
ކުދި ފަންތީގެ މަސްވެރިކަން ތަރައްޤީކުރުމާއި އެ މަސްވެރިކަމަށް އިންވެސްޓްކުރުމާ ގުޅޭ ގޮތުން ބައިނަލްއަޤްވާމީ މައިދާންތަކުގައި އަޑުއުފުލަންޖެހޭ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖެއިން އިސް ނަގައިގެން ބޭއްވި ދެމެހެއްޓެނިވިގޮތެއްގައި ކުދި މަސްވެރިކަން މެނޭޖް ކުރުމަށް ބާރުއެޅުމާ ގުޅޭ ޚާއްސަ ބައްދަލުވުމުގައެވެ.
މި ސެޝަންގައި ދެމެހެއްޓެނިވި ގޮތެއްގައި ކުދި ފަންތީގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ކޭސް ސްޓަޑީސްތައް ސަރުކާރުތަކުންނާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކުން ހިއްސާކޮށްފައިވެއެވެ. އަދި މި ތަޖުރިބާގެ އަލީގައި، އެހެން ޤައުމުތަކަށް ވެސް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށްފައިވެއެވެ.
މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ކުދި ފަންތީގެ މަސްވެރިކަން ތަރައްޤީކުރުމާއި އެ މަސްވެރިކަމަށް އިންވެސްޓްކުރުމާ ގުޅޭ ގޮތުން ބައިނަލްއަޤްވާމީ މައިދާންތަކުގައި އަޑުއުފުލަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ކުދިފަންތީގެ މަސްވެރިކަމުގެ ވާހަކަ އަންނަނީ ބައިނަލްއަޤްވާމީ މިފަދަ މަޝްވަރާތަކުގެ ހަވާސާގައި ކަމަށް ވިދާޅުވިއެވެ. ވަޒީރު ޝިޔާމް ވިދާޅުވީ ކުދިފަންތީގެ މަސްވެރިކަން ކުރާ ފަރާތްތައް ތިބީ ސިޔާސަތުތަކާއި އިންވެސްޓްމަންޓާއި، އިނޮވޭޝަންގެ މާ ފަހަތުގައިކަމަށާއި، މިކަން ބަދަލުވާން ޖެހޭ ކަމަށެވެ. އަދި ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި މި މަސްވެރިކަން ތަރައްޤީކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށްވެސް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މި ސެޝަންގައި، ދިވެހިރާއްޖޭގައި ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގުމުގައި ދައުލަތުން ކުރަމުންގެންދާ މަސައްކަތްތަކަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާންވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ދެމެހެއްޓެނިވި މަސްވެރިކަމުގެ އުސޫލުތަކަށާއި ހަމަހަމަކަމަށް އިސްކަންދޭ މިންވަރު ޑރ. ސިނާންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މަހުގެ ބައިނަލްއަޤްވާމީ މާކެޓްތަކަށް ވަނުމުގެ ފުރުސަތުތައް ފަހިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ކުދި ފަންތީގެ މަސްވެރިކަމުން ލިބޭ ނަފާ މުޅި މުޖުތަމަޢަށް ބެހިގެންދާނެ ފަދަ ގޮތަކަށް މަސްވެރިކަން މެނޭޖްކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ސިނާން ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ތަފާސް ހިސާބުގެ މުހިންމުކަން ފާހަގަކުރައްވަމުން، ސިނާނު ވިދާޅުވީ 1950 ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖޭގައި އެއްކޮށް، ބަލަހައްޓަމުން އަންނަ މަސްވެރިކަމުގެ ތަފާސް ހިސާބު ޑިޖިޓަލައިޒް ކުރުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އަދި މި މިކަމަކީ ދިވެހިރާއްޖޭގައި ޒިންމާދާރު ގޮތެއްގައި ކުރެވޭ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅެއްކަން ސިނާން ފާހަގަކުރެއްވިއެވެ.

އިންޑޮނޭޝިއާގެ ޑިރެކްޓަރ ޖެނެރަލް އޮފް ކެޕްޗަރ ފިޝަރީޒްވަނީ އަވައްޓެރި އިންޑޮނޭޝިއާގައި މަސްވެރިކަން ކުރަމުން އަންނަ ގޮތް ހިއްސާކުރައްވާފައެވެ. އަދި އެ ޤައުމުން ކޯޓާ ބަހައިގެން މަސްވެރިކަން ކުރާ ގޮތާއި، މަސްލަހަތުވެރިންގެ ބައިވެރިވުން އިތުރުކޮށްގެން އަދި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން ނޫ އިޤްތިޞާދު ކުރިއަރުވަމުންދާ ގޮތް އޭނާ ހިއްސާ ކުރެއްވިއެވެ.

ރާއްޖެއިން އިސްނަގައިގެން ބޭއްވި މި ބައްދަލުވުމުގައި ސަރަޙައްދީ ޖަމްޢިއްޔާތަކުންވެސް ބައިވެރިވިއެވެ. އެގޮތުން މިބައްދަލުވުމުގައި ބައިވެރިވި ބޭ އޮފް ބެންގޯލް ޕްރޮގްރާމް – އިންޓަރގަވަރމެންޓަލް އޯގަނައިޒޭޝަންގެ ޑިރެކްޓަރ، ޑރ. ކްރިޝްނަންވަނީ ސަރަޙައްދީ ފެންވަރުގައި ކުދިފަންތީގެ މަސްވެރިކަން ތަރައްޤީކޮށް ބާރުވެރިކުރުމަށް ކުރެވިދާނެ ކަންކަން ހިއްސާކުރައްވާފައެވެ. އަދި ބީއޯބީޕީ-އައިޖީއޯގެ އެންމެހައި މެންބަރު ޤައުމުތަކުގައި ކުދި ފަންތީގެ މަސްވެރިކަމަށް ޤައުމީ ޢަމަލީ ޕްލޭންތައް އެކުލަވާލުމަށް އެހީތެރިވެދޭނެކަން އޭނާ އިޢުލާންކުރެއްވިއެވެ.

ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، ޑރ. މެނުއެލް ބަރަންޖް ވެސް މި ސެޝަންގައި ވާހަކަދެއްކެވިއެވެ. ބަރަންޖްގެ ވާހަކައިގައި މަސްވެރި މުޖުތަމަޢުތަކުގެ ކުރިއެރުމަށާއި ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި އެފްއޭއޯއިން އެކުލަވާލާފައިވާ ވަސީލަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ކުދިފަންތީގެ މަސްވެރިކަމަށް ޤައުމީ ޢަމަލީ ޕްލޭންތައް އެކުލަވާލުމަށް ބީއޯބީޕީ-އައިޖީއޯ އިން ކުރައްވާ މަސައްކަތްތަކަށް އެފްއޭއޯގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
