
އީރާނުގެ ދައުލަތުގެ މީޑިޔާއަށް ޔަހޫދީން ޙަމަލާ ދީފިއެވެ. ޔަހޫދީންގެ މިސައިލް ހަމަލާ އީރާނުގެ ދައުލަތުގެ ޓީވީއަށް އަމާޒު ކުރި ވަގުތު އެ ޓީވީގެ ނޫސްވެރިއެއް ކަމަށްވާ ސަހަރު އިމާމީ ދިޔައީ ޚަބަރެއް ހުށަހަޅައިދެމުންނެވެ. ސްޓޫޑިޔޯ ހުރި އިމާރާތަށް މިސައިލް އެރުމާއާއެކު، ވަރުގަދަ ގޮވުމެއްގެ އަޑު އިވި މުޅި އިމާރާތް ވަނީ ގުޑައިގެން ގޮސްފައެވެ. އަދި މުޅި ސްޓޫޑިޔޯ ތެރެއަށް ވަނީ ކުނޑި ފަައިބަން ފަށާފައެވެ. އެއާއެކު ވަގުތުން ދުރަށް ދައްކަމުން ދިޔަ ހުށަހެޅުން ވަނީ ހުއްޓާލައިފައެވެ.
އީރާނުގެ ޚަބަރުތަކުން ބުނީ ސަހަރު އަދި ސްޓޫޑިޔޯގައި ތިބި އެހެން މީހުންނަށް ޙަމަލާގައި ޒަޚަމްވެފައި ނުވާ ކަމަށެވެ. ޔަހޫދީން އީރާނުގެ ދައުލަތުގެ މީޑިޔާއަށް ދިން ޙަމަލާގައި ގިނަ ޢަދަދެއްގެ މީހުންނަށް ޒަޚަމްވާނެ ކަމަށް ބެލެވެއެވެ. ޔުނިވަސިޓީ އޮފް ތެހްރާންގެ ބައިނަލްްއަޤްވާމީ ގުޅުންތަކާބެހޭ ޕްރޮފެސަރެއް ކަމަށްވާ ފުއާދް އިޒާދީ ވިދާޅުވީ ޙަމަލާގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދުވުން އެކަށީގެންވާ ކަމަށެވެ. އެ އިމާރާތަކީ ވަރަށް ބޮޑު އިމާރާތެއް ކަމަށާއި، ހަތަރު ފަންގިފިލާގެ އެ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 300އެއްހާ މީހުން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ދައުލަތުގެ ޓީވީ ހިންގަނީ އެ އިމާރާތުގެ އެއްވަނަ ފަންގިފިލާގައެވެ.
މި ޙަމަލާގެ ސަބަބުން ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ވާނެ ކަމަށް ބެލެވެއެވެ. ހުކުރު ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދޭން ފެށުމާއެކު އީރާނުން ވެސް ދަނީ ޔަހޫދީ ދައުލަތަށް ވަރުގަދަ ޙަމަލާތައް އަމާޒު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
