
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖުން އީރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޤަބޫލު ނުކުރެވޭ ކަމުގައި، ނިއުކްލިޔަރ ދާއިރާގެ މާހިރުން ހާމަކޮށްފިއެވެ. ޖޫން 13ވަނަ ދުވަހު ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުގޮރާމުގެ ދަށުން ބޭނުން ކުރާ މަރުކަޒުތަކާއި، އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި އަސްކަރީ މަރުކަޒުތަކަށެވެ. އެ ޙަމަލާތަކުގައި އީރާންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންގެ ތެރެއިން 20 ވަރަކަށް ބޭފުޅުން ޝަހީދު ކޮށްލާފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ނެތިކޮށްލާފައިވާ ކަމަށް ބެލެވޭ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އޭނާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. ނަމަވެސް، އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާގެ ބައިވެރިވުން އޮތް ކަމަށް ކުރެވޭ ތުހުމަތުތައް އެ ޤައުމުން ވަނީ ދޮގު ކޮށްފައެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމުގައި ޓްރަމްޕް ވިދާޅުވި ނަމަވެސް ނިއުކްލިޔަރ ދާއިރާގެ މާހިރުން ބުނީ، އެ ކަން ހާސިލު ކުރެވިފައިވާ ކަމަށް ފެންނަން ނެތް ކަމުގައެވެ.
މާހިރުން ބުނީ، އީރާންގެ އަސްކަރިއްޔާގެ އިސްވެރިންނާއި ނިއުކްލިޔަރ ސައިންޓިސްޓުން ޝަހީދުކޮށްލައި، އަސްކަރީ މަރުކަޒުތަކަށް ޔަހޫދީ ފައުޖުން ގެއްލުންތަކެއް ދީފައިވީ ނަމަވެސް، ނިއުކްލިޔަރ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަން ސެޓެލައިޓް ފޮޓޯތަކުން ފެންނަން ނެތް ކަމުގައެވެ. “ފުރަތަމަ ދުވަހުގެ ޙަމަލާތަކުގައި އަމާޒު ހިފާފައި ވަނީ ސިހުން ގެނުވަން، [އަސްކަރިއްޔާގެ] ވެރިންނާއި ސައިންޓިސްޓުން ޝަހީދު ކޮށްލަން، ވައިގެ ދިފާޢީ ނިޒާމަށް ގެއްލުން ދިނުމަށް، އަދި ބަދަލު ހިފުމުގެ ފުރުޞަތު ހަނި ކުރުމަށް،” އިންސްޓިޓިއުޓް ފޯ ސައިންސް އެންޑް އިންޓަރނޭޝަނަލް ސެކިޔުރިޓީގައި މަސްރަޙު ދިރާސާ ކުރައްވާ ނިއުކްލިޔަރ ދާއިރާގެ މާހިރެއް ކަމުގައިވާ ޑޭވިޑް އޮލްބްރައިޓް ވިދާޅުވިއެވެ.
އައިއޭއީގެ ގްރޮއްސީ ވެސް ވިދާޅުވީ ބޮޑެތި ގެއްލުންތަކެއް ނުލިބޭ ކަމަށް
“ފޫރްދޫ އަދި އަޞްފިހާން [ނިއުކްލިޔަރ މަރުކަޒުތަކަށް] ގެއްލުން ލިބިފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތް. ނަޠަންޛް [މަރުކަޒަށް] ވަނީ ގެއްލުން ލިބިފައި. ނަމަވެސް، ނަޠަންޛްގެ ބިމު އަޑީގައިވާ ބިންގަރާސްތަކުގައި ޤާއިމު ކޮށްފައިވާ މަރުކަޒުތަކާއި ވަސީލަތްތަކަށް ގެއްލުން ލިބިފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތް،” އޭނާ ވިދާޅުވިއެވެ. ނަޠަންޛް ނިއުކްލިޔަރ މަރުކަޒަށް ޔަހޫދީންގެ ޙަމަލާތަކުގައި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ ނިއުކްލިޔަރ ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިއޭއީއޭ)ގެ ވެރިޔާ ރަފަޔަލް ގްރޮއްސީ ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ޔަހޫދީންގެ ޙަމަލާތަކުގައި ނަޠަންޛް މަރުކަޒުގެ ބިމު އަޑީގައި ބިނާ ކޮށްފައިވާ ވަސީލަތްތަކަށް ގެއްލުން ލިބިފައިވާ ކަމަށް ޤަބޫލު ނުކުރެވޭ ކަމުގައެވެ.
