
މައްކާއާ ހަތަރު ސަތޭކައެއްހާ ކިލޯމީޓަރު ދުރުގައި އޮންނަ މަދީނާއަކީ މިއަހަރު ދިވެހި ހައްޖުވެރިންގެ އެންމެ ފަހު މަންޒިލެވެ. މާތްވެގެންވާ މަސްޖިދުއްނަބަވީއާއި، ރައުޟާއަށް ޒިޔާތްކުރުމުގެ މާތް މަޤްޞަދުގައި ޙައްޖުވެރިން މަދީނާއަށް މީގެ ކުރިން ދަތުރުކޮށް އުޅުނީ ބަހުގައެވެ. އެއީ 6 ގަޑިއެއްހާއިރުގެ ދިގު ދަތުރެކެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ދިވެހިރާއްޖެއިން 1000 ހައްޖުވެރިން ބައިވެރިވިއެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވެ ގައި ބާރު ދެރަ މީހުންވެސް ހިމެނެއެވެ. ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ބަލިމީހުންވެސް ހިމެނެއެވެ. ތަފާތު ނުކުޅެދުންތެރިކަން ހުރި މީހުންވެސް އެބަތިއްބެވެ.
މައްކާއިން މަދީނާއަށް މީގެ ކުރިން ދިވެހިން ކުރާ ދަތުރަކީ ވަރުބަލިކަން އިހުސާސްކުރެވޭ ދަތުރެކެވެ. 6 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ހާޖީންތިބެނީ ވަރުބަލިވެފައެވެ. އަރަފާތާ މުޒްދަލިފާ އަދި މިނާގެ ދުވަސްތަކަށްފަހު ހައްޖާޖީން ތިބެނީ ވަރުބަލިވެފައެވެ. އަދި މޫސުމާ މާހައުލު ތަފާތުވުމުގެ ސަބަބުންވެސް ވަރަށް ގިނަ ބަޔަކުތިބެނީ ސިއްހީ ގޮތުން ބަލިވެފައެވެ.

މިސަބަބުތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނިންމީ ތާރީޚީ ނިންމުމެކެވެ. މިއަހަރުން ފެށިގެން ދިވެހި ހައްޖުވެރިން މައްކާއިން މަދީނާއަށް ދަތުރުކުރާނީ ހައި ސްޕީޑު ރޭލުގައިކަމަށް ނިންމިއެވެ. އެއްވެސް ހާޖީއެއް ތަފާތު ކުރުމެއްނެތި ހުރިހަ ހާޖީންވެސް މަދީނާއަށް ގެންދިޔައީ ހައި ސްޕީޑު ރޭލުގައެވެ. މިއީ 2 ގަޑިއިރުގެ ދަތުރެކެވެ. 6 ގަޑިއިރު ކުރުވީ 2 ގަޑިއިރަށެވެ.
“އަޅުގަނޑު ފުރަތަމަ ހީކުރީ މަދީނާއަށް ދާނީ ބަހުގައިކަމަށް. އެކަމަކު އެޔާ ޚިލާފަށް ވަކި ހިސާބަކަށް ދިޔަ ތަނުން އެނގިއްޖެ ރޭލުގައިކަން ދާނީ. ރޭލޭ ބުނީމަވެސް އަޅުގަނޑު ހީކުރީ އިންޑިޔާ ހިސާބުގައި ހުންނަ ފާޑުގެ ރޭލުކަމަށް. އެކަމަކު މިޔަށް އެރީމަ މިއެނގުނީ އެންމެ ފަހުގެ އެއްޗެހިކަންމީ. ދެން ވަރަށް ހިތްހަމަޖެހޭ.”’ މަދީނާގެ ދަތުރުމަތިން ރޭލު ތެރެއިން ބައްދަލުވީ ފިރިހެން ބޭފުޅަކު އޭނާގެ ޝުޢޫރު ހިއްސާކުރެއްވިއެވެ.

ދިވެހި ހައްޖުވެރިން މަދީނާއަށް ދަތުރު ކުރި ރޭލަކީ އެއަރކޮންޑިޝަންކޮށްފައިވާ ރޭލެކެވެ. މަތިންދާ ބޯޓުގައި ހުންނަ ކަހަލަ އަރާމު ގޮނޑިތަކެކެވެ. “ރޭލު ފުދޭވަރަކަށް ނޫން މާ ބޮޑަށްވެސް ރަނގަޅު. އަޅުގަނޑުމެންނަށް އަލަށް މިކަހަލަ ކަރަންޓު ރޭލަކަށް މި އެރުނީ. އެހެންވީމަ ވަރަށް އުފާވޭ. ވަރަށް ހިތްހަމަޖެހޭ” ރޭލުތެރެއިން ބައްދަލުވީ ދޮށީ އުމުރުގެ ބޭބެއަކު ކިޔައިދިނެވެ.

ހައި ސްޕީޑް މި ރޭލަކީ ޖާގަތަނަވަސް ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ ރޭލެކެވެ. ދެ ގޮނޑި ދޭތެރޭގައި ޖާގަ ތަނަވަހެވެ. މަތިންދާ ބޯޓުގެ އިކޮނޮމީ ކްލާހާ ބިޒްނަސް ކްލާހުގެ ފެންވަރުގެ ގޮނޑިތަކުގައި ތިބެ 2 ގަޑިއިރުގެ ދަތުރަކަށްފަހު ހައްޖާޖީންނަށް މަދީނާއަށް ދެވިއްޖެއެވެ. މިއީ ޙައްޖުގެ އަޅުކަމަށް ދިވެހި ހައްޖާޖީންނަށް ވަގުތު ފަހިކޮށްދީފައިވާ ހައްޖު ދަތުރެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
