
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން މަތިންދާ ބޯޓުތަކަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ” ޓޯ-ބަރލެސް” ޓްރަކްގެ ޚިދުމަތް ފެށުމަށް އެމްއޭސީއެލްއިން ތައްޔާރުވެއްޖެއެވެ. ޓީ.ޕީ.އެކްސް- 200 އެމް.ޓީ.އެކްސް މޮޑެލްގެ މި ޓްރަކްއަކީ މިހާރު ވައިގެ ސިނާޢަތުގައި މަތިންދާ ބޯޓުތަކަށް ޚިދުމަތްދިނުމުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން މަތީ ފަންތީގައި ފާހަގަލޮށްލެވޭ އަދި އަވަސް ޚިދުމަތެއް ދެވޭނެ ޤާބިލުކަން ލިބިފައިވާ ޓްރަކެކެވެ.
އެމްއޭސީއެލްއިން ވިދާޅުވީ މި ޓްރަކް ވީ.އައި.އޭގެ ގްރައުންޑް އޮޕަރޭޝަންގައި ބޭނުންކުރަން ފެށުމާއެކު އެޕަރޭޝަން އެފިޝިއަންސީ %60 އަށް އިތުރުވެ މަތިންދާ ބޯޓުތައް އަވަހަށް ފުރުވުމަށް އަދި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ކުރާ މަސައްކަތް އަވަސްވާނެކަމަށެވެ. އަދި މިއީ ޒަމާނީ ބަދަލުތަކާއެކު ތަރައްޤީވަމުން އަންނަ އެއަރޕޯޓްތައްކަމަށްވާ ދުބާއީ، އަބޫދާބީ އަދި ސިންގަޕޫރުގެ އިތުރުން ވަލާތުގެ ކުރިއަރާފައިވާ އެއަޕޯޓްތަކުގައިވެސް ބޭޏުންކުރާ ޒަމާނީ ޓްރަކްއެއްކަން އެމްއޭސީއެލުން ފާހަގަކުރެއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
މިހާރު ބޭނުންކުރާ މިފަދަ ޓްރަކްތަކާއި ޚިލާފަށް މި މޮޑެލްގެ ޓްރަކް އޮޕަރޭޓްކުރާ ޑްރައިވަރަށް ވަށައިގެންވާ މާހައުލު ސާފުކޮށް ފެންނާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އަދި ކޯޑް “ސީ”ގެ މަތިންދާ ބޯޓުން ފެށިގެން ކޯޑް “އީ”ގެ ހުރިހާ މަތިންދާބޯޓްތަކަށްވެސް މި ޓްރަކްއިން ޚިދުމަތް ދެވޭނެކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ. އެމްއޭސީއެލްއިން ވިދާޅުވީ މިއި މަރާމާތުކުރަންޖެހޭ ނިސްބަތާ ހިންގުމުގެ ޚަރަދު ކުޑަ ޓްރަކްއެއްކަމަށެވެ.
މި ޓްރަކް ބޭނުންކުރަން ފެށުމާ ގުޅޭގޮތުން ހެޑް އޮފް ރޭމްޕް ސަރވިސަސް އަލީ ޝަރީފް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނައިރު މަތިންދާ ބޯޓުތަކަށް ޚިދުމަތްދޭ އުޅަނދު ތަކަކީވެސް ފަަހުގެ ޒަމާނީ ތެކްނޮލަޖީ ބޭނުންކުރާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޯށްދޭ އަވަށް ޚިދުމަތްދޭ އުޅަނދުތަކަށް ހެދުމަށް އެކުންފުނިން ގިަނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން އަލަށް ގެނައި ޓްރަކްއާއެކު މަތިންދާ ބޯޓު ފުރުވާލުމަށް ހޭދަވާ ވަގުތު އަވަސްވެ އަދި ރައްކާތެރި ޚިދުމަތެއް ދެވޭނެކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
އެމްއޭސީއެލްއިން މިހާރުވަނީ މިޓްރަކް އޮޕަރޭޓް ކުރުމަށް ޚާއްސަ 8 އޮޕަރޭޓަރުން ތަމްރިންކޮށްފައެވެ. މިވަގުތު ކުރަމުންދަނީ ޓްރަކް އޮޕަރޭޓްކުރުމަށްޓަކައި ހަދާ ރިސްކް އެސެސްމަންޓުގެ މަސައްކަތްކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އެމްއޭސީއެލްއިން އަންނަނީ މަތިންދާ ބޯޓުތަކާއި ފަސިންޖަރުންނަށް ފޯރުކޯށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައު ޓަރމިނަލްގެ މަސައްކަތް ނިންމާ ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ބަރުދުވެލީގައި ކުރަމުންދާކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
