
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައްޔިތުންގެ ހާލަތު ދެނެގަނެ ތަފާތު ގިންތިތަކުގެ މައުލޫމާތު އެއްކުރުމަށް ޚާއްސަ އިސްކަމެއްދެއްވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ރައްޔިތުންގެ ހާލަތު ދެނެގަތުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަވަނީ ތަފާތު ޕްރޮގްރާމްތަކެއް މުޅި ރާއްޖޭގައި ހިންގަމުންދާއިރު، އެޕްރޮގްރާމްތަކުގެ ޒަރިއްޔާއިން މުޖުތަމަޢުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އިސްރަށްވެހިންގެ ހާލަތު ދެނެގަތުމަށް އެވުޒާރާގެ ޓީމުތަކުން ރަށްރަށަށް ދަތުރުކޮށް ގިނަ މަސައްކަތްތަކެއް ކުރާކަން ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ފާހަގަކުރެއްވިއެވެ.
ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެދަށުން ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ “ހާލު ކިހެނެއް؟” ޕްރޮގްރާމާއި، ދާންމަތިވެފައިވާ އިސްރަށްވެހިންގެ އިޖްތިމާޢީ ބޭނުންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމް ހިމެނެއެވެ. މީގެ އިތުރުން ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި ގްރޫޕްތަކެއް އުފައްދައިގެން ކުރިއަށްގެންދާ އިބަމަ ޕްރޮގްރާމަކީވެސް މިގޮތުން ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އެހެންކަމުން އެ ޕްރޮގްރާމްތަކުގެ ތެރެއިން ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވި މުޖުތަމަޢުގައި އެމީހުންނަކީ ވެސް މުހިންމު ބަޔަކަށް ހެދުމަށް މަސައްކަތް ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
“ހާލު ކިހިނެއް ޕްރޮގްރާމްގެ ތެރެއިން މީހުންނަށް ޒިޔާރަތް ކުރުމުގެ ތެރޭގައި އެމީހުންނަށް ދިމާވެގެން އުޅޭ ތަފާތު ދަތިތައް ފާހަގަކުރެވި، އޭއިން ކުރިއެރުންތަކެއް ލިބޭ” ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޖެންޑަރ މިނިސްޓްރީ)
“ހާލުކިހިނެތް؟” ޕްރޮގްރާމް ރާއްޖޭގެ 4 އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ފަށާފައިވާއިރު، 14000އަށް ވުރެ ގިނަ ގޭބީސީއަށް ވަނީ ޒިޔާރަތްކޮށްފައެވެ. ނުފެށިވާ 4 އަތޮޅުގައި މި އަހަރު ޕްރޮގްރާމް ހިންގަން ފެށޭނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒާރާއިން ވިދާޅުވޭ. މީގެ އިތުރުން މިދިޔަ މަހު ފެށި ދާންމަތިވެފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތް ކުރުމުގެ ޕްރޮގްރާމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އިސްރަށްވެހިންގެ އުފަލާއި ހިތްހަމަޖެހުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށް ކުރާ މަސައްކަތްތަކުގައި ރަށްރަށުގެ މުއައްސަސާތަކާއި އަމިއްލަ ޖަމުޢިއްޔާތަކުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
