
އިސްރާއީލުގެ ޔަހޫދީން އިރާނަށް ހަމަލާ ދިނީ އިރާނުގެ އާރާއި ބާރު ކުޑަކޮށް ވެސް ވިސްނާލުމެއް ނެތި ކަމަށް ކުއިންސީ އިންސްޓިޓިއުޓް ފޯ ރެސްޕޮންސިބަލް ސްޓޭޓް ކްރާފްޓްގެ ނައިބު ރައީސް ޓްރިޓާ ޕާސީ ވިދާޅުވެއްޖެއެވެ. ޓްރިޓާ ޕާސީ ސީއެންއެންއަށް ވިދާޅުވީ އީރާނުން އިސްރާއީލަށް ދެމުންދާ މިސައިލް ހަމަލާތަކުން ދައްކުވައިދެނީ އިސްރާއީލުން ފުރަތަމަ ދިން ހަމަލާގައި ގިނަ އަދަދެއްގެ އަސްކަރިއައްޔާގެ ވެރިން އަވަހާރަކޮށްލި ނަމަވެސް އީރާނަށް އަލުން ހަމަލާދެވޭނެ ކަމުގެ ގާބިލްކަން ހުރިކަމެވެ.
“އިސްރާއީލުން އީރާނުގެ އަސްކަރީ އިސް ވެރިންގެ ތެރެއިން ގިނަ ބަޔަކު އަވަހާރަކޮށްލާފައި، އީރާނުގެ ކޮމާންޑް އެންޑް ކޮންޓްރޯލް ނިޒާމު ހަލާކުވެއްޖެ ކަމަށް ގަބޫލުކުރީ. އެކަމަކު އެ ނިޒާމު އަވަހަށް އަލުން އެކުލަވާލެވުނު،” އޭނާ ވިދާޅުވިއެވެ.
ޕާސީ ވިދާޅުވި ގޮތުގައި މިހާރު ފެންނަމުންދަނީ އީރާނުގެ މިސައިލްތައް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުގެ ހުރިހާ ފަށަލައެއް ފަޅާލައި ވަދެގަންނަ މަންޒަރު ކަމަށެވެ.
ޕާސީ މި ވާހަކަތައް ދެއްކެވި އިރު، އީރާނުން ދަނީ މެދުކެނޑުމެއް ނެތި އިސްރާއީލްގެ އެކި ހިސާބުތަކަށް މިސައިލް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ދެ ގައުމުގެ މެދުގައި ހަމަލާތައް ފުޅާވަމުން ދިއުމާއެކު ދެފަރާތުން މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އީރާނުގެ ވެރިރަށް ތެހުރާނުގެ ރައްޔިތުން ވަނީ ރައްކާތެރިކަން ހޯދުމަށް އެ ސިޓީން ބޭރަށް ފުރަން ފަށާފައެވެ.
ފާއިތުވި ހަފުތާގައި އިސްރާއީލުން ހިންގި “އޮޕަރޭޝަން ރައިޒިން ލަޔަން” ގައި އީރާނުގެ އެންމެ މަތީ ފަންތީގެ އަސްކަރީ އޮފިސަރުންނާއި، ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސްގެ އިސްވެރިޔާއާއި، އެއަ ފޯސްގެ އިސްވެރިޔާ އަދި ކުރީގެ ގައުމީ ސަލާމަތީ ވެރިޔާ އަވަހާރަ ކޮށްލާފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
