
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޕާކިސްތާނުން އީރާނަށް ބެލިސްޓިކް މިސައިލް ފޯރުކޮށްދީފާނެތީ، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ކަންބޮޑުވުންފާޅުކޮށްފިއެވެ. ޔަހޫދީންގެ ދައުލަތުން އިސްވެ އީރާނާށް މިދިޔަ ހުކުރު ދުވަހު ދިން ނިރުބަރި ޢުދުވާނުތަކާ ގުޅިގެން، ދެ ޢައުމުގެ ދެމެދުގައި ފާއިތުވި ހަތަރު ދުވަހު ވެސް ވަނީ ވަރުގަދަ ޙަމަލާތައް ބަދަލުކުރެވިފައެވެ. ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސް މަސްދަރުތަކާ ޙަވާލާދީ ބައެއް މީޑިއާތައް ރިޕޯޓުތައް ބުނާގޮތުގައި، އީރާނަށް ޕާކިސްތާނުގެ ޝާހީން-3 ބެލިސްޓިކް މިސައިލް ފޯރުކޮށްދޭން ޕާކިސްތާނު އޮތީ ތައްޔާރަށެވެ. ގާތްގަނޑަކަށް 2،750 ކިލޯމީޓަރާ ހަމައަށް ދަތުރުކުރުމުގެ ޤާބިލުކަން ހުރި ޝާހީން-3 ބެލިސްޓިކް މިސައިލް އީރާނަށް ލިބިއްޖެނަމަ، އިސްރާއީލުގެ ގިނަ ސަރަޙައްދުތަކަށް އީރާނުން ޙަމަލާދިނުމުގެ ޤާބިލުކަން އެތައް ގުނައެއް އިތުރުވާނެއެވެ.
މި ކުރިމަތިލުންތައް ފެށުމާއެކު، ޕާކިސްތާނުން ވަނީ އިސްރާއީލުގެ ޙަމަލާތައް ކުށްވެރިކޮށް، އީރާނާ އެކު ދެގޮތެއް ނުވެ އޮންނާނެކަމުގެ ޔަޤީންކަން ދީފައެވެ. ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާޞިފް ވަނީ، އިސްރާއީލުން އިސްވެ މުޅި މެދުއިރުމަތި ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓައިލަން ހުޅަނގުގެ ޤައުމުތަކުން ފުރުޞަތު ދީފިނަމަ، އެކަމުގެ ނަތީޖާ އެ ޤައުމުތަކަށް ވެސް ހިތިވާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. މިގޮތުން، ހުޅަނގުގެ ޤައުމުތަކުން އިސްރާއީލަށް ތާޢީދުކޮށްގެން ތިއްބައި، މި ހަމަނުޖެހުންތައް މެދުއިރުމަތިން ބޭރުވެ، މުޅި ދުނިޔެއަށް ފެތުރިގެންދިޔުމުގެ ބިރު އެބަ އޮތް ކަމަށް ވެސް، ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ. އަދި އިސްރާޢީލުގެ އަނިޔާވެރިކަމާ ދެކޮޅަށް، ޔަހޫދީންގެ ދަޢުލަތާ އެކު ގުޅުން ކަނޑާލައި، އިސްލާމީ ހުރިހާ ޤައުމުތަކެއް އެކުގައި ތެދުވުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފައެވެ.
“މިހާރު ޔަމަނާއި، އީރާނު އަދި ފަލަސްޠީނަށް އިސްރާއީލުން އަމާޒު ހިފާފައިވާއިރު، އަމިއްލަ މަސްލަޙަތު ހިމާޔަތްކުރުމުގައި އިސްލާމީ އެހެން ޤައުމުތަކުން ތިބެއްޖެނަމަ، އެ އަމާޒު އެހެން ޤައުމުތަކަށް ވެސް އިސާހިތަކު އެނބުރޭނެ،” އާޞިފް ވިދާޅުވިއެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރުޖީސީ)ގެ ޖެނެރަލް އަދި އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެމްބަރު މަޙްމޫދު ރަޒާއީ އާ ޙަވާލާދީ، ތުރިކީވިލާތުގެ ނޫހަކުން ބުނީ، އިސްރާއީލުން އީރާނަށް ނިއުކްލިޔަރ ޙަމަލާއެއް ދީފިނަމަ، ޕާކިސްތާނުގައި ހުރި ނިއުކްލިޔަރ ހަތިޔާރުގެ ބޭނުންކޮށްގެން، އޭގެ ރައްދުގައި ޕާކިސްތާނުން އިސްރާއީލަށް ނިއުކްލިޔަރ ޙަމަލާދޭނެ ކަމަށް ޕާކިސްތާނުން ބުނެފައިވާ ކަމަށެވެ.
ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އެ ޙަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުން ޝަހީދު ކޮށްލާފައިވާއިރު، ދެން ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކާއި އަސްކަރީ އަދި ދިފާޢީ މަރުކަޒުތަކަށެވެ. އީރާންގެ ރޫހީ އިސްވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދު ކޮށްލުމަށް ވެސް ޔަހޫދީން އޮތީ ރާވާފައެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި އެމެރިކާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
