
އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ދަށުން އީރާނުން ޔަހޫދީ ދައުލަތަށް ދެމުންދާ ވަރުގަދަ ޙަމަލާތައް ތިންވަނަ ރެއަކަށް ކުރިއަށް ގެންގޮސް ބޮޑެތި ގެއްލުންތައް ދީފިއެވެ. ހުކުރު ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާދީ އެ ޤައުމުގެ އަސްކަރިއްޔާގެ ގިނަ ޢަދަދެއްގެ ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންސުވެރިން ވަނީ ޝަހީދު ކޮށްލައިފައެވެ. އެއާއެކު އީރާނުން ވަނީ ޔަހޫދީންނަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. ދެ ފަރާތުން ބަދަލު ކުރަމުންދާ ޙަމަލާތަކުގައި މިހާތަނަށް އީރާނުގެ 128 ރައްޔިތުން ޝަހީދު ވެފައިވާއިރު 500 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އަދި ޔަހޫދީންގެ 14 މީހުން މަރުވެ 500 މީހުންނަށް ޒަޚަމްވެފައި ވެއެވެ.
އީރާނުގެ އެންމެ ފަހުގެ ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރަމުންދަނީ ޔަހޫދީންގެ ވެރިރަށް ތެލް އަވީވަށާއި ހައިފާއަށެވެ. ޙަމަލާތަކުގައި ބޮޑުވަރު ވަމުން ދަނީ ހައިފާއަށެވެ. އެ ރަށުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި އަލިފާންގަނޑުތައް ރޯވެ އެ ރަށް ދަނީ އަނދަމުންނެވެ. ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުންނަށް ވަނީ ޒަޚަމްވެފައެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އީރާނުން ވަނީ ޔަހޫދީންގެ 44 ޑްރޯން ވައްޓާލައިފައެވެ. ޔަހޫދީން ވަނީ އީރާނުން ދޭ ޙަމަލާތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ފޮޓޯ ޝާއިޢު ކުރުން މަނާ ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
