
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނާ ދެކޮޅަށް ޔަހޫދީން ދިން ޙަމަލާތަކުގެ ބަދަލުގައި އެ ޤައުމުން ޔަހޫދީ ދައުލަތަށް އިތުރު ޙަމަލާތައް ދިނުމުގެ އިތުރުން، އެ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް އެ ޙަމަލާތައް ފުޅާކުރާނެކަމުގެ އިންޒާރު އީރާނުގެ އަސްކަރީ އޮފިޝަލުން ދީފިއެވެ. “ރޭ ދިން މަދު ޙަމަލާތަކުން މި ކުރިމަތިލުން އަދި ނުނިމޭނެ. މި ޙަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާނެ. އަދި އަދި މި ޢަމަލަކީ އަނިޔާވެރިންނަށް ވަރަށް ވޭންދެނިވި އަދި ހިތާމަވެރި ރައްދަކަށް ވެގެންދާނެ،” އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންނާ ޙަވާލާދީ ފާރޒް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
އަދި އީރާނުގެ ރައްދި ޙަމަލާތައް، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުރިހާ ސަރަޙައްދުތަކުގެ އިތުރުން ޔަހޫދީންގެ އެންމެ ވަރުގަދަ މަދަގުދާރު، އެމެރިކާއިން އެ ސަރަޙައްދުގައި ހިންގާ އަސްކަރީ މަރުކަޒުތަކާ ހަމައަށް ފުޅާކުރާނެކަމުގެ އިންޒާރުވެސް އެ އޮފިޝަލުން ވަނީ ދީފައެވެ. އީރާނުން ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތައް ދީފައި ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމާ ދެކޮޅަށް ޔަހޫދީން ވަރުގަދަ ޙަމަލާތަކެއް ދީފައި ވަނިކޮށެވެ. އަދި އެ ޙަމަލާތަކުގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީއާއި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ އަސްކަރީ ވެރިން ޝަހީދު ކޮށްލައިފައިވަނިކޮށެވެ.
މި ޙާލަތުގައި ޔަހޫދީންނާ ދެކޮޅަށް އީރާނުން ވަރުގަދަ ޙަމަލާތައް ދިނުމަކީ އެ ޤައުމުގެ އަސްކަރީ ޤާބިލުކަން ދައްކުވައިދޭ ފުރިހަމަ ހެއްކެކެވެ. ޔަހޫދީންނާ ދެކޮޅަށް އީރާނުން ވަނީ އެތައް ސަތޭކަ މިސައިލު ޙަމަލާ ދީފައެވެ. އެ ޙަމަލާތައް ދީފައި ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް’ގެ ނަމުން ނަން ދީފައިވާ ޚާއްޞަ ޙަރަކާތެއްގެ ދަށުންނެވެ. ތިން ފަހަރެއްގެ މަތިން ދިން ޙަމަލާތަކުގައި ބައެއް މިސައިލު ޙަމަލާ ދީފައި ވަނީ އީރަނުގެ ސަބްމެރިންތައް ބޭނުން ކޮށްގެންނެވެ. އެ ޤައުމުގެ އިންޤިލާބީ ފައުޖުން ބުނީ މިސައިލް ޙަމަލާ އަމާޒު ކޮށްފައިި ވަނީ އަސްކަރީ މަރުކަޒުތަކާއި ވައިގެ މަރުކަޒުތައް ހިމެނޭ ގޮތަށް ކަމަށެވެ.
އީރާނުން ދިން މިސައިލު ޙަމަލާގައި ޔަހޫދީންގެ 20 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އެ ޙަމަލާގައި ޔަހޫދީ އަސްކަރިއްޔާގެ މައި އިދާރާ ހިމެނޭ ގޮތަށް ގިނަ އިމާރާތްތަކަކަށް ވަނީ ގެއްލުން ދީފައެވެ. ޔަހޫދީން ވަނީ އީރާނުން ދިން މިސައިލު ޙަމަލާގައި ލިބުނު ގެއްލުންތަކުގެ ފޮޓޯ ނެގުން މަނާ ކޮށްފައެވެ. އަދި އާންމުން ރައްކާތެރި ބިނާތަކުގައި މަޑުކުރުމަށް ވެސް ވަނީ އަންގާފައެވެ.
About Post Author
މާދަމާ ނިއުސް
ތިމާވެށްޓާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ލަންކާއާއެކު މަޝްވަރާކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ޜައީސް އޮފީސް) ތިމާވެއްޓާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއާއި ލަންކާއާދެމެދު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ސްރީލަންކާގެ ރައީސް...
“މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތް ކުރަން ޗައިނާގެ ޓީމެއް މިމަހު ރާއްޖެ އަންނާނެ”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ޗައިނާގެ ހިލޭ އެހީގައި ކުރިއަށްގެންދާ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ޑިޒައިން މަސައްކަތަށް މި މަހު ޗައިނާގެ ޓީމެއް...
“ޕީއެސްއެމް ނިއުސްއަކީ ޤައުމިއްޔަތަށް ހިތްވަރުދޭ ޗެނަލެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި، ދިވެހި ބަހާއި ޤައުމިއްޔަތާއި ސަޤާފީ ތަރިކަ ރައްކާތެރިކުރުމަށް އިސްކަންދޭ...
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ލަންކާއިން ހޫނު މަރުޙަބާއެއް!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސްރީލަންކާގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި...
މިދިޔަ މަހު ރާއްޖެއަށް 152,000އަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: ވިލާ ރިސޯޓްސް) ނިމިދިޔަ މަހު ރާއްޖެއަށް 152,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 8 ލައްކައަށްވުރެ ގިނަ...
ސީއެމްޑީއޭގެ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ސީއީއޯއަށް
(ފޮޓޯ ކްރެޑިޓްސް: ސީއެމްޑީއޭ) ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހިންގުން ވަގުތީ ގޮތުން، އެ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަބްދުﷲ...
