
(ފޮޓޯ ކްރެޑިޓްސް: ޓްރާންސްޕޯރޓް މިނިސްޓްރީ)
އުއްމީދަކީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޖަމްޢިއްޔާ، އައިކާއޯގެ ސޭފްޓީ އޯޑިޓުން ކުރިއަށް ވުރެ ރަނގަޅު ނަތީޖާއެއް ލިބުންކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިހާރު ހިނގަމުންދާ އައިކާއޯގެ ސޭފްޓީ އޮޑިޓަކީ 11 އަހަރު ފަހުން ހަދާ އޮޑިޓެއްކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރާބެހޭ ޖަމްޢިއްޔާގެ “‘ޔުނިވަރސަލް ސޭފްޓީ އޯވާސައިޓް ސޭފްޓީ އޮޑިޓް ޕްރޮގްރާމް”އަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ޤައުމުތަކުގައި ހުރިތޯ ބެލުމަށް ކުރިއަށްގެންދާ އޮޑިޓެކެވެ.
މި އޮޑިޓު 11 އަހަރު ފަހުން ހަދަމުންދާއިރު، އެކަމާއި ގުޅޭ ޓީމާއި ވަޒީރު މުޙައްމަދު އަމީން ވަނީ ބައްދަލުކުރައްވާފައެވެ. އެ ޓީމާއެކު ބޭއްވި ބައްދަލުވުމާއި ގުޅިގެން، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މި ދާއިރާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތައް އެ ޓީމާއި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އުއްމީދަކީ މިފަހަރު އޮޑިޓުން މީގެ ކުރިން ހޯދި ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދުންކަމަށް ވަޒީރު ވިދާޅުވިއެވެ.
After 11 years, the @icao -USOAP CMA Audit of the Maldives 🇲🇻 is now underway. Today, I met with the ICAO audit team and briefed them on key reforms under President @MMuizzu ‘s leadership, especially in legislation and MCAA four priority areas.
We expect improved results and… pic.twitter.com/Exdi6w2BXb— Mohamed Ameen (@ameen3d) June 16, 2025
ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި ވަޒީރު އަމީން ވަނީ މީގެކުރިން ހެދި އައިކާއޯގެ ސޭފްޓީ އޮޑިޓުން ރާއްޖެއަށް ލިބިފައިވަނީ %54 ކަމަށެވެ. މިއާއެކު މިފަހަރުގެ އޮޑިޓުން އެއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމަށް އަމާޒު ހިފާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. “މި މިންގަނޑު 75 ނުވަތަ 80 އަށް ޖެއްސުމަކީ އަޅުގަނޑުމެން ސަރުކާރުގެ ބޭނުން. އެކަން ކުރަން ބަލާއިރު އެސެސްމެންޓުގައި ދަށްވީ ލެޖިސްލޭޝަން ބައި. ޤާނޫނީ އޮނިގަނޑުގެ ތެރޭގައި ގެންނަންޖެހޭ ސިވިލް އޭވިއޭޝަން ޤާނޫނު. ވަރަށް މުހިންމު ކަމެއް ދީގެން މަޖިލިސް ތެރޭ އެކަން ކުރިއަށް އެބަދޭ.” ވަޒީރު ވިދާޅުވިއެވެ.
ޤާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކާއި އެއްކޮށް، ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓުތަކާއި މައްސަލަތައް ތަހުޤީޤު ކުރުމުގެ ކަންކަން ހާއްސަ އިދާރާއަކުން ކުރާ ގޮތަށް ބަދަލުކޮށްފައިވާކަަން ވަޒީރު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއްގެ ދަށުން މިހާރު އުފައްދަވާފައިވާ “މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު”ގެ މަސައްކަތް މިހާރު ވަނީ ފަށަފާއެވެ. އެގޮތުން މިހާރު ބޯޑުގެ ދަށަށް ވައިގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަހުޤީޤު ކުރުމުގެ މަސައްކަތް ވަނީ ބަދަލުކޮށްފައިއެވެ.
“މިހާރު އައިކާއޯއަށް ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގައި އެބައި ސިވިލް އެވިއޭޝަނުން ވަކިވެފައިވާކަން އޮންނާނީ ބަޔާންކޮށްފައި. އެގޮތަށް ހަދަން މިޖެހުނީ އެއަރކްރާފްޓް އެކްސިޑެންޓު ނޫން އަދި މި ދިމާވާ ނުރައްކާތެރި ކަންތައް ދިމާވުމުގެ ކުރިން އޭގެ ކަންކަން އެސެސްކޮށް އެނަލައިޒްކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ރިކޮމެންޑޭޝަންތައްވެސް ސިވިލް އެވިއޭޝަންނަށް ދޭން.” ވަޒީރު މުހައްމަދު އަމީން ވިދާޅުވިއެވެ.
އައިކާއޯގެ ސޭފްޓީ އޮޑިޓު ކުރިއަށް ދާނީ މިމަހުގެ 11 އިން 23 އަށެވެ. މި އޮޑިޓުގެ ތެރެއިން ވައިގެ ދަތުރުފަތުރުގެ ކަންކަން އިންތިޒާމު ކުރުމުގައި ޤާނޫނީ ގޮތުންނާއި، އިދާރީ ގޮތުން އަދި ނޫންވެސް ފަންނީ ކަންކަން އިންތިޒާމުވެފައި ހުރި ގޮތް ވަޒަންކޮށް މާކްސް ދޭނެއެވެ. ސަރުކާރުން ދަނީ މިދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސިވިލް އެވިއޭޝަން ރީސްޓްރަކްޗަރކޮށް އެ ދާއިރާގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
