
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާއި އީރާނާ ދެމެދު ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތައް، އަވައްޓެރި ޤައުމުތަކަށް ފެތުރި، ސަރަޙައްދީ ބޮޑު ހަމަނުޖެހުމަކަށްދާން އީރާނުން ބޭނުން ނުވާ ކަމަށާއި، ނަމަވެސް، އަމިއްލަ ދިފާޢުގައި އީރާނުން އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހޭނެކަމަށް އީރާނުގެ ޚާރިޖީ ވަޒީރު، އައްބާސް އާރާޤްޗީ ވިދާޅުވެއްޖެއެވެ. އާރާޤްޗީ ވިދާޅުވި ގޮތުގައި، މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގައި އީރާނުން އިސްވެ ޙަމަލާދީފައިނުވާއިރު، އީރާނަށް ޙަމަލާދިނުން އިސްރާއީލުން ހުއްޓައިލުމުން، ރައްދުގައި އީރާނުން އިސްރާއީލަށް ދެމުންދާ ޙަމަލާތައް ވެސް ހުއްޓުމަކަށް އަންނާނެއެވެ. އަދި ޤަތަރާއެކު އީރާނުން ހިންގާ ގޭސް އުފައްދާ ސައުތު ޕާސްއަށް ޔަހޫދީންގެ ފައުޖުން ޙަމަލާދިނުމަކީ ޣައިރުޒިންމާދާރު އަދި ނުރައްކާތެރި ޢުދުވާނެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
“ޕަރޝިއަން ގަލްފަށް މި ކުރިމަތިލުންތައް ފުޅާކުރުމަކީ ހެދި ވަރަށް ބޮޑު ގޯހެއް. އެއީ އީރާނުގެ ސަރަޙައްދުން ބޭރަށް މި ހަމަނުޖެހުން ގެންދަން އެޅި ފިޔަވަޅެއް،” އޭނާ ވިދާޅުވިއެވެ. އާރާޤްޗީ ވިދާޅުވީ، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން މި ޙަމަލާތައް ދީފައިވަނީ، އީރާނާއި އެމެރިކާއިން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމެއް އެކުލަވައިލުމަށް ހުރަސްއަޅަން ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހު ފެށި އެ މަޝްވަރާތަކުގެ ހަ ވަނަ ބުރި މިއަދު އޮމާނުގައި ބާއްވަން ތާވަލުކުރީ، ނިއުކްލިޔަރ އެއްބަސްވުމަކަށް އީރާނުން ހުށަހަޅާ ކަންކަން ހުށަހެޅުމަށެވެ. ނަމަވެސް، އިސްރާއީލުގެ ޙަމަލާތަކާ ގުޅިގެން، އެ ބައްދަލުވުން މިހާރު ވަނީ ކެންސަލްކޮށްފައެވެ.
އަދި އިސްރާއީލުގެ ޙަމަލާތަކުގެ މަޢުލޫމާތެއް ނުލިބޭކަމަށް އެމެރިކާއިން ބުނާ ވާހަކަތައް ޤަބޫލުކުރައްވަން އޭނާ ވަނީ ދެކޮޅު ހައްދަވައިފައެވެ. އާރާޤްޗީ ވިދާޅުވީ، އެމެރިކާގެ ރުހުން ނެތި، އިސްރާއީލުން އެފަދަ ނިންމުމެއް ނުނިންމާނެ ކަމަށެވެ. އީރާނަށް ޔަހޫދީ ފައުޖުން ދެމުންދާ ހަމަލަތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވެސް ދަނީ މެދުކެނޑުމެއް ނެތި ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާތައް ދެމުންނެވެ. މިގޮތުން، ޔަހޫދީންގެ ފައުޖުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް އަޅާ ތެޔޮ އުފައްދާ މަރުކަޒުތަކާއެކު ހަކަތަ ފޯރުކޮށްދޭ މަގުތަކަށް މިސައިލްތަކާއި ޑްރޯންތައް ބޭނުންކޮށްގެން ޙަމަލާ ދީފައިވާކަމަށް އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯ (އައިއާރުޖީސީ) އިން ވަނީ ބުނެފައެވެ.
އައިއާރުޖީސީގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ޢަލީ މުޙައްމަދު ނައީނީ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ ޒަޔަނިސްޓް އިސްރާއީލުގެ އާ ޢުދުވާނީ ޙަމަލާތަކަށް ރައްދުދީ ‘ޓްރޫ ޕްރޮމިސް ތިނެއް’ ގެ ދަށުން ހިނގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގެ ތެރެއިން އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ތެޔޮ އުފައްދާ ވަސީލަތްތަކާއި ހަކަތަ ފޯރުކޮށްދޭ މަރުކަޒުތަކަށް ގިނަ އަދަދެއްގެ ޑްރޯންތަކާއި މިސައިލްތައް އަމާޒުކޮށްފައިވާ ކަމަށެވެ. އަދި އިސްރާއީލުން އީރާނަށް ޙަމަލާދިނުން ނުހުއްޓާނަމަ، މިހާރަށް ވުރެ މާ ވަރުގަދަ އަދި ފުޅާކޮށް، ރައްދުގައި އީރާނުން ޙަމަލާތައް ދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
