
ކުވޭއިތަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ސަފީރު އަޙްމަދު ސަރީރު، މަޤާމުގެ ފަތްކޮޅު ކުވެއިތުގެ ޚާރިޖީ ވަޒީރު ޢަބްދުالله ޢަލީ ޢަބްދުﷲ އަލް – ޔަހްޔާއަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދުގެ ކުވެއިތުގެ ޚަރިޖީ ވުޒާރާގައިއެވެ. ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ކުވެއިތުގެ ޚާރިޖީ ވަޒީރާއެކު ބޭއްވެވި ބައްދަލުވުމުގައި ސަފީރު އަޙްމަދު ސަރީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ކުވެއިތުގެ ވެރިންނާށާއި، ކުވެއިތު ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އާ ކުވެއިތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކޮށް، ތަރައްޤީގެ ތަފާތު މަޝްރޫޢުތަކަށް ކުވެއިތުން ވެދެއްވާ އެހީތެރިކަމަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ކުވެއިތާއި ދެމެދު އޮތް ގުޅުން އެމަނިކުފާނުގެ ސަފީރުކަމުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ސަފީރު ސަރީރު ވަނީ އަރުވާފައެވެ.
ކުވެއިތުގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ސަފީރުކަމުގެ އައު ދައުރު ފެއްޓެވުމާއި ގުޅިގެން ސަފީރު ސަރީރަށް މަރުހަބާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭއިން ކުވެއިތަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ. ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ސަރީރުގެ އަރިހުގައި ސަޢުދި ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރ، އަޙުމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވިއެވެ. ކުވެއިތަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުގެ އިތުރުން، ސަރީރަކީ ރާއްޖެއިން ސަޢުދި އަރަބިއްޔާއަށް، ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސްމެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
