
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނަށް އަމާޒުކޮށް ޔަހޫދީންގެ ދަޢުލަތުން ދެމުންދާ ޙަމަލާތަކުގެ ރައްދުގައި، އީރާނާ ގުޅިގެން ޒަޔަނިސްޓު އިސްރާއީލުގެ ސަރަޙައްދުތަކަށް ޔަމަނުގައި ހަރަކާތްތެރިވާ ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ޙޫޘީންވެސް ޙަމަލާތައް ދޭން ފަށައިފިއެވެ. ޙޫޘީން ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބެލިސްޓިކް މިސައިލްތަކުން އިސްރާއީލުގެ ޖާފާއަށް ޙަމަލާ ދީފައި ކަމަށް، އެ ޖަމާޢަތުގެ ތަރުޖަމާނު ޔަޙްޔާ ސާރިއާ ޓީވީތައް މެދުވެރިކޮށް ބުންޏެވެ. “އަނިޔާވެރިކަން ތަޙައްމަލު ކުރަމުންދާ ފަލަސްޠީނާއި އީރާނުގެ ރައްޔިތުންނަށް ކާމިޔާބު ހޯދައިދިނުމަށް، މި ޙަމަލާތައް ރާވާފައިވަނީ އިސްރާއީލާ ދެކޮޅަށް އީރާނުގެ ސިފައިން ހިންގި އޮޕަރޭޝަންތަކާ ގުޅިގެން،” އޭނާ ބުންޏެވެ.
އީރާނުގެ އިތުރުން ޔަމަނުން ވެސް މިސައިލް ޙަމަލާތައް ފޮނުވާލާފައިވާކަން ޔަހޫދީންގެ ނިރުބަވެރި ފައުޖުން ވަނީ ޔަޤީންކޮށްދީފައެވެ. ޖޫން 13ވަނަ ދުވަހު އީރާނަށް އިސްވެ ޙާމަލާދީފައި ވަނީ ޔަހޫދީ ފައުޖުންނެވެ. އޭގެ ރައްދުގައި އީރާނުން ވެސް ޒަޔަނިސްޓު އިސްރާއީލްގެ ސަރަޙައްދުތަކަށް ޑްރޯނާއި މިސައިލް ޙަމަލާތައް ފޮނުވާލައި، ބޮޑެތި ގެއްލުންތައް ދީފައެވެ. އޭގެފަހުން، ރޭގެ ވަގުތެއްގައި ވެސް ޔަހޫދީންގެ ފައުޖުން ވަނީ އީރާނުގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކަށް އަމާޒުކޮށް އައު ޙަމަލާތަކެއް ދީފައެވެ. ރައްދުގައި އީރާނުން ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފަށާފައިވާ ޤަތުލުޢާންމާ ދެކޮޅަށް ތެދުވެފައިވާ ޖަމާޢަތްތަކުގެ ތެރޭގައި ޙޫޘީން ހިމެނެއެވެ. ޔަހޫދީންނާ ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަންގެ ދަށުން އެ ޖަމާޢަތުން ވަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީންގެ މަސްލަޙަތު އޮތް އާގުބޯޓުފަހަރާއި، އިސްރާއީލަށް މުދާ އުފުލާ އުޅަނދުފަހަރަށެވެ. އެ ޖަމާޢަތުން 100އަށްވުރެ ގިނަ އުޅަނދަށް ޙަމަލަދީ، އޭގެ ތެރެއިން ދެ އާގުބޯޓު ފައްތައިލާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
