
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 100އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީން ޣައްޒާއަށް މެދުކެނޑުމެއްނެތި ޙަމަލާ ދެމުން ދަނީ ޔަހޫދީންނާއި އީރާނާ ދެމެދު ވަރުގަދަ ޙަމަލާތައް ވެސް ބަދަލު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 35 ރައްޔިތުން ޔަހޫދީން ޝަހީދު ކޮށްލާފައިވާއިރު އޭގެ ތެރެއިން ގިނަ މީހުން ޝަހީދު ކޮށްލާފައި ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އެމެރިކާއާ ގުޅުންހުރި ކުންފުނި، ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން، ޖީއެޗްއެފުން ޤާއިމު ކޮށްފައިވާ އެހީބަހާ މަރުކަޒެއް ކައިރިންނެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި އަނިޔާވި ގިނަ މީހުން ގެންގޮސްފައި ވަނީ ޣައްޒާގެ މެދުތެރޭގައި ހުންނަ އަލްޢަވްދާ ހަސްފަތާލާއި އަލްއަޤްޞާ ހަސްފަތާލަށެވެ. ދެ ހަސްފަތާލުން ބުނީ ޝަހީދުވި މީހުންގެ ތެރެއިން 15 މީހުންނަކީ ނަތުރާޒީމް ކޮރިޑޯ ކައިރީގައި ހުންނަ އެހީބަހާ މަރުކަޒަށް ދިޔަ ބައެއް ކަމަށެވެ. އެހެން މީހުން ޝަހީދުވެފައި ވަނީ ޣައްޒާގެ ެހެން އެކި ސަރަޙައްދުތަކުގައި ކަމަށް ވެސް ހަސްފަތާލުތަކުން މަޢުލޫމާތު ދެއެވެ. ހަމަ އެ ދުވަހު ޣައްޒާގެ ޝިފާ ހަސްފަތާލުން ބުނީ ޔަހޫދީންގެ ޙަމަލާތަކުގައި އެ ސަރަޙައްދުން 12 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އެ މީހުންނަކީ އެހީގެ ސާމާނު ހިފައިގެން އަންނަ ލޮރީތަކުގެ އިންތިޒާރުގައި އެ ލޮރީތައް އަންނަ ސަރަޙައްދުގައި މަޑުކޮށްގެން ތިބި ބައެއް ކަމަށް އެ ހަސްފަތާލުން ބުނެފައިވެއެވެ.
އެހީގެ ސާމާނު ބެހުމުގެ މަސައްކަތުގައި ޖީއެޗްއެފުން ޣައްޒާގައި ޙަރަކާތްތެރިވާން ފެށީ ހުސްވި މޭ މަހުގެ ފަހުކޮޅުގައެވެ. ޖީއެޗްއެފް އަކީ ވަކިކޮޅަކަށް ނުޖެހޭ މިނިވަން ޖަމްޢިއްޔާއެއް ނޫން ކަމަށް ބުނެ އެ ޖަމްޢިއްޔާ މެދުވެރި ކޮށް ޣައްޒާއަށް އެހީގެ ސާމާނު ބެހުމަށް އދން ވެސް ވަނީ ދެކޮޅު ހަދައިފައެވެ. ޖީއެޗްްއެފުން އެހީގެ ސާމާނު ބަހާ ނިޒާމަކީ އެހީގެ ސާމާނު ހަނގުރާމައިގެ ހަތިޔާރަކަށް ހަދައި، ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވާ ނިޒާމެއް ކަމަށް އދން ތުހުމަތު ކޮށްފައިވެއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޖީއެޗްއެފުން ޣައްޒާގައި ޙަރަކާތްތެރިވާން ފެށިފަހުން ޖީއެޗްއެފްގެ މަރުކަޒުތައް ކައިރިން މިހާތަނަށް 274 މީހުން ޝަހީދުވެފައިވާ ކަމަށާއި 2،000އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާ ކަމަށެވެ.
ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން، މާރިޗު މަހުގެ 2ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ.
ތިން މަހެއްހާ ދުވަހު ޣައްޒާއަށް އެއްވެސް މިންވަރަކަށް އެހީގެ ސާމާނު ނުވެއްދި އޮތުމަށްފަހު، މީގެ ހަތަރު ހަފްތާއެއްހާ ދުވަސް ކުރިން ޔަހޫދީން ވަނީ ޣައްޒާއަށް މަދު މިންވަރެއްގެ ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ދީފައެވެ. އެ ފުރުޞަތު ދީފައި ވަނީ އެތައް ހާސް ބަޔަކު ފާޅުގައި ބަނޑަށް ޖައްސަމުންދާތީ ބައިނަލްްއަޤްވާމީ ދުނިޔެއިން ޔަހޫދީންނަށް ފިއްތުންތައް ކުރުމަތި ކުރަން ފެށުމުންނެވެ. ނަމަވެސް އަދިވެސް ޣައްޒާގެ ރައްޔިތުންނަށް ލިބެމުން ދަނީ އެހީގެ ކުޑަ މިންވަރެކެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 55،000އަށް އުފުލިފައިވާއިރު، އިތުރު 124،191 މީހުންނަށް ވަނީ ޒަޚަމު ވެފައެވެ. މީގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
