
ޔަހޫދީން އިސްވެ އީރާނަށް ދިން ޙަމަލާއާ ގުޅިގެން އީރާނުން ފަށާފައިވާ އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ދަށުން ޔަހޫދީންގެ ހަތަރުވަނަ އެފް-35 ޖެޓު ވައްޓާލައިފިއެވެ. ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އީރާނަށް ދިން ޙަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިޔަރ މަރުކަޒުތަކުގެ އިތުރުން އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނަށެވެ. އެ ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ 20 ކޮމާންޑަރުންނާއި ނިއުކްލިޔަރ މަޝްރޫޢުގައި އިސްކޮށް ޙަރަކާތްތެރިވާ ހަ ސައިންސުވެރިން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ އިތުރުން ގިނަ ޢަދަދެއްގެ އާންމުން ޝަހީދުވެ، އެތައް ބަޔަކަށް ޒަޚަމްވެފައިވެއެވެ.
އެ ޙަމަލާތަކުގެ ބަދަލުގައި އީރާނުން ފަށާފައިވާ ޚާއްޞަ އަސްކަރީ އޮޕަރޭޝަންގެ ދަށުން ވަނީ މިހާތަނަށް އަށް މިސައިލް ޙަމަލާ ޔަހޫދީ ދައުލަތަށް ދީފައެވެ. އެ ޙަމަލާގައި ޔަހޫދީ ދައުލަތުގެ އެކި ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް އީރާނުން ވަނީ ސަތޭކައަށްވުރެ ގިނަ މިސައިލް ޙަމަލާ ޔަހޫދީންގެ ވެރިރަށް ތެލްއަވީވާއި ހައިފާގައި ހުރި މުހިންމު ސަރަޙައްދުތަކަށް ދީފައެވެ. އެ ގޮތުން ހައިފާގައި ހުންނަ ހަކަތައިގެ މަރުކަޒެއްގައި ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. މި މަރުކަޒަކީ ޔަހޫދީންނަށް ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރާ މަރުކަޒެކެވެ. އެ މަރުކަޒަށް ކާމިޔާބުކަމާއެކު އީރާނުން މިސައިލް ޙަމަލާއެއް ދީފައި ވަނީ އެ މަރުކަޒު ރައްކާތެރިކުރާ އެރޯ-3 ވައިގެ ދިފާޢީ ނިޒާމު ފޫއަޅުވާލައިފައެވެ.
އޭގެ އިތުރުން ޔަހޫދީންގެ އެންމެ ބޮޑު ތެޔޮ ކާރުޚާނާއަށް ވެސް އީރާނުން ވަނީ ބޮޑެތި ގެއްލުންތައް ދީފައެވެ. ޔަހޫދީން ދިރިއުޅޭ ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް ވެސް ޙަަމަލާތަކުގެ ސަބަބުން ވަނީ ކެނޑިފައެވެ. އޭގެ އިރުން ރަމަތު ގަންގައި ހުންނަ އުސް އިމާރާތަކަށް ވެސް މިސައިލް ޙަމަލާ ދީފައިވެއެވެ. އަދި ޕެތާ ތިކުވާގެ އިމާރާތަކަށް ވެސް މިސައިލު ޙަމަލާ ދީފައިވެއެވެ. އެ އިމާރާތްތަކުގެ ދަށުގައި އާންމުންގެ ގިނަ ޢަދަދެއްގެ މީހުން ތާށިވެފައިވާ ކަމަށް ބެލެވެއެވެ. ޙަމަލާތަކުގައި ގެއްލުން ލިބޭ ސަރަޙައްދުތަކުގެ ފޮޓޯއާއި ވީޑިޔޯ އާންމު ކުރުން ޔަހޫދީ ދައުލަތުން ވަނީ މަނާ ކޮށްފައެވެ. ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް ދިނުމުގެ އިތުރުން އީރާނުން ދަނީ ޔަހޫދީން އީރާނަށް އަމާޒު ކުރަމުންދާ ޙަމަލާތައް ވެސް ހުއްޓުވަމުންނެވެ. ޖޫން މަހުގެ 13ވަނަ ދުވަހުން ފެށިގެން މިހާތަނަށް އީރާނުން ވަނީ ޔަހޫދީންގެ ހަތަރު ޖެޓު ވައްޓާލައި 100އަށްވުރެ ޑްރޯން ވަނީ ހުއްޓުވާފައެވެ.
ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތަކުގައި އީރާނުގެ ދައުލަތުގެ މީޑިޔާއަށް ވަނީ ޙަމަލާ ދީފައެެވެ. މި ޙަމަލާގެ ސަބަބުން ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ވާނެ ކަމަށް ބެލެވެއެވެ. ޢެ ޙަމަލާގައި ގިނަ ޢަދަދެއްގެ މީހުންނަށް ޒަޚަމްވި ކަމަށް ބެލެވެއެވެ. ޔުނިވަސިޓީ އޮފް ތެހްރާންގެ ބައިނަލްްއަޤްވާމީ ގުޅުންތަކާބެހޭ ޕްރޮފެސަރެއް ކަމަށްވާ ފުއާދް އިޒާދީ ވިދާޅުވީ ޙަމަލާގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދުވުން އެކަށީގެންވާ ކަމަށެވެ. އެ އިމާރާތަކީ ވަރަށް ބޮޑު އިމާރާތެއް ކަމަށާއި، ހަތަރު ފަންގިފިލާގެ އެ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 300އެއްހާ މީހުން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް އީރާނުގެ 200އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ. އީރަނުގެ ޙަމަލާތަކުގައި ޔަހޫދީންގެ 20އަށްވުރެ ގިނަ މީހުން ވެސް މަރުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
