
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ދައުލަތުގެ ވައިގެ ސަރަޙައްދު ބަންދު ކުރުމުން އެތައް ހާސް ޔަހޫދީން ރަށަށް އަނބުރާ ނުދެވި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތާށިވެއްޖެއެވެ. ޔަހޫދީންގެ ވައިގެ ސަރަޙައްދު ބަންދުކޮށްފައި ވަނީ ހުކުރު ދުވަހު ޔަހޫދީން އިސްވެ އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ފަހުގައެވެ. ވައިގެ ސަރަޙައްދު މުއްދަތެއް ނެތް ގޮތަށް ބަންދު ކުރުމާ ގުޅިގެން އެ ސަރަޙައްދަށް ދަތުރުކުރާ ހުރިހާ ފްލައިޓެއް ވަނީ ކެންސަލް ކޮށްފައި، ނުވަތަ އެހެން މަންޒިލްތަކަށް ބަދަލު ކޮށްފައެވެ. އެއާއެކު ޔަހޫދީ ދައުލަތަށް ނިޞްބަތްވާ 100،000އަށް ވުރެ ގިނަ މީހުން ވަނީ އެނބުރި ރަށަށް އާދެވޭނެ މަގެެއް ނެތި އެކި ސަރަޙައްދުތަކުގައި ތާށިވެފައެވެ.
ޔަހޫދީ ދައުލަތުން ވަނީ ވައިގެ ސަރަޙައްދު އަލުން ހުޅުވައި ދަތުރުތައް ފެށުމުން ވެސް ޙުއްދަ ދޭނީ މަދު ޢަދަދެއްގެ ފްލައިޓުތަކަކަށް ކަމަށް ބުނެފައެވެ. އެހެންކަމުން ޔަހޫދީ ދައުލަތުގެ ރައްޔިތުން ޤައުމަށް އެނބުރި އައުމަށް ވަގުތުތަކެއް ނަގާފާނެ ކަމަށް ވަނީ ބުނެފައެވެ. މި ޙާލަތުގައި ރަށަށް އެނބުރި އައުމަށް ގިނަ ހަފްތާތަކެއް ނެގުން ވެސް އެކަށީގެންވާ ކަމަށް ޔަހޫދީ ދައުލަތުން ބުނެފައިވެއެވެ. އީރާނަށް އަމާޒު ކޮށް ޔަހޫދީން ދިން ޙަމަލާގެ ބަދަލުގައި އީރާނުން ވެސް ދަނީ ޔަހޫދީންނަށް ކެނޑިނޭޅި ވަރުގަދަ ޙަމަލާތައް ދެމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