ގްރޮއްސީ ވިދާޅުވީ، ޔަހޫދީންގެ ޙަމަލާތަކުގައި ގެއްލުން ލިބިފައި ވަނީ އެ މަރުކަޒަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް ކަމުގައެވެ. އަދި، އެ ތަނުން ނުރައްކާތެރި ރޭޑިޔޭޝަން ލީކުވެފައިވާ ކަމަށް ޤަބޫލު ނުކުރެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ނަޠަންޛަކީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރާ މައި މަރުކަޒެކެވެ.
އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ދެމިއޮތް ކަމަށް ޓްރަމްޕް ޤަބޫލެއް ނުކުރައްވާ
ޔަހޫދީން އީރާނަށް ދީފައިވާ ޙަމަލާތަކާ ގުޅިގެން ޓްރަމްޕް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ޔަހޫދީންގެ ޙަމަލާތަކަށް ފަހު އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ދެމި އޮތްކަމާ މެދު ސުވާލު އުފެދިފައިވާ ކަމުގައެވެ. “[އެ ޕްރޮގުރާމު ދެމިއޮތް ކަން] ދަންނަ އެކަކު ވެސް ނެތް. [ޔަހޫދީ ފައުޖުން ދީފައި ވަނީ] ވަރަށް ފަނާކުރަނިވި ޙަމަލާތަކެއް،” ރޮއިޓަރސަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވިއެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ހުއްޓުވުމަކީ ޓްރަމްޕްގެ އަމާޒެކެވެ.
ޔަހޫދީންގެ ހުރިހާ ލަނޑުދަނޑިތަކެއް ހާސިލު ކުރެވެންދެން އީރާނަށް ޙަމަލާ ދިނުން މެދުކަނޑައިނުލާނެ ކަމުގައި ޔަހޫދީ ފައުޖުން ބުނެފައިވާއިރު، އަސްކަރީ ދާއިރާގެ މާހިރުން ބުނީ، ބިމު އަޑީގެ ބިންގަރާސްތަކުގައި އީރާނުން ޤާއިމު ކޮށްފައިވާ ނިއުކްލިޔަރ މަރުކަޒުތަކާއި ވަސީލަތްތައް ނައްތައިލުމުގެ އަސްކަރީ ޤާބިލުކަން ޔަހޫދީ ފައުޖަށް ލިބިގެން ނުވާ ކަމުގައެވެ. އަދި، މިހާރު ދެމުންދާ ޙަމަލާތަކާ އެކު ހާސިލު ކުރެވޭނެ ހަމައެކަނި ލަނޑުދަނޑިއަކީ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ކުޑަ ދުވަސްކޮޅަކަށް މަޑު ޖައްސައިލުން އެކަނި ކަމުގައި ވެސް މާހިރުން ޤަބޫލު ކުރެއެވެ.
މިޑްލްބަރީ އިންސްޓިޓިއުޓް ފޯ އިންޓަރނޭޝަނަލް ސްޓަޑީޒްގައި މަސްރަޙު ދިރާސާ ކުރައްވާ ނިއުކްލިޔަރ ދާއިރާގެ މާހިރެއް ކަމުގައި ޖެފްރީ ލުވިސް ވެސް ވިދާޅުވީ، ޔަހޫދީންގެ ޙަމަލާތަކުގައި އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރާ މަރުކަޒުތަކަށް ބޮޑެތި ގެެއްލުންތަކެއް ލިބިފައިވާ ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ފޫރްދޫ މަރުކަޒަށް ލިބިފައިވާ ގެއްލުން ސާފު ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
“އެމެރިކާގެ އެހީތެރިކަމާ ނުލައި ފޫރްދޫގައި ހުރި ނިއުކްލިޔަރ މަރުކަޒާއި ވަސީލަތްތައް ނައްތައިލުމުގެ ޤާބިލުކަން ޔަހޫދީ ފައުޖުގެ ކިބައިގައި ނެތް ކަމަކީ އެންމެން ވެސް ޤަބޫލުކުރާނެ ޙަޤީޤަތެއް،” އެމެރިކާގެ ތިންކް ޓޭންކެއް ކަމުގައިވާ ފައުންޑޭޝަން ފޯ ޑިފެންސް އެންޑް ޑިމޮކްރެސީސްގައި މަސްރަޙު ދިރާސާ ކުރައްވާ މާކް ޑުބޮވިޓްޒް ވިދާޅުވިއެވެ. ބިމު އަޑީގެ ބިންގަރާސްތަކުގައި ޤާއިމު ކޮށްފައިވާ މަރުކަޒުތައް ނައްތައިލެވޭނެ ފަދަ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު އެމެރިކާގައި ހުރި ނަމަވެސް، ޔަހުދީ ފައުޖުގެ ބާރުގެ ދަށުގައި އެ ފަދަ ހަތިޔާރު ނެތް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
