
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލްމަހުން ފެށިގެންނެވެ. މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ޕްލާސްޓިކް އެތެރެކުރާ މިންވަރު މަދުކުރުމެވެ. މީގެ ހެޔޮ ނަތީޖާވެސް މިހާރު ދަނީ ފެންނަމުންނެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ 2024 ވަނަ އަހަރު އަހަރީ ރިޕޯޓުން ދައްކާގޮތުން ޕްލާސްޓިކް ކޮތަޅުން ނަގަންފެށި ފީއާއިއެކު ރާއްޖެއަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރާ މިންވަރު ދަނީ ދަށްވަމުންނެވެ. މީރާއަށް ބަލައިގަންނަ އާމްދަނީގެ އަދަދުން މިކަން ހާމަވެއެވެ.
މިދިޔަ އަހަރު ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މީރާއިން ބަލައިގަނެފައިވަނީ 9.19 މިލިޔަން ރުފިޔާއެވެ. މިއީ ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއާއި އަޅާބަލާއިރު %0.3 ދަށް އަދަދެކެވެ. ލިބޭނެކަމަށް މީރާއިން އަންދާޒާކޮށްފައިވަނީ 9.22 މިލިޔަން ރުފިޔާއެވެ. 2023 ވަނަ އަހަރު ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 12.66 މިލިޔަން ރުފިޔާއެވެ. އެހެންކަމުން 2024 ވަނަ އަހަރު ލިބުނު އާމްދަނީ ވަނީ 2023 ވަނަ އަހަރާއި އަޅާބަލާއިރު %27.4 ދަށް އަދަދެކެވެ.

ޕްލާސްޓިކް ކޮތަޅު ފީގެ އާމްދަނީ އަންދާޒާކުރަނީ އަހަރުން އަހަރަށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރާނެ މިނަވަރު މަދުވާނެކަމަށް ބަލައިގެންނެވެ. މިގޮތުން 2024 ވަނަ އަހަރު އަންދާޒާކުރި އާމްދަނީއަށްވުރެ ބަލައިގަތް އާމްދަނީ ވަނީ ދަށްވެފައެވެ. ޕްލާސްޓިކް ކޮތަޅު ފީއަކީ ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ ދަށުން ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ޕްލާސްޓިކް ކޮތަޅުން ފީގެ ގޮތުގައި 2 ރުފިޔާ ނެގުމަށް ނިންމާފައިވުމާއިއެކު ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ފްލާސްޓިކް ކޮތަޅުން ފީނެގުމުގެ ގަވައިދުގެ ދަށުން ނަގާ ފީއެކެވެ. މި ޤަވައިދަށް އަމަލުކުރަން ފަށާފައިވަނީ 18 އޭޕްރީލް 2023 އިން ފެށިގެންނެވެ.
މީރާގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ބޭގްފީގެ ގޮތުގައި މިދިޔަ އަހަރު ރިޕޯޓްކޮށްފައިވާ އަދަދަކީ ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު %28.8 ދަށް އަދަދެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
