
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑިޔާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަޙްމަދްއާބާދް ކައިރިއަށް އެއަރ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން، ބޮއިންގ-787 މަރުކާގެ ހުރިހާ ބޯޓުތަކެއް ތަޙުޤީޤުކޮށް، އެއްވެސް މައްސަލައެއް ހުރިތޯ ބަލައި، ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް، އިންޑިއާގެ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ. އިންޑިއާގެ ވައިގެ ދަތުރުފަތުރާބެހޭ އިދާރާއިން އިއްޔެ ވަނީ، ޖެންއެކްސް އިންޖީނު އަޅާފައިވާ ބޮއިންގ 787-8/9 މަރުކާގެ މަތިންދާބޯޓުތަކުގެ އުދުއްސުމާއި އިންޖީނުގެ އިތުރު މެއިންޓެނަންސް ޗެކްތަކެއް ހެދުމަށް އެއަރ އިންޑިއާއަށް އަންގައިފައެވެ.
“787 މަރުކާގެ ބޯޓުތައް ގާތުން ބެލުމަށް ވެސް އަޅުގަނޑުމެން ވާނީ އަންގާފައި. އަޅުގަނޑުމެންގެ އިންޑިއާގެ ފްލީޓުގައި 34 ބޯޓު އެބައޮތް،” ނިއުދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަތުރުފަތުރާބެހޭ ވަޒީރު ރާމް މޯހަން ނައިޑޫ ވިދާޅުވިއެވެ. އޭގެތެރެއިން 8 ބޯޓު މިހާރު ވެސް ތަޙުޤީޤުކޮށްފައިވާ ކަމަށާއި، މި މަސައްކަތުގެ ތެރެއިން ހުރިހާ ބޯޓެއް ބަލައި، މައްސަލައެއް ނޫޅޭކަން ޔަޤީންކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއަރ އިންޑިއާގެ ފްލީޓުގައި 33 ބޮއިންގ-787 މަރުކާގެ މަތިންދާބޯޓު ބޭނުންކުރާއިރު، އެ މަރުކާގެ ބޯޓެއް އިންޑިގޯ އެއަރ އިން ވެސް ބޭނުންކުރެއެވެ.
އެ ބޯޓުތަކުގެ އުދުހުން އަދި މިހާތަނަށް މަނާކޮށްފައިނުވިނަމަވެސް، އެފަދަ މަޝްވަރާއެއް އިންޑިއާ ސަރުކާރުގެ ތެރެއިން ކުރެވެމުންދާކަމަށް ރިޕޯޓުތައް ބުންޏެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށް އެއަރ އިންޑިއާ އާ ގުޅިގެން އިންޑިއާ ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އިންޖީނާއި، ފިޔަގަނޑާއި އަދި ބޯޓު ނައްޓައިލިފަހުން ވެސް ލޭންޑިން ގިޔަރު ތިރިވެފައި އިން މައްސަލަ ވެސް ދަނީ ބަލަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައި، ވެއްޓިފައި ވަނީ 242 މީހުންނާ އެކު އަޙްމަދްއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓެކެވެ. އަޙްމަދުއާބާދް ވައިގެ ބަނދަރު ކައިރީގައި އޮންނަ މޭގާނީނަގަރް ކިޔާ ސަރަޙައްދަކަށް މަތިންދާބޯޓު ވެއްޓިފައި ވަނީ، އަޙްމަދްއާބާދުގެ ވައިގެ ބަނދަރުން އުދުއްސައިލިތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ.
މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި 12 ފަޅުވެރިން ހިމެނެއެވެ. މަތިންދާބޯޓުން ދަތުރުކޮށްފައި ވަނީ އިންޑިޔާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ޕޯޗުގަލްގެ ހަތް މީހުންނާއި ކެނެޑާއަށް ނިޞްބަތްވާ މީހެއް ކަމަށް އެއަރ އިންޑިޔާއިން ބުނެއެވެ. އެ މީހުންގެ ތެރެއިން ސަލާމަތްވެފައިވަނީ އެންމެ މީހެކެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ އެ މީހާ ސަލާމަތްވީ، ބޯޓު ވެއްޓެން ދިޔަ ވަގުތު ބޯޓުން ފުއްމާލައިގެންނެވެ.
މަތިންދާބޯޓު ވެއްޓިފައި ވަނީ، އަޙްމަދުއާބާދުގެ ވައިގެ ބަނދަރު ކައިރީގައި ހުންނަ ބީޖޭ މެޑިކަލް ކޮލެޖުގެ ދަރިވަރުން ތިބޭ ހޮސްޓެލްގެ ބަޔަކަށެވެ. އެތަނުގައި ތިބި ގިނަ އަދަދެއްގެ ދަރިވަރުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.
މި ހާދިސާގައި މިހާތަނަށް 270 މީހުން މަރުވެފައިވާކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
