
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން، ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް 10 ބިލިއަނެއްހާ ރުފިޔާ ވަގަށް ނެގި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު، އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިރޭ ތުހުމަތުކުރައްވައިފިއެވެ. ކޮންގްރެސް ޕާޓީން ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ކުންފުނިތަކުގެ މާލީ ހާލަތަކީ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭނެ އެއްޗެއް ކަމަށާއި މިދިޔަ ސަރުކާރުގައި ކޮންމެ ކުންފުންޏެއް ވެސް އޮތީ ތިން ބިލިއަން ނުވަތަ ހަ ބިލިއަން ރުފިޔާ އިން ދަރާފައި ކަމަށެވެ.
ސަލީމް ވަނީ 2018 އިން 2023ގެ ނިޔަލަށް ދައުލަތުގެ ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ހެދި ދިރާސާތަކުން ފާހަގަވެފައި ހުރި ބައެއް ކަންކަން ހިއްސާކުރައްވާފައެވެ. ސަލީމް ވިދާޅުވީ، ބޮޑު އަގުގައި މަސައްކަތް ހަވާލުކޮށް، ތަކެތި ގަނެގެން ހަމައެކަނި ފެނަކައަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ‘ވަގަށް ނަގާފައި’ އެބަ އޮތް ކަމަށެވެ. “މުޅި ހުރިހާ ކުންފުންޏަކަށް ބަލާއިރު، ގާތްގަނޑަކަށް އެ ފަސް އަހަރުގެ ތެރޭގައި 10 ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ހަމަ ސީދާ ވަގަށް ނަގާފައި. މިދެންނެވީ ބާޒާރުގައި ހުންނަ އަގަށް ވުރެ ބޮޑު އަގުގައި ތަކެތި ގަނެގެންނާއި ބޮޑު އަގުގައި މަސައްކަތްތައް ދީގެން” ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އިދިކޮޅުން މިހާރު ކުރަން އުޅޭ ކަމަކީ ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގެ ވެރިންގެ ބޮލުގައި އެޅުވުނު ވަގު ތުހުމަތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޮލުގައި ވެސް އެޅުވުން ކަމަށެވެ. އެކަމަކު އެ ފުރުސަތު ނުދެއްވާނެ ކަމަށާއި ރައީސް މުއިއްޒު ކަންކަން ކުރައްވަނީ އެއަށް ވުރެ ފުރިހަމައަށް ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލިހުގައި ހަތަރު ވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދަވާ ސަލީމް ވިދާޅުވީ ކުންފުނިތަކުގެ މާލީ ހާލަތަކީ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އެ ތަފުސީލުތައް ތަކުރާރުކޮށް އާންމުންނަށް ހަނދާން ކޮށްދޭން ޖެހޭނެކަން ވެސް ފާހަގަކުރެއްވިއެވެ.
ސަލީމް ވިދާޅުވީ ދައުލަތުގެ އާމްދަނީ މައްޗަށް ދިޔަޔަސް، މިހާރު ޖެހިގެން އުޅޭ މައްސަލައަކީ ކުރީގެ ސަރުކާރުތަކުން އިގްތިސާދު ހަމައަކަށް އެޅުވުމުގެ ނަމުގައި ގައުމަށް ވެފައިވާ “ހިޔާނާތްތައް” ބޮޑުވުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
