
(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
ހ. ފެންޓެނޯއީ ގޭގެ މަތިން، ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އޭނާއާއެކު އެވަގުތު އެގެއަށް ވަދެ އުޅުނު ރައުދު އަހުމަދު ޛިލާލް ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެއްކެވޭ ވާހަކަތަށް ފުލުހުން ދޮގުކޮށްފިއެވެ. ފުލުހުން ވިދާޅުވީ ރައުދު ރާއްޖެއިން ބޭރަށް ފުރާފައިވާކަމަށް ދެކެވޭ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމަށެވެ. އަދި ރައުދު ފުރުން މަނާކުރުމުގެ ޢަމްރު އަދިވެސް ދެމިއޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ. ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި އޭނާއާއެކު އެވަގުތު އެގެއަށް ވަދެ އުޅުނު ރައުދު އަހުމަދު ޛިލާލްގެ މައްޗަށް އެކަށީގެންވާ ސަބަބެއް ނެތި އެހީނުވުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފައެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޒަޚަމްތަކަކާއެކު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ އަންހެން މީހާގެ މައްސަލައިގައި ގ. އެރިޔަދޫ، ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ދައުވާ ކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ރައުދުގެ މައްޗަށް ދައުވާ ކުރަނީ އެޕްރީލް 18 ވަނަ ދުވަހު ފަތިހު 04:54 އެހާކަށްހައިއިރު ހ.ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ ރައުދުގެ މައްޗަށް މިމައްސަލާގައި ކުރި ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަސް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ހ. މިޓާޒް ގޭގެ މައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި، ގިނަ ތުހުމަތުތަކެއް އެކި ފަރާތްތަކަށް ކުރެވުނު ނަމަވެސް، އެ ހާދިސާ ހިނގި ވަގުތު ޔުމްނުއާއެކު ހ. ފެންޓެނޯއީ ގޭގައި އުޅެފައިވަނީ ރައުދު ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިކަން ސީސީޓީވީ ފުޓޭޖު މެދުވެރިކޮށް ފުލުހުން ވަނީ ޔަޤީންވެސް ކޮށްދީފައެވެ. މިމައްސަލައިގައި އަނިޔާވި ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފައިވާއިރު، އޭނާގެ ބަޔާން ނެގުމަށް ފުލުހުން އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އާއިލާގެ އެއްބާރުލުން ނުލިބުމުން ބަޔާން ނުނެގިވާތީ އެކަމުގައި މެލޭޝިއާ ފުލުހުންގެ އެހީތެރިކަން ހޯދަން ފުލުހުން ވަނީ ނިންމާފައެވެ.
މިމައްސަލަ ބެލުމުގައި އެއްވެސް އިދާރާއަކަށް އެއްވެސް ނުފޫޒެއް އޮތްތޯ ބެލުމަށާއި، ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކަންކަން ކޮށްފައިވޭތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ކޮމިޝަނެއްވެސް އުފައްދަވާފައެވެ. އެ ކޮމިޝަނުން ދަނީ މައްސަލައާއި ގުޅުންހުރި ފަރާތްތަކުގެ ބަޔާންތައް ނަގާ ކަންހިނގާފައިވާ ގޮތް ގާތުން ބަލަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
