
ފީފާއިން މާދަމާ ފަށާ ކުލަބު ވޯލްޑް ކަޕަކީ ސަބަބެއް ނެތް މުބާރާތެއް ކަމަށް ސްޕެނިޝް ލީގުން ބުނެފި އެވެ. ލަލީގާގެ ރައީސް ހާވިއާ ޓެބާސް ވިދާޅުވީ 32 ޓީމު ބައިވެރިކޮށްގެން ކުޅޭ މުބާރާތުގެ ސަބަބުން މުޅި ފުޓްބޯޅައިގެ ސިސްޓަމަށް އަސަރު ކުރާނެ ކަމަށެވެ. ސްޕޭނުން މި ފަހަރު މި މުބާރާތުގައި ވާދަ ކުރަނީ ދެ ޓީމެކެވެ. އެއީ ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑެވެ. ޓަބޭސް ބުނީ އޮގަސްޓް 15 ވަނަ ދުވަހު ސްޕެނިޝް ލީގުގެ އައު ސީޒަން ފަށާނެ ކަމަށެވެ. މިހެންވެ ސްޕޭނުގެ ޓީމެއް ކުލަބު ވޯލްޑްކަޕުގެ ކުއާޓާ ފައިނަލަށް ހިނގައްޖެ ނަމަ ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ކުއާޓާ ފައިނަލް ކުޅޭނީ އޮގަސްޓް 4 އާއި 5 ގަ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އޮގަސްޓް 13 ވަނަ ދުވަހު އެވެ.
އެއް މަސް ދުވަހަށް ދިގު ދެމިގެންދާ މުބާރާތް ބާއްވަން ފީފާއިން ނިންމާފައިވަނީ މީގެ ފަހުން ކޮންމެ ހަތަރު އަހަރުން އެއް އަހަރު އެވެ. “މި މުބާރާތަކީ ސަބަބެއް ނެތް މުބާރާތެއް. ވަރަށް ތާކުންތާކު ނުޖެހޭ މުބާރާތެއް. މުބާރާތުގެ ޝެޑިއުލް ރާވާފައިވަނީ އަހަރުމެންނާ މަޝްވަރާ ނުކޮށް. މީގެ ސަބަބުން ވަރަށް ގިނަ މައްސަލަ ނުކުންނާނެ. ފުޓްބޯޅައިގެ މުޅި އިކޯ ސިސްޓަމަށް އަސަރު ކުރާނެ،” ޓެބާސް ވިދާޅުވި އެވެ. އޭނާ އަދި ބުނީ ސްޕެނިޝް ލީގު އޮގަސްޓް 15ގައި ފަށާއިރު ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑަށް އެ ތާރީހުގައި މެޗުތައް ކުޅެން ނުފެށޭނެ ކަމަށެވެ. ސަބަބަކީ ނިމުނު ސީޒަނަށް ފަހު އަރާމެއް ނެތި ކުލަބު ވޯލްޑް ކަޕް ކުޅެން ދިއުމަށްފަހު ކުޅުންތެރިން އަރާމެއްނެތި އަނެއްކާ ވެސް މުބާރާތެއް އަނެއް ސީޒަން ފަށަން ޖެހޭތީ ކަމަށެވެ.
“މިހެން މިކަން އޮތްއިރު އަހަރުމެންނަކަށް ނޯންނާނެ ރެއާލް އާއި އެތްލެޓިކޯގެ ކުޅުންތެރިންނަށް މެޗުތައް ފަހުން ފަށަން ފުރުސަތު ދެވޭކަށް. ކުލަބު ވޯލްޑް ކަޕެކޭ ކިޔާފައި އަހަރުމެންނަށް އެ ދެ ޓީމުގެ މެޗުތަކެއް ފަހެއް ވެސް ނުކުރެވޭނެ. އެކަން ކޮށްފިނަމަ އެއީ އެހެން ޓީމުތަކަށް ވެސް އިންސާފަކަށް ނުވާނެ،” ޓެބާސް ވިދާޅުވި އެވެ. މި މުބާރާތަށް ވަރަށް ގިނަ ކުޅުންތެރިންނާއި ކޯޗުންނާއި ފުޓްބޯޅައިގެ އެކި ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. ނަމަވެސް ފީފާއިން ބުނަނީ ލީގު ހަތަރު އަހަރުން އެއް އަހަރު ބާއްވާ މުބާރާތަކަށް ވުމުން ލީގު ޝެޑިއުލްގެ ޒިންމާވާން ޖެހޭނީ އެ ލީގަކުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
