
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އީރާނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދިނުމާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލުގައި އީރާނުން ދިން ޙަމަލާއެއްގައި އެ ޤައުމުގެ އަރާޝް ޑްރޯންތަކެއް ޔަހޫދީ ވައިގެ ސަރަޙައްދަށް ކާމިޔާބުކަމާއެކު ވަދެ ގެއްލުންތަކެއް ދީފިއެވެ.
ޔަހޫދީން އީރާނަށް ހަމަލާ ދޭން ފަށާފައި ވަނީ ހުކުރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. ޔަހޫދީންގެ ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުލްލިޔަަރ މަރުކަޒުތަކުގެ އިތުރުން ބެލިސްޓިކް މިސައިލް އުފައްދާ ކާރުޚާނާތަކާއި އަސްކަރީ އިސްވެރިންނަށެވެ. އެ ޙަމަލާތަކުގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީއާއި ޚަތަމުލް އަންބިއާ ސެންޓްރަލް ހެޑްކުއާޓާސްގެ ކޮމާންޑަރު ޣުލާމް އަލީ ރަޝީދާއި، އިންޤިލާބީ ފައުޖުގެ އެއޮރޮސްޕޭސް ފައުޖުގެ ކޮމާންޑަރު އާމިރު ޢަލީ ހާޖިޒާދާއާއި އީރާނުގެ ހަ ނިއުކްލިޔަރ ސައިންޓިސްޓުން ވަނީ ޝަހީދު ކޮށްލައިފައެވެ. އާންމުން ދިރިއުޅޭ ސަރަޙައްދަކަށް ވެސް ޙަމަލާ ދީފައިވާއިރު ޔަހޫދީންގެ ޙަމަލާތަކުގައި މިހާތަނަށް ޖުމްލަ 80 މީހުން ޝަހީދުވެ 100އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚާމްވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 20 ކުޑަކުދިން ވެސް ހިމެނެއެވެ.
އެ ޙަމަލާގެ ބަދަލު ހިފުމަށް އީރާނުން ވަނީ ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ގޮތުން ޔަހޫދީ ދައުލަތުގެ ހުރިހާ ސަރަޙައްދެއް ހިމެނޭ ގޮތަށް އީރާނުން ވަނީ ފަސް ބުރެއްގެ މަތިން ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފައެވެ. އޭގެ ފަހުން އަރާޝް ޑްރޯންތައް ބޭނުން ކޮށްގެން ޙަމަލާތަކެއް ދީފައިވާއިރު، އީރާނުގެ ދެ ޑްރޯން ޔަހޫދީންގެ ބާރުގެ ދަށުގައި އޮންނަ ޑެޑް ސީގެ ވައިގެ ސަރަޙައްދަށް ވެސް ވަދެފައިވެއެވެ. އީރާނުގެ އިންޤިލާބީ ފައުޖުން ނެރުނު ބަޔާނެއްގައި ބުނީ އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުން ނަން ދީފައިވާ ޚާއްޞަ އޮޕަރޭޝަނެއްގެ ދަށުން ޔަހޫދީންނާ ދެކޮޅަށް ގިނަ ޢަދަދެއްގެ ބެލިސްޓިކް މިސައިލާއި ހަތިޔާރުއެޅި ޑްރޯން ޙަމަލާތައް ދީފައިވާ ކަމަށެވެ. އެ ޙަމަލާތައް ދީފައި ވަނީ ޔަހޫދީންގެ މުހިންމު އަމާޒުތަކަކަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އިންޤިލާބީ ފައުޖުގެ ފަރާތުން ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ވާހިދީ ވިދާޅުވީ މަދުވެގެން 150 އަމާޒަކަށް ކާމިޔާބުކަމާއެކު ޙަަމަލާ ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ޔަހޫދީންގެ މުހިންމު އަސްކަރީ މަރުކަޒުތައް ވެސް ހިމެނޭ ކަމަށެވެ. އެ ގޮތުން ނެވާތިމްއާއި އަވްދާ ވައިގެ މަރުކަޒަށް ވަރުގަދަ ޙަމަލާތައް ދީފައިވެއެވެ. އީރާނާ ދެކޮޅަށް ދިން ޙަމަލާތައް ޔަހޫދީން ދީފައި ވަނީ މި ދެ އަސްކަރީ މަޒުކަޒުން ކަމަށް ވާހިދީ ވިދާޅުވިއެވެ. އޭގެ އިތުރުން ތެލް ނޮފް ވައިގެ މަރުކަޒާއި ޔަހޫދީންގެ އަސްކަރީ ވުޒާރާއާއި ތެލް އަވީވުގައި ހުންނަ ސިނާއީ އަދި އަސްކަރީ މަރުކަޒުތަކަށް ވެސް ޙަމަލާ ދީފައިވެއެވެ. ގެއްލުން ލިބުނު ސަރަޙައްދުތަކުގެ ތެރޭގައި ޠަބަރިއްޔާއާއި ޖައުލާނާއި އަލްޖަލީލުލް އަސްފަލް ހިމެނެއެވެ. އީރާނުުން ދިން ޙަމަލާތަކުގައި ޔަހޫދީންގެ ހަތަރު މީހުން މަރުވެ 100އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަަޚަމްވެފައެވެ.
އީރާނުން ދީފައިވާ ގިނަ މިސައިލު ޙަމަލާތައް ހުއްޓުވާފައިވާ ކަމަށް ޔަހޫދީންގެ ވައިގެ އަސްކަރިއްޔާއިން ބުނި ނަމަވެސް އިސްރާއީލުގެ ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބި ސުންނާފަތިވެފައިވާ މަންޒަރު ފެންނަ ފޮޓޯތައް ޔަހޫދީންގެ ނޫސްތަކުގައި ވަނީ ޝާއިޢު ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
