
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޒަޔަނިސްޓު ދައުލަތާ ދެކޮޅަށް އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ވަރުގަދަ ޙަމަލާތައްދީ ނިކަމެތި ކޮށްލާނެ ކަމަށް އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޙާމަނާއީ ވިދާޅުވެއްޖެއެވެ. އީރާނުގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ޚާމަނާއީ ވިދާޅުވީ ޒަޔަނިސްޓުންނަށް އެ މީހުންގެ ޖަރީމާތަކަށް ފަހު މި ފަހަރު ސަލާމަތް ނުވެވޭނެ ކަމަށެވެ. އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން އެ ކަމަށް އެއްވެސް ފުރުޞަތެއް ނުދޭނެ ކަމުގެ ޔަޤީންކަން ދެއްވައި އޭނާ ވިދާޅުވީ ޔަހޫދީންގެ ޙަމަލާތަކަށް އީރާނުން ފުރިހަމައަށް ރައްދު ދޭނެ ކަމަށެެވެ.
ޔަހޫދީން ދެމުންދާ މިސައިލް ޙަމަލާތައް އީރާނުގެ ދިފާޢުތަކުން ދަނީ ހުއްޓުވަމުންނެވެ. އީރާނުގެ ނޫސްތަކުން ވަނީ ޔަހޫދީންގެ ގިނަ ޢަދަދެއްގެ މިސައިލުތަކާއި ޑްރޯންތަކާއި އެހެނިހެން ވައިގެ ހަތިޔާރުތައް އެ ޤައުމުން ވައްޓާލާފައިވާ ކަމަށް ބުނެފައެވެ. އަދި ޔަހޫދީންގެ ޖެޓުތަކެއް އީރާނުން ކާމިޔާބުކަމާއެކު ވައްޓާލާފައިވާ ކަން ވަނީ ކަށަވަރުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
