
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އަވަހާރަވީ ނޫން ކަމަށާއި، ޝަހީދުކޮށްލީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ޑރ. އަބްދުލްމަޖީދު ގެ ކުއްލި މަރާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
“އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ.” އޭނާ ލިޔުއްވާފައިވެއެވެ.
ޑރ ޢިަބްދުލްމަޖީދު ރަޙިމަހުالله ގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބައް އަތުވެއްޖެއެވެ.
އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ.— Imran Abdulla (@ShimranAb) June 14, 2025
ނަޝީދަށް ފަހު އައި އެމްޑީޕީގެ ވެރިކަމުގައި އިމްރާން ހޯމް މިނިސްޓަރުކަން ކުރެއްވި ނަމަވެސް، މީގެ ކުރިން ޑރ. މަޖީދު އަވަހާރަވުމާ ގުޅޭ ގޮތުން ޝައްކު ކުރެވޭ ކަމެއް ފާހަގަވި ކަމަށް ވިދާޅުވެފައެއްނުވެއެވެ. މީގެ ކުރިން 2012ގައި އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ އަދި މަޖިލިސް މެންބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅުވައި، ކިތާބީ ހެކި ހުރި ކަމަށް ވިދާޅުވެ 2015ގައި އިމްރާން ވާހަކަދެއްކެވިއެވެ. އެ މައްސަލައާ ގުޅިގެން އިމްރާން ހައްޔަރުކޮށް، ޖަލުގައި ދުވަސްތަކެއް ހޭދަކުރެއްވިއެވެ.
މަޖީދު އުމުރުފުޅުން 55 އަހަރުގައި އަވަހާރަވީ މެއި 22، 2018ގައެވެ. އެއީ އޭގެ ހަތަރު ދުވަސް ކުރިން، ސްޓްރޯކެއް ޖެހުމުން ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރެއްވި މަޖީދަކީ، އަދާލަތު ޕާޓީ 2005ގައި އުފެއްދިއިރު އެ ޕާޓީގެ ރައީސެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008ގައި ވެރިކަމަށް ވަޑައިގެންނެވީ އެއިރު އަދާލަތު ޕާޓީ ވެސް ހިމެނުނު ކޯލިޝަނެއްގައެވެ. އަދި އެ މަނިކުފާނު ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދެވި އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރު ކަމަށް ޑރ. މަޖީދު އައްޔަންކުރެއްވިއެވެ.
ޑރ. މަޖީދަކީ ރާއްޖެއިން ގުރުއާނުގެ ތަފްސީރުގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލުކުރެއްވި ފުރަތަމަ ބޭފުޅާއެވެ. އަދި ތައުލީމީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވައި، ދިވެހިބަހާއި އަރަބިން ވެސް ފޮތްތައް ލިޔުއްވާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
