
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އައު އިންފްލައިޓް މަޖައްލާ ‘އޭރިއަލް އައިލްސް’ ގެ ފުރަތަމަ އަދަދު ހުރިހާ ދަތުރުތަކެއްގައި ލިބެން ހުންނާނެކަމަށް އެ ކުންފުނިން ބުނެފިއެވެ. މި މަޖައްލާ ލިބެން ހުންނާނީ އެތެރޭގެ އަދި ބޭރުގެ ދަތުރުތަކުގެ އިތުރުން ސީޕްލޭން ދަތުރުތަކުގައި އަދި މޯލްޑިވިއަންގެ ހުރިހާ ލައުންޖްތަކެއްގައެވެ.
މިއަހަރުގެ ކުރީކޮޅު ދުބާއީގައި ބޭއްވި އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ތައާރަފުކުރެވުނު މި މަޖައްލާއަކީ މޯލްޑިވިއަންގެ ފަސިންޖަރުންގެ ތަޖުރިބާގެ މުހިންމު ބައެއް ކަމުގައި ވާނެއެވެ. އޯޕަން ސްކައި ގްރޫޕާ ގުޅިގެން ތައްޔާރުކުރެވޭ މި މަޖައްލާގައި ދިވެހިރާއްޖެ ފާހަގަކުރެވެނީ މުއްސަނދި ވާހަކަތަކާއި، ސަގާފީ ކަންކަމާއި، ދަތުރުފަތުރާ ގުޅޭ މައުލޫމާތުތަކުގެ ތެރެއިންނެވެ.

(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
‘އޭރިއަލް އައިލްސް’ ގައި ހިމެނެނީ އިނގިރޭސި ބަހުން ލިޔެފައިވާ މަޖައްލާތަކެކެވެ. އަދި ހޮވާލެވިފައިވާ ބައެއް ލިޔުންތައް ދިވެހި އަދި ޗައިނާ ބަހުން ވެސް ހިމަނާފައިވެއެވެ. ދިވެހި ތަރިކައާ ބެހޭ މައުލޫމާތުން ފެށިގެން އަލަށް ތައާރަފުވަމުންދާ މަންޒިލުތަކާ ހަމައަށް، ކޮންމެ އަދަދެއް ވެސް ފަރުމާކުރެވިފައިވަނީ މައުލޫމާތު ދިނުމަށާއި މުނިފޫހިފިލުވުމަށް އަދި އެކިއެކި ކަންކަމަށް އިލްހާމު ކޮށްދިނުން ނުވަތަ ހޭލުންތެރިކުރުމަށެވެ. އަހަރަކު ތިން ފަހަރު ޝާއިރުކުރެވޭ މި މަޖައްލާއިން މޯލްޑިވިއަންގެ އަމާޒެއްކަމަށްވާ ދިވެހިރާއްޖޭގެ މެހެމާންދާރީ، ފަތުރުވެރިކަން އަދި ހާއްސަކޮށް ރާއްޖޭގެ ވަނަވަރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއެރުވުމަށް ވެސް އެހީތެރިވެދެއެވެ.
މޯލްޑިވިއަންގެ ހުރިހާ ދަތުރެއްގައި އަދި ލައުންޖްތަކުގައި ‘އޭރިއަލް އައިލްސް’ ލިބެން ހުރުމުން، ފަސިންޖަރުންނަށް އެމީހުންގެ ދަތުރުގެ ތެރޭގައި ދިވެހިރާއްޖެއާ އިތުރަށް ގުޅުން ބަދަހިކުރެވޭނެއެވެ. މޯލްޑިވިއަންއިން ވަނީ މި މަޖައްލާ ޝާއިރުކުރުމުގައި އެހީތެރިވެދެއްވި އޯޕަން ސްކައި ގްރޫޕަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް އަދަދުތަކުގައި އިތުރު ވާހަކަތައް ހިއްސާކުރުމަށް އުންމީދުކުރާ ކަމަށް ވެސް ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
