
އެމެރިކާގައި ބާއްވާ ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ މުސްކުޅި ކުޅުންތެރިންނަށްވުރެ ޒުވާން ކުޅުންތެރިންނަށް ފައިދާ ހުރި މުބާރާތަކަށް ހަދަން ޖެހޭ ކަމަށް އިންޓަރ މަޔާމީގެ ފޯވާޑް އުރުގުއޭގެ ލުއިސް ސުއަރޭޒް ބުނެފިއެވެ. އޭނާއާއެކު އެމެރިކާގެ މަޔާމީގައި އިސްކޮށް ތިބީ މުސްކުޅި ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އުމުރުން 38 އަހަރުގެ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ބާސެލޯނާއަށް ކުޅުނު ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާ ފަދަ ކުޅުންތެރިން ހިމެނެ އެވެ. އުމުރުން 38 އަހަރުގެ ސުއަރޭޒް ބުނީ އޭނާ ފަދަ މުސްކުޅި ކުޅުންތެރިންނަށް މި މުބާރާތުން ހާސިލުކުރެވޭނެ މާބޮޑު ކާމިޔާބީ އެއް ނެތް ކަމަށެވެ.
“މިއީ ޒުވާން ކުޅުންތެރިން ވިދާލަންވީ މުބާރާތެއް. އެ މީހުން އިތުރު ތަޖުރިބާތާކެއް ލިބި، އެ މީހުން ކުރިއަރަން ލިބޭ ފުރުސަތެއް. އަހަރުމެން ފަދަ ދުވަސްވީ ކުޅުންތެރިންނަށް މި މުބާރާތުން ހާސިލްވާނެ އެއްޗެއް ނެތް. އަހަރުމެންގެ ޒުވާން ދުވަހުގައި އަހަރުމެން މި މުބާރާތުގައި ކާމިޔާބީތަކެއް ހޯދިން. މިއީ އަހަރުމެންގެ ދުވަހެއް ނޫން،” ސުއަރޭޒް ބުންޏެވެ. އޭނާ ބުނީ މުބާރާތް ކާޟިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ ޔޫރަޕުގެ ޓީމުތަކަށް ކަމަށެވެ. ނަމަވެސް ދިގު ސީޒަނެއް ކުޅުމަށްފަހު ގިނަ ކުޅުންތެރިން އަރާމެއް ނެތި މި މުބާރާތް ކުޅެތީވެ އެއީ މިއާމީ ފަދަ ޓީމުތަކަށް ނެގިދާނެ އެޑްވާންޓޭޖެއް ކަމަށެވެ.
“އަހަރުމެންނަށް މި މުބާރާތގެ ދެ ވަނަ ބުރަށް ދެވުނަސް އެ ވާނީ ކާމިޔާބީ އަކަށް. ޔޫރަޕުގެ ޓީމުތައް އެ އަންނަނީ ދިގު ސީޒަނަށް ފަހު ރެސްޓެއް ނެތި. މިހެންވެ އަހަރުމެން މޮޅުވާން އަބަދުވެސް ތައްޔާރަށް ތިބެން ވާނެ. އެއީ ނެގިދާނެ އެޑްވާންޓޭޖެއްކަން ހަނދާނުގައި ބަހައްޓަންވާނެ،” ސުއަރޭޒް ބުންޏެވެ. 32 ޓީމު ބައިވެރިކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ މުބާރާތުގެ ފުރަތަމަ މެޗުގައި އިންޓަ މިއާމީ ވާދަ ކުރާނީ މިސުރުގެ އަލް އަހްލީއާ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
