
ރާއްޖޭގެ ގައުމީ އެއާލައިން އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑު (އައިއޭއެސް) އަށް މިދިޔަ އަހަރު ވެސް ގެއްލުންވެފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ. އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އައިއޭއެސްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން، އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.27 ބިލިއަން ރުފިޔާ އެވެ. އޭގެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުންނެވެ. ޑޮމެސްޓިކް ދަތުރުތަކުން އައިއޭއެސް އަށް މިދިޔަ އަހަރު ލިބިފައިވާ 1.6 ބިލިއަން ރުފިޔާ އަކީ، ޖުމްލަ އާމްދަނީގެ 75 ޕަސެންޓު ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓު ކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން އައިއޭއެސް އަށް ލިބުނު އާމްދަނީން ހިންގުމުގެ ހަރަދު ކެނޑުމުން، ހިންގުމުގެ ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ 171 މިލިއަން ރުފިޔާ އެވެ. ނަމަވެސް، އެ ކުންފުނީގެ ފައިނޭންސިން ހަރަދާއި ޓެކްސް އަށް ދެއްކި ފައިސާ ކެނޑުމުން 2.82 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަން ހިސާބުތަކުން ދައްކަ އެވެ. މިއީ ގެއްލުމުގައި އައިއޭއެސް ހިންގަމުންދާތާ ފަސް ވަނަ އަހަރެވެ. މިގޮތުން 2023 ވަނަ އަހަރު އެ ކުންފުންޏަށް 71.4 މިލިއަން ރުފިޔާގެ ގެއްލުމެއް ވި އެވެ. ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ފައިދާގައި ހިންގަމުން އައި ކުންފުންޏަށް ގެއްލުން ވާން ފަށާފައިވަނީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑު-19ގެ ބަލިމަޑުކަމާ ގުޅިގެންނެވެ.
ނަމަވެސް މިދިޔަ ފަސް އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އައިއޭއެސް އިން ވަނީ އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ އަދަދު، އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު މިދިޔަ އަހަރު ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. ކުންފުންޏަށް ފާއިތުވި އަހަރުތަކުގައި ކުރިމަތިވެފައިވާ ގެއްލުމުގެ ސިލްސިލާ ނިމުމަކަށް ގެނެސް، އަލުން ފައިދާވާ ކުންފުންޏަކަށް ހެދުމަށް، އައިއޭއެސްއިން ވަނީ އެ ކުންފުނީގެ ވިޔަފާރިތައް ފުޅާކޮށް، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށައިފަ އެވެ.
މިގޮތުން، އެ ކުންފުނިން މި އަހަރުގެ ތެރޭގައި ވަނީ ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނެސް، ބައިނަލްއަގުވާމީ މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކުރުމަށް އަމާޒު ހިފައިފަ އެވެ. އަދި އެތެރޭގެ އުދުހުންތަކުގައި މިހާރު މައިގަނޑު ގޮތެއްގައި ބޭނުންކުރަމުން އަންނަ ޑޭޝް-8 މަރުކާގެ މަތިންދާބޯޓުތައް ބާވެ، މެއިންޓެނަންސްގެ ހަރަދުތައް އިތުރުވާތީ، އެ ބޯޓުތައް ފަހުގެ އޭޓީއާރު މަރުކާގެ ބޯޓުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
