
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ދިވެހިރާއްޖޭގެ ޑައިވް، ވޯޓަރސްޕޯރޓްސް އަދި އެކްސްކާރޝަން ދާއިރާގައި މަސައްކަތްކުރަމުން އަންނަ ސިލްވަރ ސޭންޑްސްއިން 3 އައު އޮޕަރޭޝަން ފެށުމަށް މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ތައުފީޤު ޢަލީ ވިދާޅުވެއްޖެއެވެ. ޙުސެއިން ތައުފީޤް މިހެން ވިދާޅުވީ، ސިލްވަރ ސޭންޑްސް ޕްރައިވެޓް ލިމިޓެޑަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.
ސިލްވަރ ސޭންޑްސް ޕްރައިވެޓް ލިމިޓެޑަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ކުންފުނިން ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. ކުރުނބާ މޯލްޑިވްސްގައި ބޭއްވި މިހަފްލާގައި ކުންފުނީގެ ފައުންޑަރ މެމްބަރުންނާއި، ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުންވެސް ވަނީ ބައިވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެޓްމޯސްފިއަރ ފައުންޑޭޝަންގެ ނައިބު އަބްދުލްއަޒީޒް އަބްދުލްހަކީމް ވިދާޅުވީ، ސިލްވަރ ސޭންޑްސް ޕްރައިވެޓް ލިމިޓެޑްގެ 25 އަހަރުގެ ފާހަގަކުރުމުގައި ބައިވެރިވެވޭކަމީ ލިބިގެންދިޔަ ޝަރަފެއްކަމަށެވެ.
“ތައުފީޤު، ލަތީފު، އަމީން އަދި ހުރިހާ މުވައްޒަފުންނަށް މަރުޙަބާ. ތިމީހުން ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތަކީ އިންތިހާއަށް ފާހަގަކޮށްލެވޭ ކަމެއް. އަދި އެއީ ފަސޭހައިން ލިބުނު ކާމިޔާބީއެއް ނޫން. އެއަށް އަހަރުތަކެއްގެ ބުރަ މަސައްކަތާއި، ވިސްނުމާއި، އަދި ހަނދާންނައްތާނުލެވޭ ދިގު ދަތުރުތަކެއް. ތިމީހުންނަށް އިތުރު ކާމިޔާބީތައް އަހަރެން އެދެން.” އެޓްމޯސްފިއަރ ފައުންޑޭޝަންގެ ނައިބު އަބްދުލް އަޒީޒް އަބްދުލް ހަކީމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި ހަފްލާގައި ވާހަކަދައްކަވަމުން ސިލްވަރ ސޭންޑްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ތައުފީޤު ޢަލީ ވަނީ މުޅި ސިލްވަރ ސޭންޑްސްގެ ޓީމަށާއި އެ ކުންފުނީގެ ޕާޓްނަރުންނަށް އެމީހުން ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. “މި ރިހި ޖުބްލީއަކީ އަހަރެމެންގެ ވާހަކައިގެ ބައިވެރިވެފައިވާ ކޮންމެ ފަރުދެއްގެ ފާހަގަކުރުމެއް. ކުރީގެ އަދި މިހާރުގެ. ބޯޑުގެ ފަރާތުން އަހަރެން ޝުކުރު ދަންނަވަން ބޭނުން ސިލްވަރ ސޭންޑްސްގެ ކުރިއެރުމާއި ކާމިޔާބީއަށް އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް” މެނޭޖިންގ ޑިރެކްޓަރ ޙުސައިން ތައުފީޤު ޢަލީ ވިދާޅުވިއެވެ.
ޙުސެއިން ތައުފީޢުގެ ވާހަކަފުޅުގައި ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އެ ކުންފުނިން ހޯދާފައިވާ ކާމިޔާބީތައް ވަނީ ފާހަގަކުރައްވާފައެވެ. “އަހަރެމެންނަށް ދިވެހިރާއްޖޭގައި 20 އޮޕަރޭޝަނަކަށް ޚިދުމަތް ދެވުނު. އަދި މިރޭ ފަޚުރުވެރިކަމާއެކު އިޢުލާނުކުރަން ބޭނުންވަނީ އަހަރެމެން ކުރިއަށް އޮތް 24 މަސްދުވަހުގެ ތެރޭގައި 3 އައު އޮޕަރޭޝަން ފެށުމުގެ މަސައްކަތުގައި ކަމަށް. އަހަރެމެންނަށް މިހާ ހިސާބަށް އާދެވުމަށް އެހީތެރިވެދެއްވި ފަރާތްތަކަށް އިޚްލާޞްތެރި ޝުކުރު ދަންނަވަން” މެނޭޖިންގ ޑިރެކްޓަރ ޙުސައިން ތައުފީޤު ޢަލީ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި ހަފްލާގައި ސިލްވަރ ސޭންޑްސްގައި 15އަށްވުރެ ގިނަ އަހަރު މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، އެ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ. އެގޮތުން އެ ކުންފުންޏަށް އެކި ގޮތްގޮތުން ޚިދުމަތްކޮށްފައިވާ 15 ފަރާތަކަށް މި އެވޯޑް ވަނީ ދީފައެވެ. ސިލްވަރ ސޭންޑްސް ޕްރައިވެޓް ލިމިޓެޑް އަކީ 2000ވަނަ އަހަރު އިންބައުންޑް ޓްރެވެލް އޭޖެންސީގެ ވިޔަފާރިއެއްގެ ގޮތުގައި އުފެދުނު ކުންފުންޏެކެވެ. އަދި 2005ވަނަ އަހަރު ރިސޯޓުތަކުގައި މޫދު ހަރަކާތްތަކަށް އެ ކުންފުނިން ފެށިއެވެ. މީގެ ތެރޭގައި ޑައިވިންގ، މަސްވެރިކަން އަދި އެކްސްކާޝަންތަކާއި ވޯޓަރ ސްޕޯޓްސް ސެންޓަރުތައް ހިމެނެއެވެ. މިހާރު ސިލްވަރ ސޭންޑުންދަނީ ރާއްޖޭގެ 15 ރިސޯޓެއްގައި 13 ޑައިވް އަދި ވޯޓަރ ސްޕޯޓްސް ސެންޓަރު ހިންގަމުންނެވެ.
މީގެ އިތުރުން، 2013ވަނަ އަހަރު، އެ ކުންފުނިން ވިޔަފާރި އިތުރަށް ފުޅާކޮށް މާލޭގައި ޝޯރޫމްތައްވެސް ވަނީ ހުޅުވާފައެވެ. އެގޮތުން އީވޯ ހޯމް، އީވޯ ސޮލިއުޝަންސް، އީވޯ ފްލޯރިންގ އަދި އީވޯ ސަރފަސަސްއިން ދިރިއުޅުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
