
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފަށައިފިއެވެ. ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ދަންވަރުގެ ވަގުތެއްގައެވެ. އެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ މައިގަނޑުގޮތެއްގައި އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިޔަރ މަރުކަޒުތަކަށެވެ. އީރާނުގެ ނަތަންޒް ނިއުކްލިޔަރ މަރުކަޒަށް ވެސް ޙަމަލާ ދީފައިވެއެވެ. އީރާނުގެ ވެރިރަށް ތެހްރާނުގެ އެކި ސަރަޙައްދުތަކުން ގޮވުންތަކުގެ އަޑު އިވެމުންދާ ކަމަށް ޚަބަރުތަކުގައި ވަނި ރިޕޯޓު ކޮށްފައެވެ. އޭގެ އިތުރުން އާންމުން ދިރިއުޅޭ ބައެއް ސަރަޙައްދުތަކަށް ވެސް ޙަމަލާ ދީފައިވާ ކަމަށްވެއެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި އީރަނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީ ވަނީ ޝަހީދުވެފައެވެ. އޭގެ އިތުރުން އީރާނުގެ އިސް ނިއުކްލިޔަރ ސައިންޓިސްޓުން ކަމަށްވާ ފެރޭދޫން ޢައްބާސީ ދަވާނީއާއި މުޙައްމަދު މަޙްދީ ތެހްރާންޗީ ވެސް ވަނީ ޝަހީދު ކޮށްލައިފައެވެ. ޙަމަލާތަކާ ގުޅިގެން އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ ޚަމަނާއީ ވިދާޅުވީ ޔަހޫދީން އީރާނަށް ޙަމަލާ ދިނުމަކީ އެ މީހުންގެ އަމިއްލަ ނެތިދިއުމަށް ތައްޔާރުވުން ކަމަށެވެ. އޭނާ ވިދާޅުވީ އީރާނާ ދެކޮޅަށް ޔަހޫދީން ދެމުންދާ ޙަމަލާތަކާއި ހިންގަމުންދާ ޖަރީމާތަކުން އެމީހުންގެ ނުބައި ނުލަފާ، ލެއިން ތަަތްތެޅިފައިވާ އަތް ދައްކަމުންދާ ކަމަށެވެ. އެ މީހުންގެ ނުބައި ޢަމަލުގެ ސަބަބުން ވަަރުގަދަ އަދަބެއް ދޭނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވައިފައެވެ. އޭނާ އިތުރަށް ވިދާޅުވީ ޙަމަލާތަކުގެ ބަދަލުގައި އީރާނުން ދޭ އަދަބު ވެގެން ދާނީ ހަރުކަށި އަދަބެއް ކަމަށެވެ.
ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން އީރާނުގެ ވައިގެ ސަރަޙައްދުގެ ބައެއް ވަނީ ބަންދު ކޮށްފައެވެ. އެމެރިކާއާއި އިތުރު އެހެން ޤައުމުތަކުން ވަނީ އީރާނުގައި ތިބި އެ ޤައުމުތަކުގެ މުވައްޒަފުން އަނބުރާ ޤައުމަށް ގެންދަން ފަށައިފައެވެ. ޔަހޫދީން ވަނީ އީރާނުން ބަދަލުގައި ދީފާނެ ޙަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން އެ ޤައުމުގައި ކުއްލި ޙާލަތު އިޢުލާނު ކޮށްފައެވެ. ޔަހޫދީ މަދަރުސަތަކާއި ފިރާތައް ބަންދު ކޮށް ދަތުރުފަތުރު ކުރާ ނިޒާމުތައް ވެސް ވަނީ ހުއްޓުމަކަށް ގެނެސްފައެެވެ. ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން އެމެރިކާއިން ވަނީ އެ ޙަމަލާތަކުގައި އެ ޤައުމުގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފައެވެ. މި ވަގުތު އެމެރިކާއިން އެންމެ ބޮޑަށް އިސްކަން ދޭނީ އެމެރިކާގެ ރައްޔިތުން ރައްކާތެރި ކުރުމަށް ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.
ތެހްރާން އާއި ނަތަންޒަށް ދީފައިވާ ޙަމަލާތަކުގެ އިތުރުން ޔަހޫދީން ވަނީ ތެހްރާންގެ ހުޅަނގު އުތުރުގައި އޮންނަ ތަބްރީޒްގައި ހުންނަ ނިއުލްކިޔަރ ރިސާޗު ސެންޓަރަކަށާއި ދެ އަސްކަރީ މަރުކަޒަކަށް ޙަމަލާ ދީފައެވެ. އޭގެ އިތުރުން އިސްފަހާން އާއި އަރާކްއަށާއި ކަރުމާންޝާހަށް ވެސް ވަނީ ޙަމަލާ ދީފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
