
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް ވަދެނިކުތުން ޔަހޫދީން މަނާ ކޮށްފިއެވެ. މިއީ ކޯވިޑް-19ގެ ފަހުން މަސްޖިދުލް އަަޤްޞާ މި ފަދަ ގޮތަކަށް ބަންދު ކުރާ ފުރަތަމަ ފަހަރެވެ. ހުކުރު ދުވަހުގެ ފަތިސް ނަމާދަށް ފަހު ޔަހޫދީ ސިފައިން މިސްކިތުގެ ތެރެއަށް ވަދެގަނެ މިސްކިތުގައި ތިބި މީހުން ވަނީ ބޭރު ކޮށްލައިފައެވެ. އެއަށްފަހު މިސްކިތުގެ ދޮރުތައް ލައްޕައި ގޭޓުތައް ވެސް ވަނީ ބަންދު ކޮށްފައެވެ. އެއްވެސް މީހަކަށް މިސްކިތަށް ނުވަދެވޭނެ ކަމަށް ޔަހޫދީ ސިފައިން އަންގާފައިވާ ކަމަށް އެ ވަގުތު އެ ސަރަޙައްދުގައި ތިބި މީހުން ބުނެއެވެ. އެއާއެކު އެ ދުވަހު މަސްޖިދުލް އަޤްޞާގައި ހުކުރު ނަމާދު ވެސް ކޮށްފައެއް ނުވެއެވެ.
ޔަހޫދީން މަސްޖިދުލް އަަޤްޞާ ބަންދު ކޮށްފައި ވަނީ އީރާނާ ދެކޮޅަށް ޔަހޫދީ ދައުލަތުން ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ފަހު، ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ވެސް ފުރަބަންދެއް ޤާއިމު ކޮށްފައިވަނިކޮށެވެ. އޭގެ ފަހުން އީރާނުން ވެސް ދަނީ ޔަހޫދީންނާ ދެކޮޅަށް ވަރުހަދަ ޙަމަލާތައް ދެމުންނެވެ.
ޤުދުސުގައި ހުންނަ އިސްލާމިކް ވަޤުފުގެ އިންޓަނޭޝަނަލް އެފެއާޒް، ޑިޕްލޮމަސީ އެންޑް ޓުއަރިޒަމްގެ ޑިރެކްޓަރު އަޢޫން ބަޒްބާޒް ވިދާޅުވީ ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ބަހަނާއެއްގެ ގޮތުގައި ދަައްކައި މަސްދިދުލް އަޤްޞާއަށް ޔަހޫދީން އިތުރަށް ބާރު ފޯރުވުމަށް މަސައްކަތް ކޮށްފާނެތީ ކަންބޮޑުވާ ކަމަށެވެ. ދުނިޔޭގެ ސަމާލުކަން ޔަހޫދީން ކެނޑިނޭޅި ޙަމަލާ ދެމުންދާ ޣައްޒާއަށާއި އީރާނަށް ހުއްޓިފައިވާ ވަގުތު، މަސްޖިދުލް އަޤްޞާ ބޭނުން ކުރުމަށް އައު ހުރަސްތައް އެޅުމަށް ޔަހޫދީން މަސައްކަތް ކުރާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
