
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރަން އެހީތެރިވުމަށްޓަކައި، އިނގިރޭސިވިލާތުގެ އިތުރު އަސްކަރީ މަތިންދާބޯޓުތަކާއި އުޅަނދުތައް އެ ސަރަޙައްދަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށް، އެ ޤައުމުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ވިދާޅުވެއްޖެއެވެ. ޖޫން 13ވަނަ ދުވަހު އީރާނަށް ޔަހޫދީ ފައުޖުން އިސްވެ ޙަމަލާދީ އީރާނުގެ ސައިންސްވެރިންތަކަކާއި އަސްކަރީ އިސް އޮފިޝަލުންތަކެއް ޝަހީދުކޮށްލިއެވެ. އޭގެ ރައްދުގައި އީރާނުން ވެސް ޒަޔަނިސްޓު އިސްރާއީލްގެ ސަރަޙައްދުތަކަށް ޑްރޯނާއި މިސައިލް ޙަމަލާތައް ފޮނުވާލައި، ބޮޑެތި ގެއްލުންތައް ދީފައެވެ.
އޭގެފަހުން، ރޭގެ ވަގުތެއްގައި ވެސް ޔަހޫދީންގެ ފައުޖުން ވަނީ އީރާނުގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކަށް އަމާޒުކޮށް އައު ޙަމަލާތަކެއް ދީފައެވެ. ރައްދުގައި އީރާނުން ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ކެނެޑާގައި ބާއްވާ ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ފުރާވަޑައިގެންނެވުމުގެ ކުރިން، ސްޓާމަރ ނޫސްވެރިންނަށް ވިދާޅުވީ، އިނގިރޭސިވިލާތުގެ އަސްކަރީ މަތިންދާބޯޓުތަކާއެކު އަސްކަރީ އެހެން އުޅަނދުތައް ވެސް މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަމުންދާ ކަމަށެވެ.
އެއީ އެ ސަރަޙައްދުގައި ހަމަޖެހުން ޤާއިމުކުރަން އެހީތެރިވުމަށް ތައްޔާރުވުމުގެ ގޮތުން ކުރާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް އިނގިރޭސިވިލާތުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް މިހާރު ވެސް އެ ސަރަޙައްދުގައި ހަރަކާތްތެރިވެއެވެ. ސްޓާމަރގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، އީރާނާއި އިސްރާއީލުގެ ކުރިމަތިލުންތަކާއެކު ސަރަޙައްދީ ހަމަނުޖެހުމަކަށް ބަދަލުވެފައިވާކަން އެނގުމާއެކު، ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން، އަސްކަރީ އުޅަނދުތައް އެ ސަރަޙައްދަށް ފޮނުވުމުގެ މަސައްކަތް ފެށިއްޖެއެވެ.
މިގޮތުން، އަސްކަރީ މަރުކަޒުތަކަށް ތެޔޮ އަޅަން ބޭނުންކުރާ އިތުރު އުޅަނދުތަކާއެކު ހަނގުރާމަމަތީ އިތުރު މަތިންދާބޯޓުތައް ވެސް އެ ސަރަޙައްދަށް ފޮނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
