
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނާ ދެކޮޅަށް ޔަހޫދީން ދިން ޙަމަލާތަކުގެ ބަދަލުގައި އެ ޤައުމުން ޔަހޫދީ ދައުލަތަށް ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އިންޤިލާބީ ފައުޖުން ބުނެފިއެވެ. މިއީ އިރާނުން ޔަހޫދީންނަށް މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ ޙަމަލާއެވެ. ޔަހޫދީންނާ ދެކޮޅަށް އީރާނުން ވަނީ އެތައް ސަތޭކަ މިސައިލު ޙަމަލާ ދީފައެވެ. އެ ޙަމަލާތައް ދީފައި ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް’ގެ ނަމުން ނަން ދީފައިވާ ޚާއްޞަ ޙަރަކާތެއްގެ ދަށުންނެވެ. ތިން ފަހަރެއްގެ މަތިން ދިން ޙަމަލާތަކުގައި ބައެއް މިސައިލު ޙަމަލާ ދީފައި ވަނީ އީރަނުގެ ސަބްމެރިންތައް ބޭނުން ކޮށްގެންނެވެ. އެ ޤައުމުގެ އިންޤިލާބީ ފައުޖުން ބުނީ މިސައިލް ޙަމަލާ އަމާޒު ކޮށްފައިި ވަނީ އަސްކަރީ މަރުކަޒުތަކާއި ވައިގެ މަރުކަޒުތައް ހިމެނޭ ގޮތަށް ކަމަށެވެ.
އީރާނުން ދިން މިސައިލު ޙަމަލާގައި ޔަހޫދީންގެ 20 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އެ ޙަމަލާގައި ޔަހޫދީ އަސްކަރިއްޔާގެ މައި އިދާރާ ހިމެނޭ ގޮތަށް ގިނަ އިމާރާތްތަކަކަށް ވަނީ ގެއްލުން ދީފައެވެ. ޔަހޫދީން ވަނީ އީރާނުން ދިން މިސައިލު ޙަމަލާގައި ލިބުނު ގެއްލުންތަކުގެ ފޮޓޯ ނެގުން މަނާ ކޮށްފައެވެ. އަދި އާންމުން ރައްކާތެރި ބިނާތަކުގައި މަޑުކުރުމަށް ވެސް ވަނީ އަންގާފައެވެ.
އީރާނުން ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ޙަމަލާތައް ދީފައި ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމާ ދެކޮޅަށް ޔަހޫދީން ވަރުގަދަ ޙަމަލާތަކެއް ދީފައި ވަނިކޮށެވެ. އަދި އެ ޙަމަލާތަކުގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީއާއި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ އަސްކަރީ ވެރިން ޝަހީދު ކޮށްލައިފައިވަނިކޮށެވެ. މި ޙާލަތުގައި ޔަހޫދީންނާ ދެކޮޅަށް އީރާނުން ވަރުގަދަ ޙަމަލާތައް ދިނުމަކީ އެ ޤައުމުގެ އަސްކަރީ ޤާބިލުކަން ދައްކުވައިދޭ ފުރިހަމަ ހެއްކެކެވެ.
އީރަނުގެ ރޫޙީ އިސްވެރިޔާ އާޔަތުالله ޚާމަނާއީ ވަނީ ޔަހޫދީ ދައުލަތާ ދެކޮޅަށް އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ވަރުގަދަ ޙަމަލާތައްދީ ނިކަމެތި ކޮށްލާނެ ކަމަށް ބުނެފައެވެ. އަދި ޒަޔަނިސްޓުންނަށް އެ މީހުންގެ ޖަރީމާތަކަށް ފަހު މި ފަހަރު ސަލާމަތް ނުވެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން އެ ކަމަށް އެއްވެސް ފުރުޞަތެއް ނުދޭނެ ކަމުގެ ޔަޤީންކަން ދެއްވައި އޭނާ ވިދާޅުވީ ޔަހޫދީންގެ ޙަމަލާތަކަށް އީރާނުން ފުރިހަމައަށް ރައްދު ދޭނެ ކަމަށެެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ޔަހޫދީންނަށް ޙަމަލާދިނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
