުގަނޑުމެން ބޭނުންވާ ދިވެހިރާއްޖެ ހޯދައެއް ނުގަނެވޭނެ.” ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރަކީ ވަކި ބަޔަކަށް ބަރޯސާ ވާނެ ސަރުކާރެއް ނޫންކަމަށެވެ. ޤައުމުތަކާއެކު ހަމަހަމަ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ފޮރިން ޕޮލިސީ ހިފަހައްޓަމުން ޤައުމުގެ ހައްޤުގައި ބައިނަލްއަޤްވާމީ ޕްލެޓް ފޯމްތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަކާލާތު ކުރައްވަމުން ގެންދަވަނީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ އެއްވެސް ވެރިއަކު ނުދައްކަވާ ފަދަ ހަރުދަނާ ސިޔާސަތުތަކެއްކަންވެސް ވަޒީރު ފާހަކުރެއްވިއެވެ. ސިއްޙީ ވަޒީރު ނާޒިމް ވަނީ ދިވެހިންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ ފަލަސްޠިންގެ މައްސަލާގައި ދިވެހި ރައްޔިތުންގެ ޝުޢޫރު ރައީސް ގެންދަވަނީ ކޮންމެ ޕްލެޓްފޯމެއްގައި ހަރުއަޑުން އިއްވަމުންކަންވެސް ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
