
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އީރާނަށް ޙަމަލާ ދިނުމަކީ އެ މީހުންގެ އަމިއްލަ ނެތިދިޔުމަށް ވެވޭ ތައްޔާރީއެއް ކަމަށް އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ ޚަމަނާއީ ވިދާޅުވެއްޖެއެވެ. އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒު ކޮށް ފަތިހުގެ ވަގުތެއްގައި ޔަހޫދީން ދޭން ފަށާފައިވާ ވަރުގަދަ ޙަމަލާތަކާ ގުޅިގެން ޚާމަނާއީ ވިދާޅުވީ އީރާނާ ދެކޮޅަށް ޔަހޫދީން ދެމުންދާ ޙަމަލާތަކާއި ހިންގަމުންދާ ޖަރީމާތަކުން އެމީހުންގެ ނުބައި ނުލަފާ، ލެއިން ތަަތްތެޅިފައިވާ އަތް ދައްކަމުންދާ ކަމަށެވެ. އެ މީހުންގެ ނުބައި ޢަމަލުގެ ސަބަބުން ވަަރުގަދަ އަދަބެއް ދޭނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވައިފައެވެ. އޭނާ އިތުރަށް ވިދާޅުވީ ޙަމަލާތަކުގެ ބަދަލުގައި އީރާނުން ދޭ އަދަބު ވެގެން ދާނީ ހަރުކަށި އަދަބަކަށް ކަމަށެވެ.
ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކުގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީ ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ އިތުރުން އީރާނުގެ އިސް ނިއުކްލިޔަރ ސައިންޓިސްޓުން ކަމަށްވާ ފެރޭދޫން ޢައްބާސީ ދަވާނީއާއި މުޙައްމަދު މަޙްދީ ތެހްރާންޗީ ވެސް ވަނީ ޝަހީދު ކޮށްލައިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
