
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ދޭން ފަށާފައިވާ ޙަމަލާތަކުގައި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިތުރު ގެެެެއްލުންތަކެއް ލިބިފައި ނުވާ ކަމަށް އދގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ، އައިއޭއީއޭގެ އިސްވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވެއްޖެއެވެ. އައިއޭއީއޭ އަދި ގްރޮސީ މީގެ ކުރިން ވަނީ ޔަހޫދީން ހުކުރު ދުވަހު ދިން ޙާމަލާގައި އީރާނުގެ ތިން ނިއުލްލިޔަރ މަރުކަޒުގެ ތެރެއިން އެންމެ ކުޑަ މަރުކަޒު ސުންނާފަތިވެފައިވާ ކަމަށް ބުނެފައެވެ. އިސްފަހާންގައި ހުންނަ މައި ނިއުކްލިޔަރ މަރުކަޒެއް ކަމަށްވާ ނަތަންޒް ފިއުލް އެންރިޗްމަންޓް ޕްލާންޓާ އެއް ސަރަޙައްދެއްގައި ހުންނަ ނަތަންޒް ޕައިލެޓް ފިއުލް އެންރިޗްމަންޓް ޕްލާންޓަކީ ބިމުގެ މަތީގައި ހުންނަ މަރުކަޒެކެވެ.
ބިމު އަޑީގައި ޤާއިމު ކޮށްފައިވާ ނަތަންޒް ޕައިލެޓް ފިއުލް އެންރިޗްމަންޓް ޕްލާންޓަށް ޙަމަލާގައި ގެއްލުން ލިބިފައިވާ ކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ. ނަމަވެސް އެ މަރުކަޒަށް ހަކަތަ ފޯރު ކޮށްދޭ މައި ޕަވަރ ސަޕްލައިއަށް ޙަމަލާގައި ވަނީ ގެއްލުން ލިބިފައެވެ. އޭގެ ސަބަބުން އެ މަރުކަޒުގައި ހުންނަ ޔުރޭނިއަމް މުއްސަނދި ކުރާ ސެންޓްރިފޫޖްތަކަށް ގެއްލުން ލިބިފައިވުން އެކަށީގެންވެއެވެ. ނަމަވެސް ޤުމްގައި ހުންނަ ފޯރްދޯ ނިއުކްލިޔަރ މަރުކަޒަށް ގެއްލުން ލިބިފައިވާ ކަމަށް ނުބެލެވެއެވެ. އެއީ ފަރުބަދައެއްގައި ޤާއިމު ކޮށްފައިވާ ވަރަށް ވަރުގަދައަށް ރައްކާތެރި ކޮށްފައިވާ ނިއުލްލިޔަރ މަރުކަޒެކެވެ.
އައިއޭއީއޭގެ ގަވަރުނަރުންގެ ބޯޑާ ބައްދަލު ކުރައްވައި ދެއްވި ބަޔާނެއްގައި ގްރޮސީ ވިދާޅުވީ ހުކުރު ދުވަހުގެ ޙަމަލާއަށް ފަހު ނަތަންޒް ފިއުލް އެންރިޗްމަންޓް ޕްލާންޓް ހުންނަ ސަރަޙައްދަށް އިތުރު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ހުކުރު ދުވަހުގެ ޙަމަލާގައި ގެއްލުން ލިބިފައި ވަނީ ޕައިލެޓް ފިއުލް އެންރިޗްމަންޓް ޕްލާންޓުގެ ބިމުގެ މަތީގައިވާ ބަޔަށް އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ. ގްރޮސީ މީގެ ކުރިން ވަނީ ޔަހޫދީންގެ ޙަމަލާތަކުގައި އިސްފަހާންގައި ހުންނަ ނިއުކްލިޔަރ މަރުކަޒުތަކުގެ ހަތަރު އިމާރާތަކަށް ގެއްލުން ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ޔުރޭނިއަމް ޔުރޭނިއަމް ހެކްސާފްލޮރައިޑަށް ހަދައިދޭ “ކޮންވާޝަން” އިމާރާތެއް ހިމެނޭ ކަމަށް އޭރު ބުނެފައިވެއެވެ. ޔުރޭނިއަމް މުއްސަނދި ކުރުމަށް ސެންޓްރިފޫޖްތަކުގައި ބޭނުން ކުރަނީ ޔުރޭނިއަމް ހެކްސާފްލޮރައިޑެވެ.
އޭގެ ތަފްޞީލް ދެއްވަމުން ގްރޮސީ ވިދާޅުވީ އިސްފަހާންގައި ހުންނަ ނިއުކްލިޔަރ މަރުކަޒުން ހުކުރު ދުވަހުގެ ޙަމަލާގައި ގެއްލުން ލިބިފައި ވަނީ އެ މަރުކަޒުގެ މައި ކެމިކަލް ލެބޯޓްރީއަށާއި ޔުރޭނިއަމް ކޮންވާޝަން ޕްލާންޓަށާއި ތެހްރާންގެ ނިއުކްލިޔަރ ރިއެކްޓަރ ފިއުލް އުފައްދާ ޕްލާންޓަކަށާއި އިމާރާތް ކުރަމުންދިޔަ ޔުރޭނިއަމް ޓެޓްރާފްލޮރައިޑް މުއްސަނދި ކޮށް ދަގަނޑު ޔުރޭނިއަމަށް ބަދަލު ކުރާ މަރުކަޒަކަށް ކަމަށެވެ. ގްރޮސީ އިތުރަށް ވިދާޅުވީ އައިއޭއީއާ އީރާނުގައި ޙަރަކާތްތެރިވަމުންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ޙަރަކާތްތެރިވަމުން ދާނެ ކަމަށެވެ. ޙާލަތު ރަނގަޅުވިހާ އަވަހަކަށް އީރާނުން ސޮއިކޮށްފައިވާ ނަން-ޕްރޮލިފަރޭޝަން މުއާހަދާއިން ލާޒިމް ކުރާ ގޮތަށް އީރާނުގެ ނިއުކްލިޔަރ މަރުކަޒުގެ ކަންތައްތައް ބެލުމަށް އިންސްޕެކްޝަންތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
