
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އީރާނަށް ދެމުންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން އެ ޤައުމުގެ ވެރިރަށް ތެހްރާންގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ދާން ފަށައިފިއެވެ. އީރާނަކީ ނުރައްކާތެރި ޙާލަތްތަކުގައި ރައްކާތެރިކަން ހޯދުމަށް ބިމު އަޑީގައި ޚާއްޞަ ހިޔާތައް ޤާއިމު ކޮށްފައިވާ ޤައުމެއް ނޫނެވެ. ޔަހޫދީންގެ ޙަމަލާތަކުގައި މިހާތަނަށް އީރާނުގެ 200އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ދުވަސްވީ މީހުން ހިމެނޭ ގޮތަށް އެ ޢަދަދުގެ 90 އިންސައްތަ ޙިއްޞާ ކުރަނީ އާންމުންނެވެ.
ތެހްރާންގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ދިޔުމަށް ޔަހޫދީން އިންޒާރު ދެމުންދާ ނަމަވެސް އިރާނުގެ ސަރުކާރުން ދަނީ ރައްޔިތުން ކަންބޮޑު ނުވުމަށް ގޮވައިލަމުންނެވެ. އެ އިންޒާރުތަކަކީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަ ކޮށްފަައެވެ. އީރާނުން ވަނީ މިސްކިތްތަކާއި މަދަރުސާތަކާއި ރޭލު ސްޓޭޝަންތައް ރައްޔިތުން ވަގުތީ ހިޔާގެ ގޮތުގައި ބޭނުން ކުރުމަށް އަބަދު ވެސް ހުޅުވިފައި ހުންނާނެ ކަމަށް ބުނެފައެވެ. އާންމުން ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ތަކެތި ގަނޑުކޮށް ގަންނަން ފަށާފައިވާއިރު، ސަރުކާރުން ބުނަމުންދަނީ މަދު ނުވާވަރަށް ސާމާނު ލިބެން ހުރި ކަމަށެވެ. ބޭންކުތަކުން ފައިސާ ނެގުމަށް ވެސް ގިނަ ޢަދަދެއްގެ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން، ބެންކުތަކުން ވަނީ ފައިސާ ނެގޭ މިންވަރު ވެސް ދަށް ކޮށްފައެވެ.
ޙަމަލާތަކުން ރައްކާތެރިވުމަށް ގިނަ ޢަދަދެއްގެ ބަންކަރުތައް ޤާއިމު ކޮށްފައި ހުންނަ ޔަހޫދީ ދައުލަތުން މިހާތަނަށް 20ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ޔަހޫދީން އެންމެ ފަހުން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ދައުލަތުގެ މީޑިޔާއަށް ވަނީ މިސައިލް ޙަމަލާއެއް ދީފައެވެ. އެ ޙަމަލާއަށް ފަހު އީރާނުން ވަނީ މީގެ ކުރިން ނުދޭ ވަރުގެ ވަރުގަދަ ޙަމަލާއެއް ޔަހޫދީންނާ ދެކޮޅަށް ދިނުމަށް އެ ޤައުމުން ތައްޔާރުވަމުންދާ ކަމަަށް ބުނެފައެވެ. އީރާނުން ދަނީ ގިނަ ޢަދަދެއްގެ މިސައިލް ޙަމަލާ ޔަހޫދީ ދައުލަތަށް އަދިވެސް ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ދައުލަތުގައި ހުންނަ އެމެރިކާގެ ކޮންސުލޭޓް ހުންނަ ސަރަޙައްދަށް ވެސް ޙަމަލާއެއް އަމާޒުވެފައިވާ ކަަމަށް އިސްރާއީލަށް ކަނޑަައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިލް ހަކަބީ ވަނީ ވިދާޅުވެފައެވެ.
ޖޫން މަހުގެ 13ވަނަ ދުވަހުން ފެށިގެން އަށް ފަހަރެއްގެ މަތިން އީރާނުން މިސައިލް ޙަމަލާތައް ދީފައިވާއިރު، ޔަހޫދީންގެ ހަތަރު އެފް-35 ޖެޓާއި 100އަށްވުރެ ގިނަ ޑްރޯން އީރާނުން ވަނީ ވައްޓާލައިފައެވެ. އީރާނުން އިތުރު ޙަމަލާތަކެއް ޔަހޫދީ ދައުލަތުގެ ހައިފާއަށް ދޭނެ ކަމަށް ބެލެވޭތީ ހައިފާގެ އާންމުން ރައްކާތެރި ހިޔާތަކުގައި މަޑުކުރުމަށް ޔަހޫދީ އިދާރާތަކުން ވަނީ އަންގައިފައެވެ. އައު މިސައިލްތައް އަމާޒަށް ވާޞިލްވަމުންދާއިރު ޔަހޫދީންނަށް ދަނީ ޙަމަލާތަކުގައި ޒަޚަމްވަމުންނެވެ. އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ތެހްރަންގެ ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް ގޮވާލައިފައެވެ. މީސްމިޑިޔާގައި ޙިއްޞާ ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އީރާނަށް ނިއުކްލިޔަރ ހަތިޔާރެއް ނުގެންގުޅެވޭނެ ކަމަށެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކުގެ ސަބަބުން ޖީ7 ބައްދަލުވުމުގައި ބައިވެރިވުމަށް ޓްރަމްޕް ކެނެޑާއަށް ކުރައްވަމުންދާ ދަތުރުފުޅު ކުރު ކޮށްލައްވައި އެނބުރި އެމެރިކާއަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ވެސް އެމެރިކާއިން ވަނީ އިޢުލާނު ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
