
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދު ވެއްޖެއެވެ. ޔަހޫދީން އީރާނަށް ހަމަލާ ދޭން ފަށާފައި ވަނީ ހުކުރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އަސްކަރީ މަރުކަޒުތަކަށާއި ނިއުލްލިޔަަރ މަރުކަޒުތަކަށް އަމާޒު ކޮށް ޔަހޫދީން ދިން ޙަމަލާގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީއާއި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ އިތުރުން ހަ ނިއުކްލިއަރ ސައިންޓިސްޓުން ވެސް ވަނީ ޝަހީދު ކޮށްލައިފައެވެ.
އީރާނުގެ ސަރުކާރާ ނުރަސްމީ ގޮތުން ގުޅުންހުރި ނޫހަކުން ބުނީ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ޔަހޫދީން ދިން ޙަމަލާތަކުގައި 78 މީހުން ޝަހީދުވެ، 329 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އެ ޙަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ދިން 100އަށްވުރެ ގިނަ ޑްރޯން ޙަމަލާގައި ބޭނުންކޮށްފައި ވަނީ ޝާހެދު ޑްރޯނެވެ. ޔަހޫދީން ވަނީ ހުރިހާ ޑްރޯންތައް ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ. ޔަހޫދީންނަށް އީރާނުގެ ޙަމަލާތައް ހުއްޓުވުނީ އުރުދުންގެ ބޮޑު އެހީތެރިކަމާއެކުގައެވެ. އުރުދުންގެ ރޯޔަލް އެއާފޯސްގެ މަތިންދާބޯޓާއި ވައިގެ ދިފާޢީ ނިޒާމުން އުރުދުންގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ އީރާނުގެ ޑްރޯންއާއި މިސައިލު ހުއްޓުވާފައިވާ ކަން އެ ޤައުމުން ވަނީ ޔަޤީން ކޮށްދީފައެވެ.
އީރާނުން ދިން ޙަމަލާގެ ފަހުން ވެސް ޔަހޫދީން ވަނީ އީރާނަށް އަނެއްކާ ވެސް ޙަމަލާ ދީފައެވެ. އެ ގޮތުން އީރާނުގެ ހުޅަނގު އުތުރުގައި އޮންނަ ތަބްރީޒަަށް ޔަހޫދީންގެ ޙާމަލާތައް ވަނީ އަމާޒު ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
