
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތް ދެވޭ މިންވަރު ދެނެގަތުމަށްޓަކައި ލޭގެ ޚިދުމަތް ދޭ ހުރިހާ ތަނެއްގެ ތަފާސްހިސާބު ޑިޖިޓަލައިޒްކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅިގެން ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ ކޮންމެ މަހަކު ލޭ އަޅާ މީހުންގެ ތަފާސްހިސާބުތައް ޑިޖިޓަލައިޒްކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މިއާއެކު ހެލްތު ރިކޯޑްގެ ތެރެއިން ލޭ ހަދިޔާ ކުރާ މިންވަރާއި އުމުރުފުރައާއި ލޭ އެންމެ ބޮޑަށް ބޭނުންވާ ހާލަތްތައް އަދި ސަރަޙައްދުތައް ދެނެގަނެވޭނެކަމަށެވެ. މިފަދަ ގޮތަކަށް ތަފާސްހިސާބުތައް ބެލެހެއްޓުމުގެ ސަބަބުން ދިރާސާތައްކޮށް ދިރާސާތަކުގެ އަލީގައި ރާއްޖެއަށް ބޭނުންވާ ލޭގެ ޚިދުމަތުގެ ސިޔާސަތުތައް އެކުލަވާލުމަށް މަގުފަހިވެގެންދާނެކަމަށްވެސް ޞިއްޙީ ވުޒާރާއިން ވިދާޅުވިއެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެންމެ ފަހުގެ ޓެސްޓިން މެތަޑް ބޭނުންކުރަން ފެށުމަށްވެސް ނިންމާފައިވާކަމަށެވެ. އަދި ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރާ މީހުން ކަނޑައެޅުމަށް “ޑޯނާސް ކަލެކްޝަން ކްރައިޓީރިއާ” ކަނޑައަޅައި ތަންފީޒުކުރުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ލޭ ހަދިޔާ ކުރުމާއި އެކަމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް އެކި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ޔޫނިއަންތަކާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ޞިއްޙީ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މިއެއްބަސްވުމުގައި ބައިވެރިވެފައިވަނީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އިސްލާމީ ޔުނިވަރސިޓީ، ވިލާ ކޮލެޖްގެ އިތުރުން އައިލެންޑް އިންސްޓިޓިއުޝަން އޮފް އެޑިއުކޭޝަން، ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް، މޯލްޑިވްސް ބިޒްނަސް ސްކޫލެވެ. މިރަސްމިއްޔާތުގައި މިތަންތަނާ ގުޅިގެން ކުރިއަށްގެންދާ ލޭ ހަދިޔާ ކުރުމުގެ ކެމްޕެއިން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމްވަނީ ފައްޓަވައިދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
