
(ފޮޓޯ ކްރެޑިޓްސް: ޕޮލިސް މީޑިއާ)
ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރެއްވުމުގެ ގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ފުލުހުންނާމެދު ރައްޔިތުންގެ އޮތް އިތުބާރު ދެމެހެއްޓުމަށްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. ފުލުހުންގެ ޚިދުމަތާމެދު ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އެކްޓިން ކޮމިޝަނަރގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހުވެސް އެންމެ އިސްކަމެއް ދެއްވީ ފުލުހުންގެ ޚިދުމަތާމެދެ ރައްޔިތުންގެ ތެރޭގައި އޮތް އިތުބާރު ދެމެހެއްޓުމަށްކަމަށެވެ. އެގޮތުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އެކަންކަން ހައްލުކުރުމަށް ފުލުހުންނަށް ކުރެވިދާނެ ކަންކަން ބަލައި އެގޮތަށް ފުލުހުންގެ މަސައްކަތްތައް ބައްޓަން ކުރައްވަމުންދާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ނުލިބުމަކީ ވަރަށް ގިނަ ބައެއްގެ ފަރާތުން ލިބޭ ޝަކުވާއެއް ކަމަށާއި އެކަން ރަނގަޅުކުރުމަށްވެސް މިހާރު މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި ފުލުހުންގެ ތަހުގީގުތައްވެސް ކުރިއަށްވުރެ އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ބޮޑަށް ތަހުގީގުގެ ކަންކަން ރައްޔިތުންނަށް އެނގިގެންދާނެގޮތަށް ކަންކަން ބައްޓަންކުރައްވާނެކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
“ތަހުގީގުތައް މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށް އެނގިގެންދިއުން ވަރަށް މުހިންމު. ގޮންޖެހުންތަކުގައި ހުރި ކަންކަމަކީ. މިހާރު އިންވެސްޓިގޭޝަން ކަންކަން ވަރަށް ކޮމްޕްލެކްސްކޮށް މިއޮތީ. އަޅުގަނޑުމެންގެ ތަހުގީގުތައް ބައްޓަން ކުރުމަކީ އަޅުގަނޑުމެންނަށް ހުރި ގޮންޖެހުމެއް. އެހެންވީމަ އެކަންކަން ރަނގަޅު ކުރުމަށް ޓްރެއިން ކުރުމާއި ރީޓްރެއިން ކުރުމާއި ސުޕަވައިޒަރސްގެ ސްކިލްސް ބިލްޑް ކުރުމަކީވެސް އަޅުގަނޑުމެން ކުރާނެ ކަމެއް. އަދި ކުރަން ފައްޓާފައިމިހާރު ވާކަމެއް އެއީ،” ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ޤާނޫނީ ޒިންމާއަދާކުރުމުގައި މިހާރަށްވުރެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. ރައްޔިތުންނާއި ފުލުހުންނާމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އައު ކަންކަން ފެށުމަށްވުރެ ބޮޑަށް މިހާރު ފަށާފައިވާ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމަށް އިސްކަން ދެއްވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އެގޮތުން، އަވައްޓެރި ފުލުހުންނަކީ ކާމިޔާބު މަސައްކަތެއް ކަމަށާއި އެކަންވެސް ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޓެކްނޮލޮޖީގެ ޒަރީއާއިން ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މޫސުމީ ބަދަލުތަކަށް އިންސާފު ހޯދަން ގުޅިގެން ވަކާލާތު ކުރަން ޖެހޭ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ބައިނަލްއަގުވާމީ މައިދާނުގައި މޫސުމީ އިންސާފު ހޯދުމަށް ކުދި ގައުމުތައް ގުޅިގެން ވަކާލާތު...
ލަންކާގައި ބީއެމްއެލްގެ ހިދުމަތް ފަށަން މަސައްކަތް ކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ....
ނަޝީދުގެ ތިން އަހަރުގެ ވެރިކަމުން ދައުލަތުން ބިލިއަނުން ދޭން ޖެހުނު ”ބޮޑު ބަދަލު“
(ފޮޓޯ ކްރެޑިޓްސް: އެކ.އެމްވީ) 2008 އިން 2012 އަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ވެރިކަމުގައި ނިންމެވި ބައެއް ނިންމުންތަކާއި ވެވުނު އެއްބަސްވުންތަކުގެ...
ސްޕްރީމް ކޯޓުގެ ހުކުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި”ގަނެވިއްކުން“ނިމުމަކަށް!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް...
ޤަޒުފުގެ ތުހުމަތާއި ނޫސްވެރިކަމުގެ މިނިވަންކަން: ސިޔާސީ އައްޑަނައިގެ ނިވާފަތްގަނޑު
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) މި ލިޔުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނު އަސާސީން ކަނޑައަޅާފައިވާ ހުދޫދުތަކުގެ ބޭރުން، ނޫސްވެރިކަމުގެ ނަމުގައި ހިންގާ ބައެއް ނޭދެވޭ ޢަމަލުތަކަށް...
ށ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރެކޯޑު މުއްދަތެއްގައި ނިންމާލައިފި
ށ. މިލަންދޫގައި ތަރައްޤީކުރާ އެއާޕޯޓަށް ބޭނުންވާ 21 ހެކްޓަރުގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު، ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއީން...
