
އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުގެ ފުރުސަތު ދޫކޮށް ނުލާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. އެމެރިކާގެ ބްރޯޑްކާސްޓަރު އޭބީސީ ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ނަތަންޔާހޫ ބުނީ އީރާނުގެ ލީޑަރު އަވަހާރަކޮށްލަން ރާވާފައިވާ އެއްވެސް ރޭވުމަކުން މިހާރު ކުރިއަށް ދާ ހަމަނުޖެހުން އިތުރަށް ގޯސްވުމުގެ ބަދަލުގައި ހަމަނުޖެހުންތައް ނިމުމަކަށް އަންނާނެ ކަމަށެވެ. އިސްރާއީލުން އިރާނުގެ އެންމެ މަތީ ލީޑަރަށް އަމާޒު ކުރާނެތޯ ސީދާ ސުވާލު ކުރުމުން ނަތަންޔާހޫ ރައްދު ދެމުން ބުނީ އެ ގައުމުން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
އިރާނުގެ އިސް ނިއުކްލިއާ ސައިންޓިސްޓުންނަށް އަމާޒު ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އެހެން ތަންތަނުގައި ހާސިލުކުރަން ޖެހޭ ކަންކަން އަދިވެސް އެބަ ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ. އިސްރާއީލުގެ ލީޑަރު ބުނީ އީރާނަށް އަމާޒު ކުރަން އޭނާ އިޚްތިޔާރު ކުރަނީ “އިންސާނިއްޔަތަށް ޓަކައި” އީރާނަށް ކުރިމަތިވެފައިވާ ނިއުކްލިއާ ނުރައްކަލުން ރައްކާތެރިކުރުވުމަށް ކަމަށެވެ. “މިއަދު އިރާނުން އެ ހަމަލާ ދިނީ ތެލް އަވީވްއަށް. މާދަމާ ނިއު ޔޯކްއަށް އެ ގައުމުން ހަމަލާ ދީފާނެ،” އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން އެމެރިކާއަށް އަމާޒުކޮށް އޭނާ ވަނީ “އެމެރިކާ ފަސްޓް” އޭނާއަށް ވިސްނޭ ކަމަށާއި، “އެމެރިކާ ޑެޑް” އޭނާ އަށް ނުވިސްނޭ ކަމަށް ބުނެފައެވެ. އޭނާ މިހެން ބުނެފައިވަނީ އިރާނުން އެމެރިކާއަށް ހަމަލާ ދީފާނެ ކަމަށް ނުސީދާ ގޮތުން އިޝާރާތް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
