
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުން ޔަހޫދީ ދައުލަތަށް ދެމުންދާ ޙަމަލާތަކަކީ އަމިއްލަ ދިފާޢުގައި ދެމުންދާ ޙަމަލާތަކެއް ކަމަށާއި އެ ޙަމަލާތައް އަމާޒު ކުރަމުންދަނީ ޔަހޫދީންގެ އަސްކަރީ ގޮތުން މުހިންމު ސަރަޙައްދުތަކަށް ކަމަށް އދއަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ މަންދޫބު، އާމިރު ސަޢީދު އިރާވަނީ އދގެ ސަލަމަތީ މަޖިލީހުގައި ދަންނަވައިފިއެވެ. އދގެ ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި އިރާވަނީ ވިދާޅުވީ ޔަހޫދީ ދައުލަތަށް ދެމުންދާ ޙަމަލާތަކަކީ ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކާ އެކަށީގެންވާ ނިސްބަތަކުން ދެމުންދާ ޙަމަލާތަކެއް ކަމަށެވެ. ޖޫން މަހުގެ 13ވަނަ ދުވަހުން ފެށިގެން ޔަހޫދީން އިސްވެ އީރާނަށް ދޭން ފަށާފައިވާ ޙަމަލާތަކުގައި އިތުރު ޤައުމަކުން އެހީތެރިކަން ދޭ ނަމަ، އެ ފަދަ ކޮންމެ ޤައިމަކީ ވެސް ޙަމަލާތަކުގެ ޤާނޫނީ ޒިންމާ ނަގަން ޖެހޭނެ ޤައުމެއް ކަމަށާއި، ޙަމަލާތަކުގެ ސަބަބުން ނިކުންނަ ނަތީޖާގައި އެ ބައެއްގެ ޙިއްޞާ އޮންނާނެ ކަމަށް ވެސް އެ ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިރާވަނީ ވަނީ އެމެރިކާއިން ޔަހޫދީންނަށް މަދަދުވެރިވާތީ އެ ވާހަކައަށް އަލިއަޅުވާލައްވައިފައެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ހަތިޔާރާއި ޖާސޫސީ މަޢުމޫމާތާއި ސިޔާސީ ވާގިވެރިވުމާ ނުލައި ޔަހޫދީންނަށް އީރާނަށް ޙަމަލާ ނުދެވުނީސް ކަމަށެވެ. ޔަހޫދީން އިރާނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާގެ ޒިންމާގައި އެމެރިކާގެ ޙިއްޞާ އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިސްވެ ޙަމަލާ ދިނީ ޔަހޫދީން ކަމަށް ފާހަގަ ކުރައްވައި އިރާވަނީ ވިދާޅުވީ އީރާނުން އިސްވެ ޔަހޫދީންނަށް ޙަމަލާ ނުދޭ ކަމަށާއި އީރާނުން އެއްވެސް ހަނގުރާމައެއް ފަށާފައި ނުވާ ކަމަށެވެ. އީރާނުގެ ސަބަބުން ނުރައްކާވާ ކަމަށް ބުނާ ވާހަކަތަކަކީ ހަޤީޤާތެއް ނެތް ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އދގެ ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީގައި އިރާވަނީ އިތުރަށް ވިދާޅުވީ އީރާނުން އަމަލު ކުރަމުން ދަނީ އދގެ ޤަވާއިދުގެ 51ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެ މާއްދާގައިވާ ގޮތުން، ހަތިޔާރު ބޭނުން ކޮށްގެން ޙަމަލާއެއް ދީފި ނަމަ އެ ޙަމަލާއިން ދިފާޢު ވުމަށް އަޅާ ކޮންމެ ފިޔަވަޅެއް 15 މެންބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހަށް ވަގުތުން އަންގަން ޖެހެއެވެ.
ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އީރާނަށް ދިން ޙަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިޔަރ މަރުކަޒުތަކުގެ އިތުރުން އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނަށެވެ. އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުުވައި މިސައިލް ޕްރޮގްރާމް ނައްތާލުމުގެ ނަމުގައި ޔަހޫދީން ދިން ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ 20 ކޮމާންޑަރުންނާއި ނިއުކްލިޔަރ މަޝްރޫޢުގައި އިސްކޮށް ޙަރަކާތްތެރިވާ ހަ ސައިންސުވެރިން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ އިތުރުން ގިނަ ޢަދަދެއްގެ އާންމުން ޝަހީދުވެ، އެތައް ބަޔަކަށް ޒަޚަމްވެފައިވެއެވެ. އެ ޙަމަލާތަކުގެ ބަދަލުގައި އީރާނުން ފަށާފައިވާ ޚާއްޞަ އަސްކަރީ އޮޕަރޭޝަންގެ ދަށުން ވަރުގަދަތައް ޙަމަލާ ޔަހޫދީ ދައުލަތަށް ދަނީ ދެމުންނެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އީރާނުން 1،000 މިސައިލް އަދި ޑްރޯން ޙަމަލާ ދީފައިވާ ކަމަށް އދގެ ޔަހޫދީ މަންދޫބު، ޑެނީ ޑެނޮން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
