
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އީރާނަށް ވަރުގަދަ ޙަމަލާތައް ދިނުމާ ގުޅިގެން އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢު އަދިވެސް ދެމި އޮތް ކަން ޔަޤީން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޔަހޫދީން އީރާނަށް ހަމަލާ ދޭން ފަށާފައި ވަނީ ހުކުރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. ޔަހޫދީންގެ ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުލްލިޔަަރ މަރުކަޒުތަކުގެ އިތުރުން ބެލިސްޓިކް މިސައިލް އުފައްދާ ކާރުޚާނާތަކާއި އަސްކަރީ އިސްވެރިންނަށެވެ. އެ ޙަމަލާތަކުގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީއާއި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ އަސްކަރީ ވެރިން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ އިތުރުން ހަ ނިއުކްލިއަރ ސައިންޓިސްޓުން ވެސް ވަނީ ޝަހީދު ކޮށްލައިފައެވެ. އާންމުން ދިރިއުޅޭ ސަރަޙައްދަކަށް ދިން ޙަމަލާތަކުގައި 78 މީހުން މަރުވެ 329 މީހުންނަށް ވަނީ ޒަޚަމްވެފައެވެ.
ޙަމަލާތަކާ ގުޅޭގޮތުން ރޮއިޓަރސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ ޖޫން މަހުގެ 16ވަނަ ދުވަހު އީރާނާއެކު އެ ޤައުމުގެ ނިއުކްލިއަރ މަޝްރޫޢުއާ ގުޅޭގޮތުން މަޝްވަރާތައް ބޭއްވުމަށް އެމެރިކާއިން އަދިވެސް ރާވާފައިވާ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްެއާއި އީރާނުގެ ވަފުދެއް ޢުމާންގައި ބައްދަލު ކުރުމަށް ހަމަޖެހިފައި އޮތް އޮތުމަށެވެ. ނަމަވެސް ތާވަލާ އެއްގޮތަށް އެ މަޝްވަރާތައް ކުރިއަަށް ދާނެކަމާމެދު ސުވާލު އުފެދޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އީރާނުގެ ނިއުލްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުޞަތު އަދިވެސް އިީރާނަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ ޔަހޫދީން އީރާނަށް ޙަމަލާ ދިނުން ލަސްކުރެވޭތޯ މަސައްކަތް ކުރެއްވިި ކަމަށާއި އެއީ މަޝްވަރާގެ ތެރެއިން ކަންކަން ޙައްލު ކުރުމަށް އިތުރު ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އީރާނަށް 60 ދުވަހުގެ މުހުލަތެއް ދިނުމުން އެ މުއްދަތުގައި އެއްބަސްވުމަކާ ހަމައަށް އާދެވިފައި ނުވާ ކަމަށާއި ޙަމަލާ ދީފައި ވަނީ 61ވަނަ ދުަވަހު ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވިއެވެ. މަޝްވަރާތައް އަދި ނިމުމަކަށް އައިސްފައި ނުވާކަމަށާއި، ޖޫން މަހުގެ 16ވަނަ ދުވަހު ބައްދަލުވުން ބޭއްވުމަށް ތާވަލު ކޮށްފައިވާ ނަމަވެސް އެ ބައްދަލުވުން ކުރިއަށް ދާނެ ކަމާމެދު ޔަޤީން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ ޔަހޫދީން އީރާނަށް ޙަމަލާ ދިނުމަށް ރާވަމުންދިޔަކަން އެނގިވަޑައިގެންނެވި ކަމަށެވެ. ޖޫން މަހުގެ 8ވަނަ ދުވަހު އެމެރިކާގެ އެންމެ އިސް ސަލާމަތީ މުޝީރުންނާ ބައްދަލު ކުރައްވައި އީރާނާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި ޖެހިގެން އައި ދުވަހު ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ވެސް އީރާނާ ގުޅޭގޮތުން ވާހަކަ ދެއްކެވި ކަމަށް ޓްރަމްޕް ހާމަ ކުރެއްވިއެވެ. އެމެރިކާއަށް ޔަހޫދީންގެ ރޭވުންތައް އޮތީ އެނގިފައި ކަމަށާއި، ނިކަމެތިކަމާއި މަރުން އީރާން ސަލާމަތް ކުރުމަށް އޭނާ މަސައްކަތް ކުރެއްވި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެ ކަމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށާއި، އީރާނާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް އެދިލެއްވި ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި ވެސް އެ ކަން ޙާޞިލް ކުރުމަށް ވަގުތު އެބަ އޮތް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ސަރަޙައްދީ ހަނގުރާމައެއް ފެށިދާނެކަމާމެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން އީރާނުން ޔަހޫދީންނަށް އަމާޒު ކުރާ ޙަމަލާތަކާ ދެކޮޅަށް އެމެރިކާއިން އެހީތެރިވާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ އޭނާ އިސްރާއީލަށް ތާއިދުކޮށް ވާގިވެރިވާ ކަމަށެވެ. އެމެރިކާއާއި ޔަހޫދީ ދައުލަތަކީ ވަރަށް ގާތް ދެ ޤައުމުކަމަށާއި އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރުކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ތިމާވެށްޓާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ލަންކާއާއެކު މަޝްވަރާކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ޜައީސް އޮފީސް) ތިމާވެއްޓާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއާއި ލަންކާއާދެމެދު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ސްރީލަންކާގެ ރައީސް...
“މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތް ކުރަން ޗައިނާގެ ޓީމެއް މިމަހު ރާއްޖެ އަންނާނެ”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ޗައިނާގެ ހިލޭ އެހީގައި ކުރިއަށްގެންދާ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ޑިޒައިން މަސައްކަތަށް މި މަހު ޗައިނާގެ ޓީމެއް...
“ޕީއެސްއެމް ނިއުސްއަކީ ޤައުމިއްޔަތަށް ހިތްވަރުދޭ ޗެނަލެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި، ދިވެހި ބަހާއި ޤައުމިއްޔަތާއި ސަޤާފީ ތަރިކަ ރައްކާތެރިކުރުމަށް އިސްކަންދޭ...
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ލަންކާއިން ހޫނު މަރުޙަބާއެއް!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސްރީލަންކާގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި...
މިދިޔަ މަހު ރާއްޖެއަށް 152,000އަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: ވިލާ ރިސޯޓްސް) ނިމިދިޔަ މަހު ރާއްޖެއަށް 152,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 8 ލައްކައަށްވުރެ ގިނަ...
ސީއެމްޑީއޭގެ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ސީއީއޯއަށް
(ފޮޓޯ ކްރެޑިޓްސް: ސީއެމްޑީއޭ) ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހިންގުން ވަގުތީ ގޮތުން، އެ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަބްދުﷲ...
