
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ އަސްކަރިއްޔާއާއި ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ އިސް މަޤާމުތަކަށް އެ ޤައުމުގެ ރޫހީ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ. އީރާންގެ އަސްކަރިއްޔާއާއި އައިއާރްޖީސީގެ އިސް މަޤާމުތަކަށް ބޭފުޅުން ޢައްޔަން ކޮށްފައި މި ވަނީ، ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖުން ދެމުންދާ ނިރުުބަވެރި ޙަމަލާތަކުގައި އަސްކަރިއްޔާއާއި އައިއާރްޖީސީގެ އިސް މަޤާމުތައް ފުރުއްވަމުން ގެންދެވި ކޮމާންޑަރުން ޝަހީދު ކޮށްލުމާ ގުޅިގެންނެވެ.
ޖޫން 13ގެ ދަންވަރުން ފެށިގެން ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ބޭފުޅުންގެ ތެރޭގައި އީރާންގެ އަސްކަރިއްޔާގެ ވެރިޔާ، މޭޖަރ ޖެނެރަލް މުޙައްމަދު ބާޤިރީއާއި، އައިއާރްޖީސީގެ އިސް ކޮމާންޑަރު ޖެނެރަލް ޙުސައިން ސަލާމީއާއި، އީރާނުގެ އަސްކަރިއްޔާގެ މައި މަރުކަޒުގެ ވެރިޔާ ޖެނެރަލް ޣުލާމް ޢަލީ ރަޝީދު ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރެއިން ޖެނެރަލް ސަލާމީ ފުރުއްވަމުން ގެންދެވި މަޤާމަށް ޚާމަނާޢީ ޢައްޔަން ކުރައްވާފައި ވަނީ މުޙައްމަދު ބަކްރޫރެވެ. އަދި، ބާޤީރީ ފުރުއްވަމުން ގެންދެވި މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ ޢަަބްދުލްރަޙީމް މޫސަވީއެވެ. ޔަހޫދީ ފައުޖުން އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އަޅާ ފިޔަވަޅުތައް ރާވައި، ތަންފީޒު ކުރުމުގައި އީރާނުގެ އަސްކަރިއްޔާގެ އެންމެ އިސް ވެރިންގެ މަޤާމާ ޙަވާލުވެ ވަޑައިގަންނަވާފައިވާ ބަކްރޫރާއި މޫސަވީ އިސް ދައުރެއް އަދާ ކުރައްވާނެއެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ އައިއާރްޖީސީގެ ކޮމާންޑަރު ސަލާމީއަކީ އީރާންގެ ދިފާޢީ ކަންކަން ވިލަރެސް ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ސަރަޙައްދީ ޤައުމުތަކާ ގުޅޭ އަސްކަރީ ސިޔާސަތުތައް އެކަށައެޅުމުގައި ޚާމަނާޢީއަށް ލަފާ އަރުއްވަމުން ގެންދެވި އިސް މުޝީރެކެވެ. އޭނާއަކީ، ސީދާ ޚާމަނާޢީއަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން ގެންދެވި، ބާާރާއި ނުފޫޒު ގަދަ ފަހުލަވާނެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
