
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އީރާނަށް ދިން ނިރުބަވެރި ޙަމަލާތަކަށްފަހު، އެމެރިކާއާ އެކު ކުރަމުންދާ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތަކުގައި “މާނައެއް ނެތް”ކަމަށް ޤަބޫލުކުރިޔަސް، މާދަމާ އޮންނަ މަޝްވަރާތަކުގައި ބައިވެރިނުވާން އަދި ނުނިންމާކަމަށް އީރާނުގެ ސަރުކާރުން ބުނެފިއެވެ. “އަނެއް ފަރާތުން [އެމެރިކާ] ޢަމަލުކުރީ މަޝްވަރާގެ މާނައެއް ނެތް ގޮތަކަށް. މަޝްވަރާ ކުރުމުގެ ނަމުގައި، އަނެއް ކޮޅުން ޒަޔަނިސްޓް ދަޢުލަތަށް [އިސްރާއީލަށް] އީރާނުގެ ސަރަޙައްދަށް ޙަމަލާ ދިނުމުގެ ފުރުޞަތު ދިނުން ބަލައެއް ނުގަނެވޭނެ،” އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަޣާޢީއާ ޙަވާލާދީ ދަޢުލަތުގެ މީޑިއާތަކުން ބުނެފައިވެއެވެ.
ނަމަވެސް، މާދަމާއަށް ތާވަލުކުރެވިފައިވާ މަޝްވަރާތަކުގައި ބައިވެރިނުވާން އަދި ނިންމާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާގެ ރުހުންނެތި، ޔަހޫދީން އީރާނަށް ޙަމަލާދޭނެކަމަށް ޤަބޫލުނުކުރައްވާކަމަށް ވިދާޅުވެ، އޭނާ ވަނީ އެ ޙަމަލާތަކަށް އެމެރިކާއިން ވާގިވެރިވެފައިވާކަމަށް ތުހުމަތު ކުރައްވައިފައެވެ. ނަމަވެސް، އެމެރިކާއިން ވަނީ އެ ތުހުމަތު ދޮގުކޮށް، ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދިޔުމަށް އީރާނުގެ ކިބައިން އެދިފައެވެ. އީރާނާއި އެމެރިކާގެ އިސް އޮފިޝަލުން ކުރަމުންދާ މަޝްވަރާތަކުގެ ހަ ވަނަ ބުރު މާދަމާ، އޮމާނުގައި ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އަދި އެ ބައްދަލުވުން ކެންސަލްކުރި ކަމެއް އަދި މިހާތަނަށް ދެ ފަރާތުން ވެސް ރަސްމީކޮށް ބުނެފައެއް ނުވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބޭނުމަކީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ކޮންޓުރޯލު ކުރުމެވެ. އަދި، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް ހުއްޓުވުމެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަކީ ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމާއި، ޔަހޫދީންގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕް ޤަބޫލު ކުރައްވައެވެ. މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ދެ ޤައުމުގެ ދެމެދުގައި ތަފާތު ފަސް ފަހަރެއްގެ މަތިން މަޝްވަރާތައް ބޭއްވުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހު އޮމާން މެދުވެރިވެގެން، ނިއުކްލިޔަރ އެއްބަސްވުމާ ގުޅޭ އެމެރިކާގެ ހުށަހެޅުންތައް އީރާނަށް ވަނީ ފޮނުވައިފައެވެ.
ނިއުލްލިކަރ ހަތިޔާރެއް އުފެއްދުމަށް ނޫނަސް، މަދަނީ ބޭނުމަށް އެކަނި ވެސް ޔުރޭނިއަމް މުއްސަނދި ކުރަމުން ދިޔުމަށް އީރާނުން ބޭނުންވާއިރު މިއީ އެމެރިކާއިން އެދޭ ގޮތެއް ނޫނެވެ. ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލުމަށް އެމެރިކާއިން ޝަރުތުކުރާއިރު، އެ ޝަރުތައް އެއްބަސް ނުވެވޭނެ ކަމަށް އީރާނުން ދަނީ ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
